ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ފޯނު ބްރޭންޑް ކަމަށްވާ އެޕަލް ބްރޭންޑުން އެންމެ ފަހުން ނެރުނު އެ ކުންފުނީގެ އައިފޯނު 12 ލޯންޗިންގ އަށްފަހު އެ ކުންފުނީގެ މާކެޓް ވެލިއު ވެއްޓި ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެޕަލްގެ މާކެޓް ވެލިއު ވެއްޓުނީ 4 އިންސައްތައަށެވެ. އެއީ 81 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެކެވެ.

އެޕަލް އަށް މި ގެއްލުމާ ކުރިމަތިވީ އެކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 ގެ ފޯނުތަކަށް ފަހުއެވެ.

އެޕަލް އިން ވަނީ އައިފޯން 12ގެ 5ޖީ ފޯނާއި މިނީ ފޯނުވެސް ލޯންޗު ކޮށްފައެވެ. މީގެ އިތުރުން އައިފޯން 12 ޕްރޯ އާއި ޕްރޯ މެކްސްވެސް ވަނީ ނެރެފައެވެ. އެންމެ ބާރުގަދަ ދެފޯން ކަމަށްވާ އައިފޯން-12 އާއި އައިފޯން-12 ޕްރޯ މެކްސްގެ އަގު ބޮޑެވެ.

އެޕަލް ކުންފުނީގެ މާކެޓް ވެލިއު އައިފޯން 12 ނެރުމަށް ފަހު ވެއްޓުނު މައިގަނޑު ސަބަބެއް އަދި ސާފުވެފައި ނުވާއިރު، އެކުންފުނިން ނެރުނު އައިފޯން 12 ގެ ހެޑްސެޓް އާއި އެޑަޕްޓަރު ވިއްކަނީ ވަކިން ކަމަށް ވަނީ ހާމަ ކޮށްފައެވެ.

އެ ފޯނުތަކަށް ކުރީގެ ފޯނުތަކުގެ އެޑަޕްޓަރު ބޭނުން ނުކުރެވޭނެ ކަމަށާއި ބޭނުން ކުރެވޭނީ "ޔޫއެސްބީ-ސީ" ޓު "ލައިޓްނިން" ކޮޅު ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. އެހެން ކަމުން ބޭނުން ކުރެވޭނީ އައިފޯން 11 އިން މަތީގެ ފޯނުތަކުގައި ގެންގުޅޭ އެޑަޕްޓަރުތަކެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެޕަލްގެ މާކެޓް ވެލިއު ވެއްޓެން ފެށީ އައިފޯން 12 ނެރުމަށް ބޭއްވި އިވެންޓް ފެށުމާއި އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަތޫ

    ފޮށި ވެސް ވަކިން ވިއްކަން ފައްޓާ އޭރައް 4 ޕަސެންޓު ފައިދާވާނެ. އައިފޯން ތޭރަ އައްނަ އިރު އެ ޖެހޭނީ ވަކިން ޕާޓްސ ގަނެގެން އެސެމްބްލް ކުރަން. ސަމްޓައިމް އިޓްސް ހާޑް ޔޫ ނޯ !!

    58
    4
  2. ޒާ

    ހުވާވޭފޯނާއި ސެމްސަންގ ފޯނަށް ގެއްލުން ދޭން އެމެރިކާ ކުރާހާމަސައްކަތުން ބައިކޮޅަށް ގޯލްޖެހެނީ.

    40
    5
  3. އަލީ

    ހުއާވޭ ބްރޭންޑް ފޯން ކުރިއަރާތީވެ އެކަމާ ހަސަދަވެ އެކުންފުނި ބަނގުރޫޓް ކޮށްލަން އެމެރިކާއިން ފާޅުގައި ފިޔަވަޅު އެޅުމުގެ ނަތީޖާ ތިޔަ ފެނުނީ. ބަޔަކަށް ގެއްލުމެއް ދީފައި ކުރި ނޭރޭނެ.

    9
    3
  4. ނަޒާލް

    ފޭނުން ތިބީ މިއޮއް ހުރިހާ ދުވަހު އައިފޯނު 12 އަށް އިންތިޒާރުކޮށްގެން އެކަމު އެޕަލުން ކުރި ކަޑަ ކަމަކުން މިހާރު ފޯނާއެކީ ޗާޖަރު ނުލިބޭތީ އެޕަލްގެ ފޭނުން ހިތްހަމަނުޖެހި ހުރިހާ ކަމެއް ޗޮކުންލާފަ ތި ދިޔައީ

    10
    2
  5. އ. ޖ. އ

    ރަނގަޅަށް ތިޔަވަނީ.. ނަމުން ސްމާޓް ވީމާ ވާނީ މިކަހަލަ ގޮތް..

    11
    2
  6. މުބީނު މާރނީ

    ކަމުދާ ފޯނެއް ނޫން. އައިފޯނު 11 (ޕްރޯ މެކްސް) ގެ މިޑްނައިޓް ގްރީން މާ ރީތި. 5 ޖީ އަކީ ކެންސަރަށް ވާރުތަވާ އެއްޗެއްކަމަށް ވަރަށް ގިނައިން ލިޔެފައި ހުރޭ. ޗާޖަރު ތަތް ކުރަންޖެހެނީ (މިފޯނުގައި) ވަޔަރލެސް ކޮން ފޯނުގެ ފުރަގަހުގައި. މިހެންހެދުމަށްވުރެ ޕަވަރބޭންކް އެއް ގެންގުޅުނަސް މާރަނގަޅު ވާނެ. މިގޮތަށް ތަތް ކުރަނީ ވެސް ދަގެއްފާނުގެ ބާރުގައި. މިހެން ތަތްކޮށްފައި ހުއްޓާ ފޯންކޯލް އެއް އައިސްފި ނަމަ ވާހަކަ ދެއްކޭނެ. ނަމަވެސް ދަގެއްފާނުގެ ބާރު ސިކުނޑި އަށް ކުރާނެކަމަށް ލަފާ ކުރެވޭ. މިފޯނު ގެ އަރިމަތީ ފަށަލަ ތައްވެސް ހަތަރެސްކަން މާބޮޑަށް ހަމަވާގޮތަށް ދައްކަނީ. ހީވަނީ އައިފޯނު 5 ހެން. ޑިޒައިން މާ ރީތި އައިފޯން 11 ޕްރޯ މެކްސް.

    3
    2
    • ސައިންސް

      ފުރަތަމަ ކަމަކަށް ސިކުނޑިއަކީ ދަގަނޑުން ހަދާފަ ހުންނަ އެއްޗެއް ނޫން. އެހެންވީމަ އެވަރު ކުޑަ ދަގެއްފާނުން ސިކުޑިއަކަށް އަސަރެއް ނުކުރާނެ. އަނެއް ކަމަކީ 5ޖީ ކެންސަރަށް މަގުފަހި ވާ ކަމަށް ދައްކާ ވާހަކަ އަކީ ހަގީގަތެއް ނެތް ވާހަކައެއް. 5ޖީ ރޭޑިއޭޝަން އަކީ އިލެކްޓްރޮމެގްނެޓިކް ވޭވްގެ މިލިމީޓާ ވޭވް އެކޭ ކިޔާ ވޭވް އެއް. ެ އެފަދަ ވޭވް ތަކަކީ ހަށިގަނޑުގެ ސެލްތަކުގެ ޑީއެންއޭ މިއުޓޭޓް ކުރެވޭ ވަރަށް ވުރެ ބާރު ދެރަ އެއްޗެއް. 5ޖީ ރޭޑިއޭޝަން އަށް ވުރެ ލޮލަށް ފެންނަ އަލީގެވެސް ފްރީކުއެންސީ މަތިވާނެ.

  7. އެދުރުބެ

    ހުވާވޭ އެއް ނޫން. ލިޔެފަ އެހެން އޮތަސް ކިޔަނީ ވާވޭ.