އަރުމޭނިއާ އާއި އަޒަރުބައިޖާނާއި ދެމެދު މިހާރު ކުރެވެމުންދާ ހަނގުރާމައިގައި އަރުމޭނިއާއިން އަތްގަދަކޮށްފައިވާ އިތުރު 8 އަވަށެއް އަރަރުބައިޖާނުން އަތުލައިގެންފިއެވެ.

މިކަން ހާމަކުރައްވަމުން އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިއޭވް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ހަނގުރާމަ ހިނގަމުންދާ ނަގޮރްނޯ-ކަރަބަކް ސަރަޙައްދުގައި އޮންނަ އަޒަރުބައިޖާނުގެ 8 އަވަށަކުން އަރުމޭނިއާ ސިފައިން ބާލާފައިވާ ކަމަށެވެ. އަލިއޭވް ވަނީ އަޒަރުބައިޖާނުން ހޯދި މި ކާމިޔާބީއާއި ގުޅިގެން އެޤައުމުގެ ރައްޔިތުންނާއި ސަލާމަތީ ބާރުތަކަށް މަރުޙަބާ ދަންނަވާފައެވެ. އަދި ނަގޮރްނޯ-ކަރަބަކް އަކީ އަޒަރުބައިޖާނުގެ ބައެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޒަރުބައިޖާން އާއި އަރުމޭނިއާ އާއި ދެމެދު ހަނގުރާމައެއް ފެނިފައިވަނީ، ދެޤައުމު ގުޅޭ ސަރަޙައްދީ އިމުގައި އޮންނަ ނަގޮރްނޯ-ކަރަބަކްގެ މިލްކުވެރިކަމުގެ މައްސަލައިގައެވެ. އަޒަރުބައިޖާނުގައި އޮތް މި ސަރަޙައްދަށް އަރުމޭނިއާ ސިފައިން އަރާފައި ވަނީ މިއީ އެޤައުމުގެ ސަރަޙައްދެއް ކަމަށް ބުނެއެވެ. މިގޮތުން އެންމެ ފުރަތަމަ ހަމަލާދޭން ފެށީވެސް އަރުމޭނިއާއިންނެވެ.

މިކަމާއި ގުޅިގެން އަޒރުބައިޖާނުން ބުނެފައިވަނީ އަރުމޭނިއާ ސިފައިން އަޒަރުބައިޖާނުގެ ބިންތަކުގައި ތިބިހައި ހިނދަކު ހަނގުރާމަ ކުރާނެ ކަމަށެވެ. އަދި މި ހަނގުރާމައިގައި ކާމިޔާބު ހޯދާނެކަމަށް ކުރިންވެސް އަޒަރުބައިޖާނުން ދިޔައީ ބުނަމުންނެވެ.

އަރުމޭނިއާ ސިފައިން އަތްގަދަކޮށްފައިވާ އަޒަރުބައިޖާނުގެ ގިނަ ސަރަޙައްދުތައް އަލުން އަރުމޭނިއާ ސިފައިންގެ އަތުން އަތުލާފައިވާއިރު، ދެޤައުމުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވިފައި ވެއެވެ. ނަމަވެސް ރަޝިޔާއިން އިސްނަގައިގެން ހުށަހެޅި އެއްބަސްވުމެއްގެ ދަށުން ހަމަލާދިނުން ވަގުތީގޮތުން ހުއްޓާލަން ދެޤައުމުންވެސް ވަނީ އެއްބަސްވެފައެވެ.

ހަމަލާ ދިނުން ވަގުތީގޮތުން ހުއްޓާލަން އެއްބަސްވީނަމަވެސް އަރުމޭނިއާ ސިފައިން އަޒަރުބައިޖާނުގެ ބައެއް ސަރަޙައްދުތަކަށް ހަމަލާދެމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އަދި އަރުމޭނިއާއިން ހަމަލާތައް އަމާޒުކުރަނީ އަޒަރުބައިޖާނުގެ އާންމު ސަރަޙައްދުތަކަށް ކަމަށްވެސް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

އަޒަރުބައިޖާނާއި އަރުމޭނިއާގެ މަސްރަހު ގޯސްވީ އަޒަރުބައިޖާންގެ ސިފައިން އަރުމޭނިއާގެ އިމުގެ ކައިރީގައި އަސްކަރީ ތަމްރީނުތަކެއް ފެށުމުންނެވެ. މީގެ ކުރިންވެސް މި ސަރަޙައްދުގެ މައްސަލައިގައި ދެޤައުމުގެ މަޝްރަހު ހޫނުވެފައި ވެއެވެ.

އަޒަރުބައިޖާންގެ އާބާދީގައި 9.9 މިލިއަން މީހުން ތިބިއިރު އޭގެ ތެރެއިން %97 މީހުންނަކީ މުސްލިމުންނެވެ. އަރުމޭނިއާގެ އާބާދީގެ އަކީ 2.9 މިލިއަން މީހުންނެވެ. އެގައުމުގެ އާބާދީގެ %93 މީހުންނަކީ ކްރިސްޓިއަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕުޓިން

    އާބާދީ ގިނަވުމަކުން މިޒަމާނުގައި ހަގުރާމަ ކާމިޔާބެއްނުވާނެ ކަމުންތާ 2.9 މިލިޔަންމީހުން 9 މިލިޔަން މީހުންގެ އަވައްތަކެއް އަތުލައިގަތީ ފުރަތަމައިނުން ޥެސް!

    3
    14
  2. އާޒަރު

    "ދެޤައުމު ގުޅޭ ސަރަޙައްދީ އިމުގައި އޮންނަ ނަގޮރްނޯ-ކަރަބަކް.." ގޫގުލް މެޕް ބަލާބަލަ..! ނަގޯނޯކަރްބާޚް އޮންނަނީ އަޒަރުބައިޖާންއާ އިންވެގެނެއް ނޫން. އެދެމެދު އަރުމީނިއާގެ ބައެއް އޮވެފަ އަޒަރުބައިޖާންއާ މުޅިން ވަކިން އޮންނަނީ. ނަގޯނޯކަރްބާޚްއާ އިންވަނީ އަސްލު އަރުމީނިއާ އާ. އެތާގަ ގިނައީވެސް އަރުމީނިއާ މީހުން. އަރުމީނިއާއިން އެތަނަށް އަތްގަދަ ކޮށްގެން އުޅެނީ އެހެންވެ. ވަކިން އޮތް ނަމަވެސް ބައިނަލްއަގްވާމީ ގޮތުން އެއީ އަޒަރުބައިޖާންގެ ބައެއް. އަޒަރު ބައިޖާނުންވެސް އެތަން ދޫކޮށްލާކަން ބޭނުމެއް ނުވޭ..!

    4
    1
  3. އާޒަރު

    "ދެޤައުމު ގުޅޭ ސަރަޙައްދީ އިމުގައި އޮންނަ ނަގޮރްނޯ-ކަރަބަކް.." ގޫގުލް މެޕް ބަލާބަލަ..! ނަގޯނޯކަރްބާޚް އޮންނަނީ އަޒަރުބައިޖާންއާ އިންވެގެނެއް ނޫން. އެދެމެދު އަރުމީނިއާގެ ބައެއް އޮވެފަ އަޒަރުބައިޖާންއާ މުޅިން ވަކިން އޮންނަނީ. ނަގޯނޯކަރްބާޚްއާ އިންވަނީ އަސްލު އަރުމީނިއާ އާ. އެތާގަ ގިނައީވެސް އަރުމީނިއާ ދަރިކޮޅު މީހުން. އަރުމީނިއާއިން އެތަނަށް އަތްގަދަ ކޮށްގެން އުޅެނީ އެހެންވެ. ވަކިން އޮތް ނަމަވެސް ބައިނަލްއަގްވާމީ ގޮތުން އެއީ އަޒަރުބައިޖާންގެ ބައެއް. އަޒަރު ބައިޖާނުންވެސް އެތަން ދޫކޮށްލާކަން ބޭނުމެއް ނުވޭ..!

    2
    2
    • ބައިޖާން

      ނަގޯނޯކަރްބާޚްއާ އަޒަރްބއިޖާންގެ ވަކިން އޮންނަ "ނަޚްޗިވަން އޮތޮނޮމަސް ރީޖަން" އޮޅިފަވާ ކަމަށް ފެނޭ. އަލުން ޗެކް ކޮށްލާ..!

  4. #

    Premier league