ފްރާންސްގެ ވެރިރަށް ޕެރިހުގެ މަގުމަތީގައި މީހަކުގެ ކަރުބުރިކޮށްލައިފިއެވެ.
ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މީހެއްގެ ކަރުބުރިކޮށްލި މީހާ ވަނީ އޭނާ އަށް ހަމަލާ ދިނުމުގެ ކުރިން "ﷲ އަކްބަރު" އޭ ގޮވާފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މީހެއްގެ ކަރުބުރިކޮށްލި ހަމަލާ އަކީ ނިރުބުވެރި (ޓެރަރިސްޓް) ހަމަލާއެކެވެ.
ހަމަލާ ދިން މީހާގެ ހަށިގަނޑުގައި ގޮވާތަކެތި ވެސް ހަރުކޮށްފައި ހުރިކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އޭނާ އަށް ހަމަލާދީ މަރާލާފައެވެ.
ކަރު ބުރިކޮށްލުން މަރުވެފައި ވަނީ ޓީޗަރެއް ކަމަށާއި އެޓީޗަރަކީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތްކޮށް ކުރެހި ކާޓޫންތަކެއް ދަރިވަރުންނަށް ދައްކައި، އެކާޓޫންތަކަށް ތައުރީފް ކުރި ޓީޗަރެއް ކަމަށް ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ފްރާންސްގެ އެންޓި-ޓެރަރިޒަމް ޕްރޮސެކިއުޓަރ (ޕީއެންއޭޓީ) އިން ވަނީ މިމައްސަލައިގެ ތަޙްޤީޤުގައި ބައިވެރިވެފައިވާކަމަށް ބުނެފައެވެ.
މިހާދިސާ ހިނގިއިރު މޮރޮކޯގައި ހުންނެވި ފްރާންސްގެ އިންޓީރިއާ މިނިސްޓަރ ގެރާލްޑް ޑަރަމަނިން ވަނީ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ފްރާންސަށް އެނބުރި ވަޑައިގަންނަވަން ނިންމަވާފައެވެ. އަދި ފްރާންސްގެ ބޮޑުވަޒީރު ޖޭން ކަސްޓެކް ވަނީ ހާދިސާ ހިނގި ސަރަހައްދަށް މިއަދު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ހާދިސާ ހިނގި ސަރަހައްދުގެ މޭޔަރު ތިބާލްޓް ހަމްބާޓް ވިދާޅުވީ މިހާދިސާގައި ގިނަ ބަޔަކު މަރުވެގެން ނުދިޔައީ ފުލުހުން ހަރަކާތްތެރިވިލަތް އަވަސް ކަމުން ކަމަށާއި އެހެންކަމުން ފުލުހުން އަދާކޮށްފައިވާ ދައުރަށް ޝުކުރު އަދާކުރާ ކަމަށެވެ.
މަރާލި ޓީޗަރު ދަރިވަރުންނަށް ދެއްކީ ފްރާންސްގެ ނޫހެއް ކަމަށްވާ ޗާލީ ހެބްރޫގައި ކުރެހި ކާޓޫންތައް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެނޫހުން 2015 ވަނަ އަހަރު ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތްކޮށް ކާޓޫންތަކެއް ކުރެހުމުން ނޫހުގެ އޮފީހަށް ހަމަލާދީ ބަޔަކު މަރާލިއެވެ. އެކާޓޫންތައް އެނޫހުން ވަނީ ދާދިފަހުން އަނެއްކާވެސް އާއްމުކޮށްފައެވެ.
ފަހަކަށް އައިސް ފްރާންސްގައި ދީނީ ބައެއް ކަންކަމާއި ގުޅިގެން ނަފްރަތު އުފެއްދި ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ އިތުރުވެފައެވެ.
މުސްލިމު ހިޖުރަވެރިން ނާރުވާތި ޕޮލެންޑަށް ފާޑުކި ފްރާންސްއަށް ހިޖުރަވެރިންގެ ފަރާތުން ދިން ހަދިޔާ
ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ކުރެހުންތެރިޔާ އަށް ހަލާކު ހުއްޓެވެ. އިންސާފު ނުލިބޭނެ ކަން އިނގުނީ މަ އިންސާފު ގާއިމް ކުރީއެ.
مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ
ޕޮލެންޑް ޖަހައިގެން ތީ މުނާފިގެއް
الحمدلله
ހުރިހާ ޓެރަރިސްޓް ހަމަލަ ތަކެއްގެ ފަހަތުގަ ހައްދުފަހަނަ އަޅާފައިވާ މުސްލިމުން! މުސްލިމުން ވެއްޖެ ތަންކޮޅެއް ޓޮލަރެންޓް ބަޔަކަށް ވާން! ހަމަ ކަމެއް ވާ އިރަށް މީހުންގެ ކަރު ބުރިކޮށް މީހުން އެގޮތަށް މެރީމަ އިސްލާމް ދީނާ ދޭތެރޭ މީހުން ގެ ހިތްތަކުގަ ނަފްރަތު އުފެދޭނީ! ހަގީގަތަކީ މުސްލިމުން ގެ ބައެއް ޖަމާއަތް ތަކަކީ ޓެރަރިސްޓް ބައެއް! ދުނިޔޭގެ ހުރިހާ ޓެރަރިސްޓް ހަމަލަ ތަކުގަ އުޅެނީ މުސްލިމުން! މުސްލިމުން އުޅެން ބޭނުން ވަނީ މީލާދީން 800 ވަނަ އަހަރުގަ އަދިވެސް! އެކަމަކު އެއީ ކީރިތި ގުރުއާން ގަ އަންގަވާފަ އޮތް ގޮތެއް ނުން! ކެތްތެރި ވުމަށާއި ދުނިޔޭ ގެ ބަދަލުވަމުން ދާ ޒަމާނާ އެއްގޮތަށް އުޅުން ބަދަލު ކުރަން މުޅި ގުރުއާން ގެ ޝަރަހު ގާ ވަނީ! އަކުރުގަ ހިފާ މީހުން ގެ ސަބަބުން އިސްލާމް ދީން ކިލަބު ވެގެން ދަނީ
ކަލޯ ތިހެން ނުކިޔާ
މުސްލިމުން ކަންކަން ޓޮލަރޭޓް ކުރާ ވަރަކަށް ދުނިޔޭގެ އެހެން އެއްވެސް ބަޔަކަށް ކަންކަން ޓޮލަރޭޓެއް ނުކުރެވޭނެ. ޓޮލަރެންޓް ބަޔަކަށް ފުރަތަމަ ވާން ޖެހޭނީ ބުދަށް އަޅުކަންކުރާ މީހުން.
ދީނާ ތީ ކޮން ދީނެއް އޮޅުންފިލާފަ ހުރި މީހެއް މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ދުއްތުރާތައް ކަމަނައަށް ނުފެނޭތަ ޓޮލަރެންސް ބަޔަކަށް ނުވާތީތަ ފަލަސްތީން ސީރިޔާ ތަންތާގެ ނިކަމެތި މުސްލިމުން މަރާކޮށާ އެހަދަނީ ތީހަމަ ކަމަނަ ލާދީނީވީމަ ދުލުން ނުކުތް ބަސްކޮޅެއް
ބުރޯ ޔޫޓިއުބް އިން މުފްތީމެންކްގެ ދަރުސް އަބަދު އަހާތީ އެޗެއް ނޭންގިގެން އުޅެނީތި
ދީނާ.. ކަލޭ ކޮން އެއްޗެއް އެންގެގެން ތިޔައުޅެނީ ...ކަލޭ ހޭބަލިވެގެން އަސްލާމްދީނޭ ކިޔައިގެން އެއްޗެހި ނުލިޔޭ
މިކަހަލަ. ޙަބަރު ގެނެސް ނުދިނު މަށް ގޮވާލަން،
ޕޮލެންޑް ކަލޭ ހާދައި ރުޅިއެކޭ މުސްލިމުން ދެކެ ތިޔަ އަރަނީ، ބަޑިން ހަމަލާދީ މިސްކިތުން އެތަށްބަޔަކު މެރިދުވަހު ކަލޭ ހާދަހައި އުފަލެއްކުރާނެތާ އެހަމަލާ ދިން ގައުމުގެ ހުރިހައި މީހުން އެހެން ގައުމަތަކަށް ނާރުވަން ގޮވާލަންވީތޯ؟
ދިވެހިންގެ ގަމާރުކަން ކެނޑޭނީ ކޮންދުވަހަކުންބާ.
މުސްލިމުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެކަހަލަ އެންމެ މީހަކު ޤުރުބާން ކޮށްލާ މުސްލިމުންގެ ބޮލުގައި އެކަން އެޅުވުމަކީ ފްތާންސްގެ ރައީސް ވަރަށް އުފަލާއެކު ކުރާނޭ ކަމެއް.
ދީނާ ގެ ނަމުން ކޮމެންޓު ކުރި ފަރާތަށް
ދުނިޔޭގެ ހުރިހާ ޓެރަރިސްޓުން ނަކީ މުސްލިމުންނެއް ނޫން. ޒަޔަނިސްޓުންނާއި ހަރުކަށި ހިންދޫން އަދި ނަސާރާއިން ޓެރަރިސްޓުންނަށް ނުވަނީ ތޯ. ތަންކޮޅެއް ބޮޑަށް ވާނުވާ ބަލާ ފައި ކޮމންޓު ކުރުން އެދެން
ވަކި ޔޫރަޕުން ޓޮލެރެންޓު ވީމައި ދޯ މުސްލިމުންނަށް ޖެއްސުން ކޮށް ބުރުގާ ނަގުވަނީ
ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުޝްމިނުންނަށް ވަރަށް ހެޔޮ އޭގެ ސަބަބުން ދުޝްމިނުންގެ ބަޔަކު އިސްލާހުވެފަވޭ
ކީކޭ ދެންފަހެ އަޅެ ބުނާނީ! އިސްލާން ދީނުގަ ހަމަ އޮންނަ ގޮތްތަ އެއީ؟