އަރުމޭނިއާ އިން އަޒަރުބައިޖާނުގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގަންޖާއަށް ފޮނުވާލި ހަމަލާފައި އާންމުންގެ 42 މީހަކު މަރުވެއްޖެއެވެ.

އަޒަރުބައިޖާނުގެ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އަރުމޭނިއާ އިން ފޮނުވާލި ދެ ހަމަލާ އަމާޒުވެފައިވަނީ އެ ސަރަހައްދުގައި ތިބި ގެތަކަށް ކަމަށެވެ. އަދި އެ ގެތަށް ބިމާއި ހަމަވެފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ނަމަވެސް އަރުމޭނީއާގެ ޑިފެންސް މިނިސްޓްރީން ވަނީ އެކަން ދޮގު ކޮށްފައެވެ.

ގަންޖާގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިން ބުނެފައިވަނީ އަރުމޭނިއާއިން ދިން އެ ހަމަލާގައި އެ ސިޓީގެ ގެތަކުގެ ފުރާޅުތައްވެސް ހުރީ ގެތަކާއި ވަކިވެ ގޮސްފައި ކަމަށެވެ.

މި ހަމަލާއަކީ އަރުމޭނިއާއިން އަޒަރުބައިޖާނުގެ ގަންޖާއަށް ފޮނުވާލި ދެވަނަ ހަމަލާއެވެ. އަދި މިންގެސެވިރް އާއި ކައިރިއަށް ފޮނުވާލާފައިވާ ތިން ވަނަ ހަމަލާއެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ތުއްތު ކުދިންނާއި އެކި އުމުރުގެ އަންހެނުންނާއި ފިރިހެނުންވެސް ސަލާމަތް ކުރާ ކަމަށެވެ. އަދި މިހާތަނަށް ސަލާމަތް ވެފައިވަނީ ކިތައް މީހުން ކަމާއި ތާށިވެފައި ތިބި އަދަދު ބުނެދޭން ނޭނގޭ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

އަޒަރުބައިޖާން އާއި އަރުމޭނިއާ އާއި ދެމެދު ހަނގުރާމައެއް ފެނިފައިވަނީ، ދެ ގައުމު ގުޅޭ ސަރަޙައްދީ އިމުގައި އޮންނަ ނަގޮރްނޯ-ކަރަބަކްގެ މިލްކުވެރިކަމުގެ މައްސަލައިގައެވެ. އަޒަރުބައިޖާނުގައި އޮތް މި ސަރަޙައްދަށް އަރުމޭނިއާ ސިފައިން އަރާފައި ވަނީ މިއީ އެގައުމުގެ ސަރަޙައްދެއް ކަމަށް ބުނެއެވެ. މިގޮތުން އެންމެ ފުރަތަމަ ހަމަލާދޭން ފެށީވެސް އަރުމޭނިއާއިންނެވެ.

އަޒަރުބައިޖާންގެ އާބާދީގައި 9.9 މިލިއަން މީހުން ތިބިއިރު އޭގެ ތެރެއިން %97 މީހުންނަކީ މުސްލިމުންނެވެ. އަރުމޭނިއާގެ އާބާދީގެ އަކީ 2.9 މިލިއަން މީހުންނެވެ. އެގައުމުގެ އާބާދީގެ %93 މީހުންނަކީ ކްރިސްޓިއަނުންނެވެ.