އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން ބަލިވެއްޖެ ނަމަ އެ ގައުމު ދޫކޮށް ދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިހެން ބުނެފައި ވަނީ ޖޯޖިއާގައި ބޭއްވި ކެމްޕެއިން ރެލީގައި ވާހަކަ ދައްކަމުންނެވެ.

ޓްރަމްޕް ބުނީ އިދިކޮޅުން ވާދަކުރާ ކެންޑިޑޭޓް ބައިޑަން އަކީ އެ ގައުމުގެ ތާރީހުގައި ވެސް ރައީސް ކަމަށް ވާދަކުރާ އެންމެ ސަކަރާތް ކެންޑިޑޭޓް ކަމަށާއި އެފަދަ މީހަކު އިންތިޚާބު ކާމިޔާބުކޮށްފިނަމަ އޭނާ އެމެރިކާ ދޫކޮށް ދާނޭ ކަމަށެވެ.

ޓްރަމްޕް މިފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާއިރު އެމެރިކާ އަދި ދުނިޔޭގައި ވެސް ޓްރަމްޕަށް ތާއީދުކުރާ ބަޔަކު ނެތްކަމަށް އެ ގައުމުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ފާއިތުވި ހަތަރު އަހަރުވެސް އެ ގައުމުގެ ގިނަ ރައްޔިތުންގެ އުންމީދަކީ ޓްރަމްޕް އެމެރިކާ ދޫކޮށް ދިއުމެވެ. އަދި މިހާރު ޓްރަމްޕް އަމިއްލައަށް މިފަދަ ވާހަކައެއް ދެއްކުމުން އޭނާ އެއީ ފެއިލް ވެފައިވާ މީހެއް ކަން އެނގޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެމެރިކާގެ ރައްޔިތުން ޓްރަމްޕް އެ ގައުމުން ފޮނުވާލަންވެސް ހިތްވަރުދެމުންދާ އިރު އެއް ފަރާތަކުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ އިންތިޚާބުން ބަލިވެއްޖެނަމަ ގައުމު ދޫކޮށް ޓްރަމްޕް ދާނެކަން އެނގުމުން މިއީ ބައިޑެން އަށް ވޯޓުދިނުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށެވެ. އެހެން މީހަކު ބުނީ ކޮންމެ ގައުމުކަމަށް ޓްރަމްޕް ދިޔަޔަސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އޭނާ ޖަލަށް ލާން ޖެހޭނޭ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ ރައީސެވެ. އޭނާ އެމެރިކާގެ ރިޔާސީ އިންތިޚާބު ވާދަކޮށް ވެރިކަމަށް ހުވާކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހުގައެވެ. ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ޓްރަމްޕް ފާހަގަ ކުރެވެނީ ވިޔަފާރީގެ ދާއިރާގައި ނަންހިނގާ މީހެއްގެ ގޮތުގައެވެ. އުމުރުން 74 އަހަރުގެ ޓްރަމްޕް މިމަހު ކުރީކޮޅު ނުރައްކާތެރި ކޮވިޑް-19 އަށްވެސް ފައްސިވެ ހާލުވެސް ސީރިއަސް ވި އެވެ. ނަމަވެސް އޭނާއަށް ފަރުވާ ދިނުމުން ވަނީ ކޮވިޑުން ނައްސި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކުރިން ބައިން ފޮށިތަންމަތި ބަންނަށްވީ

    11
  2. ރިހާކުރުކުޑޭ

    ޗައިނާއަށްނައަރުވާނެ ! ރަޝިޔާއިންބުނީ އެގައުމަށްވެސްނައަރުވާނަމޭ ! ޔޫރަޕުގެގައުމުތަކުންވެސް ދެކޮޅުހަދާ !! ދެން ފުރުސަތުއޮތީ އުތުރުކޮރެއާއިންނާއި ދިވެހިރާއްޖެއިން ..

    10
  3. ައަހުމަދު

    އެމެރިކާ އަށް ފައިދާ ވާނީ ތިކަހަލަ މީހުން އެ ބިމުން ފައިބައިގެން ދިޔާމަ. އެމެރިކާ ގެ ހަލާކު ތީ، އަވަހަށް ފުރަން ތައްޔާރު ވޭ