މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 40 މިލިއަނަށް އަރައިފިއެވެ.

ދުނިޔޭގެ 217 ގައުމަކާއި ސަރަހައްދަކުން ފެނިފައިވާ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުތައް މިހާރު އުޅެނީ 40,006,239 ގައެވެ.

ކޮވިޑް-19ގެ ބިރުވެރިކަމާއި ހެދި ދުނިޔެ އެއްކޮށް ކަހަލަ ގޮތަކަށް އޮތީ މަޑު ޖެހުމެއްގެ ތެރޭގައެވެ. މަސައްކަތްތައް ހުއްޓި ދިރިއުޅުން ވަނީ އުފުށް މުފުށަށް ޖެހިފައެވެ. ގައުމުތައް ބަންދުކޮށް، ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ދިއުން މަނާވެއްޖެ އެވެ. ދިރިއުޅުމަށް އިތުރު ތަކްލީފުތަކެއް އައި މި ވައިރަސް އާއެކު މިހާރު 10 މަސް ހޭދަވެއްޖެ އެވެ.

މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑެއެވެ. ބައްޔަށް ފައްސިވާ އެތައް ހާސް ބަޔަކު މަރުވަމުންދާއިރު، ބައްޔަށް އަދިވެސް ރަނގަޅު ބޭހެއް ވެކްސިންއެއް ހޯދިފައެއް ނުވެއެވެ.

މުޅި ދުނިޔެއިން މިހާތަނަށް މި ބަލީގައި 1,115,202 މީހަކު މަރުވެއްޖެއެވެ.

މި ބަލީގެ ބިރުވެރިކަން ބައެއް ގައުމުތަކުގައި އަދިވެސް ބޮޑެވެ. މުޖުތަމައު ތެރެއިން ބަލި ފެނި، އެތައް ހާސް ބަޔަކު އެއްފަހަރާ ބައްޔަށް ފައްސިވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު