ކޮވިޑް-19 އަށް ފައްސިވާ މީހުން ބަލިން ރަނގަޅު ކުރެވިދާނެ ކަމަށް ބެލެވޭ ފަރުވާއެއް އެމެރިކާގެ އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކު ހޯދައިފިއެވެ.

އެމެރިކާއަށް ހިޖުރަކޮށްފައިވާ އިންޑިއާ ދެމަފިރިއެއްގެ ދަރިއެއް ކަމަށްވާ އަނިކާ ޗެބްލޮރޫ ހޯދި ފަރުވާގައި އިން ސިލިކޯ މެތަޑޮލޮޖީ ބޭނުން ކޮށްގެން ކޮވިޑް-19 ވައިރަސް ކަމަށް ސާސް-ކޮވް-2 ވައިރަހުގެ ޕްރޮޓީނާ ލެޑު މޮލެކިއުލެއް އެއްކުރެއެވެ.

އަނިކާ ކޮވިޑް-19 އަށް ހޯދި ފަރުވާ "3އެމް ޔަންގް ސައިންޓިސްޓް ޗެލެންޖް" ގައި ބައިވެރި ކުރުމުން އެމުބާރާތުގެ އެއްވަނަ ވަނީ ލިބިފައެވެ. މުބާރާތުގެ އެއްވަނަ އިނާމުގެ ގޮތުގައި އޭނާ އަށް ވަނީ 25000 އެމެރިކާ ޑޮލަރު ވެސް ލިބިފައެވެ.

ކޮވިޑް-19 އާއި ދުނިޔެ ކުރިމަތިލާން ޖެހުނު އިރު ވެސް އަނިކާ ދިޔައީ މިފަރުވާ ހޯދުމުގެ ދިރާސާތައް ކުރަމުންނެވެ. އޭނާގެ ދިރާސާގައި އޭރު އަމާޒަކަށް ވެފައި އޮތީ އިން-ސިލްކޯ މެތަޑްތައް ބޭނުން ކޮށްގެން އިންފްލްއެންޒާ އަށް ކޮންމެވެސް ފަރުވާއެއް ހޯދުމެވެ. އެމެރިކާގައި ކޮންމެ އަހަރަކު ވެސް އިންފްލްއެންޒާ ޖެހިގެން އެތައް މިލިއަން ބަޔަކު މަރުވެގެން ދާދިއުން އެއީ އަނިކާގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް އޮތީ ވެފައެވެ.

"އަހަރެންގެ މިމަސައްކަތް ކުރުމަށް ކުރި ދިރަސާތަކުން އެނގުނު ވައިރަސް އާއި ބޭސް ހޯދަން ކުރަމުން އަންނަ ޚަރަދުތައް. މިފަދަ ބޮޑު ޚަރަދަކާއި އަދި މަސައްކަތެއް އެތައް ބަޔަކު ކުރަމުން އަންނައިރު މިފަދަ ހާލަތެއްގައި އަހަރެމެން ތިބެން ޖެހުން މިއީ އަދި އަހަރެން މާބޮޑަށް ކަންބޮޑުވިކެއް." އަނިކާ ބުންޏެވެ.

އަނިކާ ބުނީ އޭނާ ކޮވިޑް-19 އަށް ހޯދި ފަރުވާގެ ސަބަބުން ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް އެހެން މިސްރާބަކަށް ބަދަލުވެގެން ދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ. އަދި މިއީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް އަވަސް ވެގެން ދާނެ ހޯދުމެއް ކަމަށް އުއްމީދު ކުރެވޭ ކަމަށް ވެސް އަނިކާ ބުންޏެވެ.

ދެން ކުރިއަށް އޮތީ އަނިކާ ކޮވިޑް-19 އަށް ހޯދި ފަރުވާ އަކީ ހަޤީޤަތުގައި ވެސް ބޭނުން ކުރެވިދާނެ ފަރުވާއެއްތޯ ބެލުމަށް އިތުރު ދިރާސާތައް ކުރުމުގެ މަރުހަލާއެވެ. މިމަރުހަލާ ކުރިއަށް ގެންދާނީ އަނިކާ އާއި ތަޖުރިބާކާރު ސައިންސްވެރިންނާއި އެކުއެވެ. މިމަރުހަލާ ކުރިއަށް ގެންދިއުމަށް "3އެމް ޔަންގް ސައިންޓިސްޓް ޗެލެންޖް" އިންތިޒާމްކުރި ފަރާތުން އެހީތެރިކަން ފޯރުކޮށްދީ އިންތިޒާމްތައް ހަމަޖައްސާނެއެވެ.

ކިޔުންތެރިންގެ ހިޔާލު