ހަނދުގައި އެޅުމަށް ހަމަޖެހިފައިވާ 4ޖީ ނެޓްވޯރކްގެ މަސައްކަތް ކުރުމަށް ފޯނު އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ނޮކިއާ އާއި ހަވާލުކޮށްފިއެވެ.

ހަނދުގައި ނެޓްވޯކް އެޅުމަށް މަސައްކަތް ފަށާފައިވަނީ ނާސާގެ އާރޓެމިސް ޕްރޮގުރާމްގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން ނޮކިއާއާއި ހަވާލު ކޮށްފައިވާ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 14.1 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ނާސާއިން ވަނީ ބުނެފައެވެ.

އާރޓެމިސް ޕްރޮގުރާމުގެ ދަށުން ނާސާ އިން އަންނަނީ ފުރަތަމަ ދެޖިންސުގެ އިންސާނުން ހަނދަށް 2024 ވަނަ އަހަރު ފޮނުވޭތޯ މަސައްކަތް ކުރަމުންނެވެ.

ނޮކިއާ ކުންފުނިން އެޅުމަށް ހަމަޖެހިފައިވާ ނެޓްވޯރކްގެ ސަބަބުން، ނާސާގެ އުޅަނދުތައް ހައި ޑެފިނީޝަން ވީޑިއޯގެ ޒަރީއާއިން ވަގުތުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހަނދުގައި ނެޓްވޯކް އެޅުމުގެ އިތުރުން ނާސާއިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި 14 ކުންފުންޏަކަށް 370 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ.

މި ފައިސާ ހަވާލު ކުރަނީ ހަނދުގައި ރޮބޮޓްސްތަކާއި އެހެނިހެން ތަކެތި ބެހއްޓުމުގެ ގޮތުންނާއި ހަނދުގައި ވަސީލަތްތައް ގާއިމު ކުރުމުގެ ގޮތުންނެވެ.