ފަލަސްތީނަށް ދިޔަ އެމެރިކާ ސަރުކާރުގެ ވަފުދަކަށް ފަލަސްތީނު ބަޔަކު ކުކުޅުބިހުގެ ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ވަފުދު އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބައިތު ޖާލާގެ ތެރެއިންލާފައި ދަނިކޮށް ފަލަސްތީނުގެ އާންމުގެ ބަޔަކު ވަނީ ކުކުޅު ބިސް ކާރަށް ޖެހުމުގެ އިތުރަށް ވެހިކަލްގައި ފައިންވެސް ޖަހާފައެވެ.

އެ ވެހިކަލްއަކީ ގުދުސްގައި ދާދިފަހުން ހުޅުވި އެމެރިކާ ކޮންސިއުލޭޓްގެ ބަޔަކު ގޮވައިގެން ދަތުރުކުރި ވެހިކަލްއެކެވެ. ވެހިކަލްއަށް ބިސް ޖެހި މީހުން އެވަގުތު ތިބީ އެމެރިކާއާއި އިސްރާއީލާ ދެކޮޅު ޝިއާރުތައް ލިޔެފައިވާ ބޯޑުތައްވެސް ހިފައިގެން ކަމަށެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް މިއީ ފުރައްސާރަކުރުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރެއްވި ހިސާބުން ފަލަސްތީނު ސަރުކާރުންވަނީ، އެމެރިކާއާއެކު އޮންނަ ހުރިހައި ގުޅުމެއް ކަޑާލާފައެވެ. ގުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން ފަލަސްތީނުގެ ޣައްޒާގައި ވަނީ ވަރުގަދަ މުޒާހާރާތަކެއް ވެސް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތަކެއް ވެސް ދީފައެވެ.

ޣައްޒާގައި އިސްރާއީލުން މިދިޔަ ހަފްތާގައި ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 62 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 3000 ވުރެން މައްޗަށް އަރައެވެ. މި ޙަމަލާތަކުގައި އަންހެން ކުއްޖަކު ހިމެނޭގޮތަށް ޖުމްލަ މިހާތަނަށް ހަ ކުއްޖަކު ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުގެ މި އަމަލު ދުނިޔޭގެ ބޮޑު ބާރުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައިނީ

    ޔާންޓޭއަށް ވެސް އިގޭ ނަސީދު އަށް ލަޑުދިނީމައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ހަމައެކަނި ކުއްވެރިކަން ކޮށްލާނީ ކެކެކެކެކ

  2. ކިޔުންތެރިއެއް

    މިޚަބަރު ކިޔުމުގެ ކުރިން އަޅުގަނޑު ހީކުރަނީ ކުކުޅުބިހާ އެންމެ ރައްޓެހީ ނ. ހޮޅުދޫ މީހުންކަމަށް. އެކަމަކު މިހާރު ޔަޤީންވެއްޖެ ބޭރު ޤައުމުތަކުގެމީހުންވެސް މާބޮޑަށް ފުއްޕައިގެން އުޅެންޏާ ކުކުޅުބިހުން އެބަ ޙަމަލާދޭކަން. ހެހެހެ މިގޮތް ގޯހެއްވެސްނޫންތާ. މީހަކަށް މާބޮޑު އަނިޔާއެއްނުލިބި ނުރުހޭކަންއެނގަން މީ ރަނގަޅު ގޮތެއް.

  3. ނުރަބޯ

    ފުރައްސާރައިގެ ޢަމަލެކޭ؟ ބަލަ ޔަހޫދީން ފޭރިގަނެގެން އުޅޭ، ފަލަސްޠީނުގެ ބިމެއްގައި ކަލޭމެންގެ އެމްބަސީ ހުޅުވުން އެއީ ފުރައްސާރަ އެއްނޫންތަ.....؟؟؟

  4. Anonymous

    ސަޅި