އަވައްޓެރި އިންޑއިާގައި ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވާލާއި އޫރުގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސް އެއް ކަމަށްވާ ނިފާހް ވައިރަސް (އެންއައިވީ)ގެ ސަބަބުން ފާއިތުވެދިޔަ ދުވަސްތަކުގައި ދިހަ މީހަކު އެޤައުމުން މަރުވެފައިވާ ކަމަށް ސިއްޙީ އޮފިޝަލުންނާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާއިރު، އޭގެތެރޭގައި ވައިރަސް ޖެހުނު މީހަކަށް ފަރުވާދެމުންދިޔަ ނަރުހެއްވެސް ހިމެނޭ ކަމަށް ވެއެވެ.

މަދު ވަގުތުކޮޅެއްގެ ތެރޭގައި ފުރާނައަށް ނުރައްކާ ކުރިމަތިކުރުވާ މި ވައިރަސް މިހާރު އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދަނީ އިންޑިއާގެ ދެކުނުގެ ސްޓޭޓް ކަމަށްވާ ކެރެލާގައެވެ. މި ވައިރަސްގެ ސަބަބުން އިންފެކްޓުވެ މަރުވި ދިހަ މީހުންނަކީވެސް އެ ސްޓޭޓަށް ނިސްބަތްވާ ދިހަ މީހުން ކަމުގައިވާއިރު، އެ ސްޓޭޓުން އިތުރު ހަ މީހަކުވެސް ވައިރަސް އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ ކަމަށް ސިއްޙީ އިދާރާތަކުން ބުނެފައި ވެއެވެ.

ޒަމާންތަކަކަށް ފަހު އިންޑިއާއިން ކުރިންވެސް ފެނުނު ނިފާހު ބަލި އަނެއްކާވެސް ފެތުރި ބޮޑު ނުރައްކަލަކާއި ކުރިމަތިވެދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ ސިއްޙީ ވުޒާރާއިން ދަނީ، ކެރެލާ ސްޓޭޓަށް ޚާއްސަ ސިއްޙީ އޮފިޝަލުންގެ ޓީމެއް ފޮނުވަން ތައްޔާރުވަމުންނެވެ.

މީގެ ކުރިން 2001 ވަނަ އަހަރާއި 2007 ވަނަ އަހަރުވެސް އެޤައުމުގައި ނިފާހް ވައިރަސް ފެތުރުއިރު، 2001 ވަނަ އަހަރު މި ވައިރަސްގެ އަސަރުކޮށްގެން 45 މީހަކު މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    މިހާރު ތިޔަ ހުން އޮތީ ރާއްޖޭގައި. ދެން މާ ބޮޑު ވަރު ވީމާ ހެލްތު މިނިސްޓިރީން ބުނާނީ. މިއީ އިންޑިޔާގައި ފެތުރެމުން ދާ ހުމޭ. ވެކްސިން އެމީހެކު އެތެރެ ކޮއްގެން ޖަހާށޭ.. މިދިޔަ ފަހަރު ސްވެއިން ފުލޫ ފެތުރުނު އިރު ވީހެން ވަނީ..

  2. ޒާ

    ޓްރިވެންޑްރަމްގައި ފެތުރެނީ. އެތަނަކީ ދިވެހިންގިނަ ތަނެއް. މި ބަލި ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ބޮޑު. މިއީ ކެއްސާ ކިނބިހިއަޅާއިރުވެސް ފެތުރޭ ވައިރަހެއްކަމަށްވޭ. ވަރަށް ނުރައްކާތެރި ބައްޔެއްކަމަށް ބުނޭ. މިކަމަށް މިރާއްޖޭން ސަމާލުކަމެއް ދޭތަން އަދި ނުފެނޭ.

  3. މެޑި

    ހަބަރެއްލިޔާއިރު، އެ ބަލި ފެތުރެނީ ކިހިނެއްކަމާ، ބަލި ޖެހުނީމަ ވާގޮތް ލިއުން މުހިންމު. ހަބަރު ލިޔަނީ ހަމަ ގަލަން އޮތީމަ ލިޔާ މީހުންހެން ބައެއް ފަހަރު ހީވޭ.

    • ބުލޫ

      މަށަށްވެސް ހީވަނީ ތިހެންހެން.އަޒްހީމް ދެރަވެދާނެތީ ތިހެން ނުބުނަން މިހުރީ..

  4. ހަނދުވަރު ކުރަފި

    ޗަމެން އަޒްހީމް އާ ނުބެހޭ އިނގޭ.. ގޫގުލް ކޮށްބަލަ ދޯ.. އޭރަށް ބައްޔާ ބެހޭ މައުލޫމާތު ފެންނާނެ...