ކޮވިޑް-19ގެ ސަބަބުން އެމެރިކާގައި ޕޯލިއޯ ފެތުރޭ މިންވަރު އިތުރުވެދާނެ ބިރު އެބައޮތް ކަމަށް ސިއްހީ މާހިރުން ބުނެފިއެވެ.

ޕޭން އެމެރިކަން ހެލްތް އޯގަނައިޒޭޝަން (ޕީއޭއެޗްއޯ) ގެ މާހިރުން ބުނެފައިވަނީ ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް ބުނާ ވެކްސިނެއް ނުލިބި ލަސްވާ ވަރަކަށް ޕޯލިއޯ ފެތުރޭ މިންވަރު ހަލުވިވެ އެމެރިކާ ބިރުވެރި ހާލަތަކަށް ހިނގައިދާނެ ކަމަށާއި އެ ހާލަތައް ނުދިއުމަށް ޕޯލިއޯ ވެކްސިން ދޭން ޖެހޭ ކުދިންނަށް އެ ވެކްސިން ދީގެން އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

"އެއްފަހަރު ޕޯލިއޯ ނައްތާލާފައިވީ ނަމަވެސް ވެކްސިން ލިބޭ މިންވަރު ދަށްވެއްޖެނަމަ، މުޖުތަމައު ތެރޭގައި ޕޯލިއާ ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވެގެން ހިނގައިދާނެ. އެހެން ކަމުން ޕޯލިއޯ ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް ރައްކާތެރިކަން ހޯދަން ޖެހޭ." ޕީއޭއެޗްއޯގެ ޑިރެކްޓަރ ކަރިސާ އެތިއޭން ބުންޏެވެ.

ޕީއޭއެޗްއޯ އިން ބުނާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ވެކްސިން ދޭން ޖެހޭ ބަލިތަކަށް ހަދަމުން އައި ވެކްސިންތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

"ލިބިފައިވާ ކާމިޔާބީއެއް އަލުން ގެއްލުވައި ނުލުމަށް މި ޕެންޑަމިކްގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ" ޕީއޭއެޗްއޯގެ އިމިއުނިޒޭޝަން ޕްރޮގްރާމްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުއަޓެމޮކް ރުއިޒް މަތުޒް ބުންޏެވެ.

ޕީއޭއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް 85 އިންސައްތަ ނުވަތަ 87 އިންސައްތަ މީހުންނަށް ވަނީ އެމެރިކާގައި ޕޯލިއޯ ވެކްސިން ދީފައެވެ. އަދި މިއަހަރަށް ބަލާއިރު މި އިންސައްތަ ބޮޑުތަނުން ކޮވިޑް-19ގެ ސަބަބުން ދައްވާނެ ކަމަށްވެސް ހިސާބުތަކުން ވަނީ ދައްކާފައެވެ.