ސޫދާނުން އިސްރާއިލް އާއެކު ހާރިޖީ ގުޅުން ޤާއިމްކުރަން އެއްބަސްވުމުން އިސްރާއިލް އިން އެޤައުމަށް ފަސް މިލިއަން އެމެރިކާ ޑޮލަރުގެ ގޮދަން ފޮނުވަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ އެޤައުމަށް ލިބުނު އާ "އެކުވެރިޔާ" އާއެކު ގުޅުން ބަދަހިކޮށް ވަގުތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަ ކަމަށާއި، މިގޮތުން ފަސް މިލިއަން އެމެރިކާ ޑޮލަރުގެ ގޮދަން ވަރަށް އަވަހަށް ސޫދާނަށް ފޮނުވާނެ ކަމަށެވެ.

އިސްރާއިލް އިން ވަނީ ސޫދާނުގެ ނިންމުން އިއުލާނުކުރުމާއެކުވެސް އެޤައުމަށް ވިޔަފާރީގެ ދާއިރާ އިންނާއި އިޤުތިޞާދީ ދާއިރާ އިން އަދި ދަނޑުވެރިކަމުގެ ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ. ސޫދާނަކީ އެފްރިކާ ސަރަޙައްދުގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

އިސްރާއިލް އާއެކު ގުޅުން ޤާއިމްކުރުމަށް ސޫދާނުން ނިންމީ އެމެރިކާ ސަރުކާރާއެކު ޚާއްސަ "ޑީލެއް" ހެދުމަށްފަހު އެވެ. އެމެރިކާއިން ވަނީ ސޫދާނުގެ މި ނިންމުމާއެކު ސޫދާން ނިރުބުވެރިންނަށް (ޓެރަރިސްޓުންނަށް) އެހީތެރިވެދޭ ގައުމުތަކުގެ ލިސްޓުން އުނިކުރަން ނިންމާފައެވެ.

ސޫދާނަކީ އެފްރިކާ ސަރަޙައްދުގެ އެންމެ ބޮޑު އެއް އިސްލާމީ ޤައުމެވެ. ސޫދާނުން އިސްރާއީލާއި ގުޅުން ބަދަހިކުރަން ނިންމިކަން އިއުލާން ކުރުމާއެކު ފަލަސްތީނުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދާދިފަހުން ޔޫއޭއީ އާއި ބަހްރޭނުން ވެސް ވަނީ އިސްރާއީލާއި ހާރިޖީ ގުޅުން ޤާއިމު ކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އަރަބި ގައުމުތަކުން ވެސް އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމު ކުރާނެ ކަމަށް އެމެރިކާ އާއި އިސްރާއީލުން ބުނެއެވެ. އެމެރިކާ އާއި އިސްރާއިލްގެ އަމާޒަކީ މެދުއިރުމަތިން ފަލަސްތީނު ބާކީކޮށް، ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ އަޑު ކަނޑުވާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ސުބުހާނަﷲ...ނިކަންދެކިބަލަ މިޔަހޫދީންނާ ޢައިރުމުސްލިމުންނާ ހިންދޫއިންގެ ނުލަފާކަން..ސޫދާންގެ އަމިއްލަ ބާރުކެޑި ގޮތްހުސްވެ ކާފަރުންގެ ފައިބުޑަށް ވެއްޓުމުން ސޫދާނަށް އެދެނީ ކޮންފަދަ އަގުބޮޑު އެހީއެއް...އިންސާނުން ބަޑުހައިހޫނަށް މުޅަތަކެތިވެސް ކާހިސާބަށްދޭ...އަހަރެމެން ދިވެހިން އިބުރަތެލިބޭތޯ އުޅެބަލަ މިކަމުން....ދިވެހިން ނިކަމެތިކުރަމުން މިދަނީ މިދަރަ ޖައަށް.....އިންޑިއާ އައުޓްކުރަން ޖެހެނީ ކީއްވެކަން ވިސްނާ...އަހަރެމެންގެ ގައުމުގެ ހުރިހާ މުއްސަދިކަމެ އިންޑިއާއިން ފޭރެމުންމިދަނީ...ސޫދާނަކީ އެތަކެ މައުދަނަކާ ތެލާ ގޭހުގެ މުއްސަދިކަންއޮތް ގައުމެ އެގައުމު މިހާ ނިކަމެތިކަމަށް ވެއްޓުނުގޮތް ދިވެހިން ހޯދާބަލާ ވިސްނާ ފިކުރުކުރޭ...މިދިވެހިރާއް ޖެ ސަލާމަތްކުރަން އަޒުމްއާކުރޭ...

    5
    2
  2. މިސިޒް

    ޢިޒްރޭލުގެ% 20 މުސްލިމުން

    1
    3
    • Anonymous

      އިސްރާއީލުގެ ރައްޔިތުކަން ހޯދައިގެން ބައެއް މުސްލިމުން އުޅޭ. އެކަމަކު އެމީހުންނަށް ކުރާ އަނިޔާ އާއި ޖެއްސުން ކުޑައެއް ނުވޭ. މިހާރު އިޒްރޭލުގައި ބަންގި ގޮވާ ނަމަ ފިޔަވަޅު އަޅާ

      1
      1