ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އަކީ ސިކުނޑި ހަމަޖެހޭ މީހުން ނޫން ކަމަށާއި އޭނާގެ ސިކުނޑިއަށް ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން މިގޮތަށް ވިދާޅުވެފައި ވަނީ ފްރާންސްގެ ރައީސް މުސްލިމުންނަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ. މައްސަލަ ގޯސްވީ އިސްލާމްދީނަަކީ ޓެރަރިޒަމްގެ އަސްލު ކަމަށް ވިދާޅުވި ހިސާބުންނެވެ.

އުރުދުޣާން ވިދާޅުވެފައި ވަނީ މެކްރޯންއާއި އޭނާގެ ކައިރީގައި މަސައްކަތް ކުރައްވާ މީހުންނަށް ސިކުނޑީގެ ފަރުވާ ކުރަން ޖެހިވަޑައިގަންނަވާ ކަމަށެވެ. "މެކްރޯން އާއި އިސްލާމް ދީނާއި މުސްލިމުންނާއި އޮތީ ކޮން މައްސަލައެއް؟ ގައުމުގެ އެންމެ އިސްމީހާއަށްވެ ހުރެ އެފަދަ އެއްވެސް ކަމެއް ނުވިސްނުން އެއީ ދެރަ ކަމެއް" ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައި ވެއެވެ.

ތުރުކީގެ ރައީސް މިގޮތަށް ވާހަކަ ދައްކައި ނިމުމާއި އެކީ، ފްރާންސުން ވަނީ އެކަމަށް އިޝާރާތްކޮށް ވާހަކަތަކެއް ދަައްކާފައެވެ. އެގޮތުން ފްރާންސުން ބުނީ، އެފަދަ ބަސްތަކަކީ ބަލައި ގަނެވޭނެ ބަސްތަކެއް ނޫން ކަމަށާއި ރުޅިއައިސްގެންވެސް މެކްރޯން އާއި ގުޅުވައި އެފަދަ ވާހަކަތަކެއް ދެއްކުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އެދެނީ އުރުދޮގާން އުސޫލުތައް ބަދަލުކުރުމަށް، އެ އުސޫލުތަކަކީ އެއީ ހުރިހާ ގޮތަކުން ބަލާނަމަ ނުރައްކާތެރި އުސޫލުތަކެއް" މެކްރޯން ވިދާޅުވިއެވެ.

ފްރާންސްގެ ރައީސް ވަނީ އުރުދޮގާން އަކީ ކޮންކަހަލަ މުސްލިމެއްތޯވެސް ސުވާލު އުފައްދަވާފައެވެ. އުރުދޮގާނަކީ ކޮންކަހަލަ މުސްލިމެއްތޯ މެކްރޯން ސުވާލު އުފައްދާފައިވަނީ ކަރު ބުރިކޮށް މަރާލި ފްރާންސް ޓީޗަރުގެ މަރާއި ގުޅިގެން އުރުދޮގާން މެކްރޯން އަށް ތައުޒިއާ ނުކިޔުމުންނެވެ.

ކީރިތި ރަސޫލާއަށް 2015 ވަނަ އަހަރު ފްރާންސްގެ ނޫހެއްގައި ކުރެހި ކާޓޫންތައް މިއަހަރު އަލުން އަނެއްކާވެސް އެނޫހުން ޝާއިއު ކުރުމާއި އެކު ފްރާންސްގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. މެކްރޯން ވަނީ ކީރިތި ރަސޫލާގެ ކާޓޫންތައް ކުރެހުމަށް ތާއިދުކޮށް ވާހަކަދައްކާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއު ކުރުމަށް ފްރާންސް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ފްރާންސް ސަރުކާރު ދެމިއޮންނާނެ." އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ުުުޔު

    ސިކުނޑި ހަމަޖެހޭ މީހަކުނެތް. މިގައުމަކުވެސް ނެތް

    38
    5
  2. ހަސަނު

    ހިޔާލު ފާޅުކުރީމަ ކަމަކުނުދިޔަ. އުރުދުގާން ގެ ހިޔާލު އެ ފާޅުކުރެއްވީ

    72
    5
    • ކިޔާ

      ހަހަހާ...އަސްލުވެސް..

      1
      1
  3. އަރީ

    މާކޮން އަށް ހަލާކުހުރި

    18
    1
  4. ސާމިޔާ

    އުރުދުޤާންކަހަލަލީރުންބޭނުންވަނީ ! އެއީ އެއްވަނައިގެލީޑަރެއް !

    36
    1