ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ތުރުކީން ފެށި ކެމްޕޭން ވަގުތުން ހުއްޓާލުމަށް އެގައުމުން ގޮވާލައިފިއެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ތުރުކީގެ ރައީސް ރަޖިބު ޠައްޔިބު އުރުދުޣާން ގޮވާލާފައިވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މުސްލިމުންނާއި ދެކޮޅު ވާހަކަތައް ދައްކަވަމުން ގެންދަވާތީއެވެ. އެގޮތުން އޭނާ ވަނީ އިސްލާމް ދީނަކީ ޓެރަރިޒަމްގެ އަސްލު ކަމަށް ވިދާޅުވެފައެވެ.

އެއާއި އެކު ގިނަ މުސްލިމުން ވަނީ އެކަމާއި ހިތް ހަމަ ނުޖެހޭކަން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން އުރުދުޣާން ވަނީ ތުރުކީގެ ރައްޔިތުން ފްރާންސްގެ އުފެއްދުންތައް ގަތުން މަނާ ކޮށް، އެގައުމުން އުފައްދާ ތަކެތި ތުރުކީއަށް ބޮއިކޮޓް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މި ގައުމުގެ ރައްޔިތުންނަށް މި ގޮވާލަނީ އެއްވެސް ގޮތަކަށް ފްރާންސްގެ ލޭބަލް ޖަހާފައިވާ އުފެއްދުންތައް ބޭނުން ނުކުރުމަށް. އަދި ނުގަތުމަށް" އުރުދުޣާން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފްރާންސްގެ ސަރުކާރުން ބުނީ، އެގައުމާއި ދެކޮޅަށް ތުރުކީން އެކުލަވާލާފައިވާ ޕްރޮޕެގެންޑާއަކީ މުޅި ދުނިޔެއަށް އަމާޒުކޮށްގެން ކުރަމުންދާ ކަމަށް ކަމަށާއި ވަގުތުން ބޮއިކޮޓް ކެމްޕޭނު ހުއްޓާލަން ޖެހޭ ކަމަށެވެ. އެކަމަކީ އެއީ ކުޑަ ގްރޫޕަކުން ފެށި ކަމެއް ކަމަށް ފްރާންސްއިން ވަނީ ސިފަ ކޮށްފައެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީން ވަނީ އަވަށްޓެރި ގައުމުތަކަށް އެގައުމުގެ ރައްޔިތުންގެ ސަލާމަތް ކަށަވަރު ކޮށްދިނުމަށް އެދިފައެވެ.

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އުރުދުޣާން ގޮވާލާފައިވާއިރު، ފްރާންސްގެ ރައީސްއާއި ތުރުކީގެ ރައީސް އާއި ދެމެދު ބަހުގެ ހަމަލާތައް ވަނީ ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާބަސް އުރުދުޢާން

    އެތިބީ ދުނިޔޭގަލީޑަރުންނަކީ އެވެސް މުުސްލިމްޤައުމެއް މިވެސް މުސްލިމް ގައުމެއް އަނގައިން އެއްޗެއްބުނެލަންނުކެރިގެން އެތިބީ އިންޑިޔާރުޅިއަތުވެދާނެތީ

    39
    3
    • ބުއްޅަ ގެރި

      އިންޑިޔާއެއް ކިޔާނެ ކަމެއްނެތް މިތާތިބީ ހުސްގެރިން ހަމަ އެކައްޗެއްތި

      12
    • ފުރީޑަމް

      އެހެން މީހުން ފުރީޑަމްގެ ބޭނުންކުރީމާ ހާދަވަރުތަކެއް މިވީ ޕުރާންސަށް؟؟ ނިބައިމީހުން ކޮންމެ ހަޑިއެއް ހޭވިޔަސް އެއީ ފުރީޑަމް

      14
  2. ފަލަ ހެންޑަލް

    ކިހިނެއްވީ؟ މި ބޮއިކޮޓް ކެމްޕޭން މި ހިންގަނީ ހަމަ ކަލޭމެން ރަސޫލާއަށް ކާޓޫނު ކުރެހުން އޯކޭ ކަމަށް ނިންމި "ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ" ދަށުން. ދެން ހަޖަމުކޮށްލާ މެކްރޯން. ކަލޭ ބޭނުން ހުރިހާ ގޮތަކަށް ހުރިހާ ކަމެއް ނުވާނެކަން ދައްކާލާނަން. ސައިޒުގަ ހުރޭ.

    35
    1
  3. ގެރިލޯބި

    ބޮއިކޮޓް ކުރާނަން ހަމަ

    47
    1
  4. ކުނބު

    ކޮބާތަ ތެޔޮވަޅުތައް އޮތް ޖުއްބާލީ އަރަބި މުސްލިމު ލީޑަރުން

    19