ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި އިސްލާމް ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިވާ ދީނެއް ކަމަށް ފްރާންސްއިން ދައްކާފައިވާ ވާހަކަތައް ސައުދީ އަރަބިޔާއިން ކުށްވެރި ކޮށްފިއެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އިސްލާމް ދީނާކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިވާ ދީނެއް ކަމަށް ބުނެ ވާހަކަ ދައްކާފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. އެކަމާއި ގުޅިގެން ގިނަ މުސްލިމް ގައުމުތަކުން ދަނީ އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ މިކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ.

ފްރާންސްގެ ރައީސް އެގޮތަށް ވާހަކަ ދައްކާފައިވާތީ ތުރުކީގެ ރައީސް ރަޖިބު ޠައްޔިބު އުރުދުޣާން އެގައުމުގެ ރައްޔިތުން ފްރާންސްގެ އުފެއްދުންތައް ބޭނުން ނުކުރުމަށް ގޮވާލާފައެވެ. އެއާއި އެކު ގިނަ ގައުމުތަކުން އަންނަނީ އެގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ކެމްޕޭނުތައް ޖައްސަމުންނެވެ.

ސައުދީގެ މީޑީއާއަކާއި ވާހަކަ ދައްކަމުން އެގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އެކަކު އަނެކަކަށް ގަދަރު ކުރަން ޖެހޭ ކަމެއް ކަމަށާއި ސުލްހަ މަސަލަސްކަން ގެއްލިއްޖެ ނަމަ އެކަކު އަނެކަކަށް ނަފްރަތު އުފެދި ގައުމުތަކުގެ މެދުގައި ހަމަ ނުޖެހުން ހިނގާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ނިރުބަވެރި ހަމަލާތައް ރިޔާދުން ކުށްވެރި ކުރާ ކަމަށާއި އެފަދަ އަމަލުތަކަކީ އެއީ ހިނގައިގެން ވާނެފަދަ އަމަލުތަކެއް ނޫން ކަމަށެވެ.

ފްރާންސްގެ ރައީސް އިސްލާމްދީނާއި ބެހޭގޮތުން ވާހަކަތަކެއް ދައްކާފައިވަނީ ދާދިފަހުން އެގައުމުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫންތަކެއް ދަރިވަރުންނަށް ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށްލާފައިވަނީ މުސްލިމުންތަކެއް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަބޭ

    ދެން ސައޫދީ އެންމެން ފުރާންސު މީހުންގެ ބޯކަނޑަން ނިކުންނަންވީނު.

    5
    6
  2. އަބްދޫ

    މުސްލިމް ގައުމުތަކުންނާ މުސްލިމުން ފުރަންސްގެ އުފެއްދުން ގަތުން ހުއްޓާލާ.

    36
    4
  3. ސަފަރު ކައްދަގެ ތިއްތިބެ

    ފްރާންސަކީ ވެސް މުސްލިމުން މަދު ޤައުމެއްނޫން. މާތްވެގެންވާ ކަޢުބާއަށް ޢުމުރާއަށާއި ހައްޖަށްދާ ފްރާންސް މީހުން މަދެއްނޫން. ކުއްލިޔަކަށް އިސްލާމް ދީން ގަބޫލުކުރާމީހުން ފްރާންސްގައި ގިނަވުމުގެ ސަބަބުން ފްރާންސްގެ ރައީސް މޭކެރީ. ޢެހެންވެ ބޯގޮވައިގެން މޮޔަގޮވަނީ. ޔާ ﷲ މިފަދަ ނުބައި މުނާފިގު ކާފަރުންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ! އާމީން

    19
    3
    • އިޝާ

      ވަރަށް ރަނގަޅު ވާހަކައެއް ސަފަރަކައްދަގެ ތިއްތިބެ އެބުނީ