ކާޓޫނު ކުރަހާ މީހުންނަށް އަދިވެސް ހިތްވަރު ދޭނެ ކަމަށް ފްރާންސްގެ ސަރުކާރުން ބުނެފިއެވެ.

ފްރާންސްގެ ސަރުކާރުން މިހެން ބުނެފައިވާއިރު، ގިނަ މުސްލިމް ގައުމުތަކުން އަންނަނީ އެގައުމުގެ ރައީސް، އެމަނުއެލް މެކްރޯން އިސްލާމް ދީނާއި ގުޅޭގޮތުން ދާދިފަހުން ދައްކަވާފައިވާ ވާހަކަތަކާއި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

އެގޮތުން އޭނާ ވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫންތަކެއް ދަރިވަރުންނަށް ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށްލާފައިވަނީ މުސްލިމުންތަކެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އިސްލާމް ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިވާ ދީނެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން މުސްލިމް ގިނަ ގައުމުތަކުން މިހާރު ވަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ.

ފްރާންސްގެ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންގެ ތެރެއިން މުސްލިމް މެޖޯރިޓީ އޮންނަ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ފަރާތްތަކުން އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށް ގޮވާލާފައެވެ. އެގޮތަށް ގޮވާލާފައިވަނީ މިހާރު ހަމަލާ ބަދަލު ކުރުންތައް ދާއިރު، އެމީހުންނަށްވެސް އެކަމުގެ އަސަރުތަކެއް ކޮށްފާނެތީވެއެވެ.

ފްރާންސްގެ ސަރުކާރުގެ އޮފިޝަލުން ބުނީ، ކަރު ބުރިކޮށް މަރާލި ޓީޗަރަށް ކުރެހުން ދެއްކުމުގެ ހައްގު ލިބިގެންވާ ކަމަށާއި އަދިވެސް އެ ޓީޗަރުގެ އެ އަމަލަށް ހިތްވަރު ދޭނެ ކަމަށެވެ.

އިސްލާމް ދީނާއި ގުޅުވައިގެން ފްރާންސްގެ ރައީސް ދެއްކެވި ވާހަކަތަކާއި ދެކޮޅަށް ގިނަ މުސްލިމް ގައުމުތަކުން ދަނީ އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަރުގެ ތުންފަތް

    ކޮބާ އެ ސައޫދީ؟ ލޮލަކަށްވެސްނުފެނޭ؟ ކުއްވެރި ކުރަން ފަސްޖެހުނީތަ؟؟ ކޮބާ ރާއްޖޭގެ ސަރުކާރު؟؟؟ތުރުކީ ޕާކިސްތާން އީރާން ޒިންދާބާދު

    38
    3
  2. ދުޢާ

    ދުޢާ ކުރަން 2021ގަ އޮންނަ އީރާންގެ އިންތިޚާބު އަހުމަދީނިޖާދް ކާމިޔާބުވުމަށް.އެއިރުން .ތި ކާފަރުން ނަށް ކުޅިސަމާ ދައްކާލާނެ...ނީޖާދަކީ ސައްދާމް ހުސައިން ފަދަ ސިންގާއެއް..

    38
    8
    • ފިރުޤާ

      ނީޖާދަކީ ބާޠިލް ރަތްލާޖެހި ޝިޔަޢީ އެއް.

  3. ކޮރޯނާ

    އާން އެކަމު ކަލޭގެ ނިމުން ވަރަށް ހިތްދަތި ވާނެ

    46
    3
  4. Anonymous

    ﷲ އެނަ ނިކަމެތިކުރައްވާ ދުނިޔެ އަށް އިބްރަތަކަށް ހައްދަވާށި ކިތަންމެ ވަރަކަކަށް ރުޅިއަޔަސް އިސްލާމް ދީނުގެ ނޫރު ނިއްވައެއް ނުލެވޭނެ

    61
    4
  5. ކ

    މީ އަދި ކާކުތަ ކަލޭ މަރުވާނެ ތިގޮތުގއ ހުރެ މަރުވެއްޖެއްޔާ ވާނެ ގޮތް އެނގޭތަ

    55
    3
  6. ނިކަމެތި އިންސާނާ

    ނިކަމެތި ގޮތަކަށް މި ކަލޭގެ މަރު ހިއްޕަވާށި...

    42
    3
  7. ދީދީ

    ތިކަހަލަ މޮޔައިން ދައްކާވާހަކަ އަޑުއަހާކަށް އަހަރެމެން ބޭނުމެއްނޫން. އަހަރެމެންގެ ބަހަކީ ތިކަމާއި ގުޅުވައިގެން ނަމަވެސް މާތްﷲ ކަލެއަށް ހެޔޮވިސްނުން ދެއްވައި އިސްލާމް ދީނުގެ ހިދާޔަތު ކަލެއަށްދެއްވުން.
    އެހެނީ ރަސޫލާ ސައްލަﷲ އަލައިހިވަސައްލަމް އަށް މައްކާގައި ލިބުނު އެންމެ ހިތްދަތި އެއްދުވަސްކަމުގައިވީ ދުވަހު އެކަލޭގެފާނު އެވިދާޅުވިފަދައިން.
    އިސްލާމީ ތާރީހް އާއި ސީރަތު ލިޔެފައިވާ ފޮތްތަކުގައި ބުނެދީފައިވޭ، އިސްލާމީ ރިސާލަތުގެ ކުރީކޮޅުގައި ރަސޫލާ ސައްލަﷲ އަލައިހިވަސައްލަމް ގެ ލޮބުވެތި އަނބިކަނބަލުން އުއްމުލް މުއުމިނީން ހަދީޖާ ރ.އ. އަވަހާރަވުމާއި އަދި ހާޝިމް ވަންހައިގެ ފަރާތުން މާތްރަސޫލާއަށް ހިމާޔަތް ދެމުން އައި އެކަލޭގެފާނުގެ ބޮޑުބޭބޭ އަބޫތާލިބްގެފާނު އަވަހާރަވުމުން އެކަލޭގެފާނަށް ނުހަނު ފުން އަސަރުކުރުވިކަމަށް އަދި މައްކާގައި އެކަލޭގެފާނަށް ހިމާޔަތްދޭނޭ ބަޔަކު ނެތުމުން ޖެހިގެން އޮތް ތާއިފް އަށް އެރަށުގެ މީހުންގެ ހިމާޔަތަށް އެދިގެން ދިޔައެވެ. އެހެން ނަމަވެސް އެތާއިފްގެ އިސްމީހުން އެމީހުންގެ މޮޔައިންނާއި ނުލަފާ މީހުންނާއި ހޭނުޖެހޭ ކުޑަކުދިން ލައްވާ އެމާތް ރަސޫލާގެ ގައިކޮޅަށް ހިލަ އާއި ވެލި އުކައި ލޭއޮހޮރުވައި އެތަކެއް އަނިޔާއެއް ދިން ދުވަހު، ފަރުބަދަ ތަކުގެ މަލާއިކަތާ ވަޑައިގެން އެތާއިފްގެ މައްޗަށް ފަރުބަދަތަށް ކުދިކުދިކޮށްލުމަށް އަމުރު ދެއްވުމަށް އެދުނު ހިނދު އެމާތް ރަސޫލާ ހަދީސް ކުރެއްވީ ނޫނެކޭ އެބައިމީހުންގެ ބުރަކަށިންވެސް މާތްﷲ އަށް އަޅުކަން ކުރާނޭ ބަޔަކު ނެރުއްވައިފުމަށް އެދެމޭ، އެބައިމީހުންނަށް ހަމަ ނުވިސްނެނީއޭ.

    36
    3
  8. ޙަނީ

    ރާއްޖެ ފިޔަވައި ގިނަ މުސްލިމް ގައުމުތަކުން.

    29
    3
  9. ކީއްވެ

    ސުވާލެއް! އެހެން ހުރިހާ ދީންތަކުގެ މީހުންން އިސްލާމް ދީން ދެކެ ރުޅި އަންނަނީ ކީއްވެ؟ ކީއްވެ ކްރިސްޓިއަނުންނާއި ބުދުދީނުގެ މީހުން އެއްގަލަކަށް އަރަ އިގެން މިއުޅެނީ! ފޮތްތައް ބާވާލެއްވި ދީންތަކުގެ މީހުން
    الله ވޮޑިގެންވާކަމަށް ގަބޫލުކުރޭ، محمد رسل الله سلّ ފިޔަވާ އެހެން ރަސޫލުބޭކަލުން ގަބޫލުކުރާކަމަށްވަނީ. އެކަމަކު ބުދު ދީނުގެ މީހުންނަކީ މީން އެއްވެސް ކަމެއް ގަބޫލުކުރާ ބަޔެއްނޫން! އެކަމަކު އެމީހުންނާ ބައިހަތުހިފައިގެން ކިރިސްތިޔަނުންވެސް މިއުޅެނީ!

    9
    3
  10. އަޙްމަދް

    رسول الله صلى الله عليه وسلم އަށް ފުރަސާރަކޮށް ކާޓުނު ކުރަހާ މީހުންގެ މި މުޑުދާރު ޢަމަލުތަކަށް ވިސްނާލުމުން ފެނިގެންދަނީ ޙަޤީޤަތުގައި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާދިއުމުގެ ޢަސްލަކީ މިބައިމީހުންކަމެވެ.

    24
    2
  11. އަނގުރު

    ޔާﷲ އެމަނުއެލް އަށް ކޯފާއެއް ލަށްވާންދޭވެ އަދި އެމަނުއެލްގެ ހިތަށް ބިރުވެރިކަން ވަށްދަވާންދޭވެ.

  12. މުސްކުޅި ބޭބެ

    ބޭބެ ބުނެލަންއޮތީ ހުރިހާކުދިންނައް ބުނެލާހިއްވަނީ....ހުރިހާކުދިންވެސް ކާފިރޫން ސޫރަތް ކިޔަވާށޭ. އަދި އެސޫރަތުގެމާނަ ކިޔާ ވިސްނާ ފިކުރުކުރާށެވެ މުސްލިމުންނައްދުވަހަކުވެސް ކާފަރުން ހެވެއްނޭދޭނެއެވެ؛

  13. ދީދީ

    ތިހެން ހިތްވަރުދީގެން ދުނިޔޭގައި ހުރެވޭނީ ކިހާދުވަހަކުތަ. ބަލަ ތިއީ މާތްﷲގެ އަޅެއް. ކޮން ފުއްޕުމެއް ފުއްޕާކަށް. ވަގުތު ޖެހުނީ މަލަކަލްމައުތު ވަޑައިގެން ފުރާނަ ހިއްޕަވާނެ. ނިކަމެތި އިންސާނާ އަކަށް ނުވިސްނޭނެ.