އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރި ފްރާންސްގެ ދިފާއުގައި އިންޑިއާއިން ނުކުމެއްޖެއެވެ.
ފްރާންސްގެ ރައީސް، އެމަނުއެލް މެކްރޮން އިސްލާމް ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިވާ ދީނެއް ކަމަށް ވިދާޅުވި މައްސަލަ މި ވަނީ ހޫނުވެފައެވެ. އެ މައްސަލަ ހޫނުވެ މުސްލިމް ގިނަ ގައުމުތަކުން ފްރާންސާއި ދެކޮޅަށް ދަނީ ވާހަކަދައްކަމުންނެވެ. އެ ބައެއް މުސްލިމް ގައުމުރަކުން ވަނީ އެގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.
އަދި ރައީސް، މެކްރޮން ދެއްކި ވާހަކަތައްވެސް ބައެއް ގައުމުތަކުން ވަނީ ކުށްވެރި ކޮށްފައެވެ.
ގިނަ ގައުމުތަކުން ފްރާންސްއާއި އެގައުމުގެ ރައީސާއި ދެކޮޅަށް އަޑު އުފުލަމުން އަންނައިރު، މިހާރު ޓްވިޓާއިން ފެނިގެން ދަނީ އިންޑިއާގެ ހިންދޫ ދީނުގެ ގިނަ އަދަދެއްގެ ބަޔަކު "އައިސްޓޭންޑްވިތްފްރާންސް" އަދި "ވީސްޓޭންޑްވިތްފްރާންސް" ހޭޝްޓެގް ބޭނުން ކުރަމުން އަންނަ މަންޒަރެޗެ.
އިއްޔެއާއި މިއަދުވެސް ޓުވިޓާ ބަލާލުމުން މި މަންޒަރު ފެނިގެން ގޮސްފައި ވެއެވެ.
މިމަހުގެ ކުރީކޮޅު ފްރާންސްގެ ރައީސް ވަނީ އިސްލާމް ދީނަކީ ނިރުބަވެރި ހަމަލާތަކުގެ އަސްލު ކަމަށް ވިދާޅުވެފައެވެ. ރައީސް، މެކްރޮން މިމޭރުމުން ވާހަކަ ދައްކާފައިވަނީ ދާދިފަހުން އެގައުމުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫންތަކެއް ދަރިވަރުންނަށް ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށްލާފައިވަނީ މުސްލިމުންތަކެއް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ފްރާންސްގެ ސަރުކާރުންވަނީ މަރާލި އެ ޓީޗަރަށް އެގައުމުގައިދެވޭ އެންމެ ޝަރަފުވެރި އެއް ލަގަބުކަމުގައިވާ "ލީޖަން އޮފް އޮނަރ"ގެ ލަގަބުވެސް ދީފައެވެ.
ފްރާންސްގެ ސަރުކާރުން ވަނީ މިހާރު ގިނަ ގައުމުތަކުން އެގައުމާއި ދެކޮޅަށް އަޑުއުފުލަމުން އަންނާތީ އެގައުމުގެ ރައްޔިތުން މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކަށް ދަތުރު ކުރާއިރު ސަލާމަތާއި ރައްކާތެރި ކަމަށް ބެލުމަށް ގޮވާލާފައެވެ.
ފްރާންސްގެ ރައީސް އެގޮތަށް ވާހަކަ ދައްކާފައިވާތީ ގިނަ ގައުމުތަކުން އަންނަނީ އެގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ އިތުރުން މެކެރޮނީ އަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލަމުންނެވެ.
މަޖިލީހުގަ އިންނަ މާކަނާ އައްޔަ ނުތެދުވޭތަ؟
އިންސާނިއްޔަތުކަންނެތް ބައެއްގެ ދިފާއުގައި ނުކުންނާނީވެސް އެކަހަލަ ބައެއް.އިންޑިއާގެ ކަޝްމީރުގައްޔާއި ޗައިނާގައި މުސްލިމުންމަރާ ހުސްކުރަނީ ..ދީނައް ފުރައްސާރަކުރަނީ ..އެކަމު ރާއްޖޭގަ ނެތް އެކަމާދެކޮޅައް އެއްޗެއްބުނެލާނެ ވެރިޔަކު..އެއަވުރެ ރާއްޖެއައް އެމީހުން ކޮއްދޭކަންތައް ރަނގަޅު 😔😔
ކޮބާތޯ މިކަމާ މިސަރުކާރުން ކީކޭބާ ކިޔާނޫ.
މިހާ ލާދީނީ ބަޔަކަށް މިޤައުމުގެ ކަންކަން ބައްސައިގެން އުޅެން ހެޔޮވާނީ ކިހިނެއްތޯ.އިންޑިޔާ ސިފައިންތައް ބަލާ އަވަސް ގޮތަކުން
އަދިވެސް ވިދާޅުވި، ވިދާޅުވެއްޖެ ތަ ކިޔަން ޖެހެނީ
މިވެސް އިންޑިޔާގެ ނުބައިކަން އެނގުނު ހިސާބެއް. އިންޑިއާ އައުޓް
ޢެމީހުންގެ ގެރި ކަލާންގެ އެމީހުނަށް މިހާރު ހަމަގައިމުވެސް ޔަގީންވާނެ އިންޑިޔާއަކުން މި ޤައުމަކަށް ހެވެއްނޭދޭނެކަން...
ނަރަކައިގެ އަލިފާނުން ކެތްނުކުރެވޭތީ މި މީހުން އުޅޭނެކަން ގާއިމުސް. ﷲގެ ކޯފާ ފޮނުއްވަންދެން އެމީހުން ތިބޭނީ ނުބައިކަންމަތީގަ. ޔާރައްބު. ާާާާާާާާާާާާާާާާާ އަޅަމެންގެ މިގައުމު މިވާބާއިން ސަލާމަތއ ކުރައްވާންދޭއެވެ. އަދި ދިވެހި ސަރުކާރުގައި އުޅޭ ލާދީނީ މީހުން ނެތިކުރައްވާންދެއެވެ.
އިންޑިއާގަ 200މިލިއަން މުސްލިމުން އުލޭ. ފްރާންސާ އެއްކޮޅަށް ތެދުވީ ގެރިމޯދީއާ އޭނަގެ އައުވާނުން. މުޅިއިންޑިއާއެއްނޫން.
މިސަ ރުކާ ރުން އިންޑިއާއާ އެއް ބައިވުމުގެ ގޮތުން ނުނުކުންނާނެ ބާއޭ ހިތަށްއަ ރާ ، ދީނާޚިލާފު ވާހަކަ ދައްކާ މީހުނަކީ މިސަ ރުކާ ރުގަ ވަ ރަށް މުހިއްމު ބަޔަކަށް ވެފަ ވަނީ ، އެހެންވީމަތާ އެއް ކަލަ ޝަހިންދާ މުހިއްމުވެގެން ބުއްޅަބޭ މަޖްލިސް އަށް ވެސް އެ ގެންދަނީ
ނުކެރޭނެ އެކައްޗެއްވެސް އެމީހުންނާ ދެކޮޅައް ބުނާކައް ބުންޏަސް ބުނާނީ އިންޑިޔާއާއެއްކޮޅައް