މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާންހައި ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19ގެ ދެވަނަ ރާޅެއް ޕާކިސްތާނަށް އަރާފައިވާކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އެ ގައުމުގެ ސިއްހަތުގެ ކަންކަމާއި ހަވާލުވެ ހުންނެވި ޑރ. ފައިސަލް ސުލްތާން ވިދާޅުވީ، ކޮވިޑް-19ގެ ވޭދަނަތައް 2،5 އިންސައްތައަށް އިތުރު ވެފައިވާ ކަމަށާއި، އޭނާ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި، ކޮންމެ ދުވަހަކު އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މިހާރު 700 އާއި 750 ދެމެދުގެ އަދަދަކަށް އިތުރުވެފައިވާ ކަމަށެވެ.

ސުލްތާން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ފިޔަވަޅުތަކަށް ބޯނުލަނބާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަން އިއުލާނު ކުރައްވާފައެވެ. އަދި ކޮވިޑް-19 ފެތުރެމުންދާ ބައެއް ސަރަހައްދުތައް ފުރަބަންދު ކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިހާރު މި ގައުމުގައި ވަރަށް ސީރިއަސް ނިންމުންތައް ނިންމާ ވަގުތު އައިސް ޖެހިއްޖެ". ސުލްތާން ވިދާޅުވިއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ވިދާޅުވީ، އެ ގައުމުގައި މިހާރު ބައްޔަށް ފަރުވާދެމުންދާ މީހުންގެ އަދަދުތައް 11627 އަށް އަރާފައިވާ ކަމަށެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުގައި 825 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 14 މީހަކު މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ޕާކިސްތާނުގައި މިހާތަނަށް ކޮވިޑް-19 އަށް ޖެހުނު މީހުންގެ އަދަދު 330,200 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😷🤲

    ސޭޑް