ފްރާންސްގެ ހަފްތާ މަޖައްލާއެއް ކަމަށްވާ "ޗާލީ ހެބްރޫ" އިން އަނެއްކާވެސް އިސްލާމްދީނަށް ހަޖޫ ޖެހުމަށްފަހު އިތުރު ކާޓޫނެއް އާއްމުކޮށްފިއެވެ. އެމަޖައްލާއިން މިއަދު އާއްމު ކޮށްފައި ވަނީ ތުރުކީގެ ރައީސް ޠައްޔިބު އުރުދޮޣާންގެ ކާޓޫނެކެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އިސްލާމްދީނާއި ކީރިތި ރަސޫލާއާއި ދެކޮޅަށް ވާހަކަތައް ދައްކަމުން ގެންދާތީ އެކަމާއި އެންމެ ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދަވާ ލީޑަރަކީ އުރުދޮޣާން އެވެ.

މިއަދު ޗާލީ ހެބްރޫ އިން އާއްމު ކުރި ކާޓޫންގައި ފެންނަނީ ބުރުގައި އަޅައިގެން އިންނަ އަންހެނަކު ރާތަށިތަކެއް ހިފައިގެން އިންދައެވެ. އުރުދޮޣާން ކަމަށް ސިފަކޮށްފައިވާ ކާޓޫން އިންނަނީ ނިވާކަން ކުޑަގޮތަކަށް ގޮނޑިއެއްގައި އިށީންދެގެންނެވެ. އޭނާ ބުރުގާ އަޅައިގެން ހުރި މީހާގެ ހެދުން އުފުއްލާ މަންޒަރު ފެންނަ ގޮތައް ކާޓޫން ވަނީ ކުރަހާފައެވެ.

އަދި ކާޓޫންގައި ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަވާގޮތައް ލިޔުމެއް ލިޔެފައެވެ.

މިކާޓޫންގައި އަންހެނަކު ބަނގުރާ އުފުލާތަނާއި ބިއަރު ބޯތަން ދައްކާފައި ވަނީ އިސްލާމްދީނުގައި ބަނގުރަލަކީ ޙަރާމް އެއްޗަކަށް ވާތީ އިސްލާމްދީނަށް ހަޖޫ ޖެހުމުގެ ގޮތުންނެވެ.

ފްރާންސްގެ ނޫހުން ކާޓޫން އާއްމު ކުރުމުން ތުރުކީ ސަރުކާރުން ބުނީ ފްރާންސްގެ މަޤުޞަދަކީ ހަމަނުޖެހުމާއި ނަފްރަތު އުފެއްދުން ކަމަށެވެ.

އުރުދޮޣާން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގެ އަސްލު ސިފަ ފެންނަމުންދާ ކަމަށެވެ. "އަޅުގަނޑުމެންނަކީ ހަމައެކަނި އަޅުގަނޑުމެންގެ ދީނަށް އިހްތިރާމް ކުރާބައެއް ނޫން. އަޅުގަނޑުމެން އެހެން މީހުންގެ ދީންތަކަށް ވެސް އިހްތިރާމް ކުރަން. ނަމަވެސް އަޅުގަނޑުމެންގެ އިސްލާމްދީނަށް އިހްތިރާމް ކުރުމުގެ ސިފަ ފްރާންސާއި ހުޅަނގުގެ ގައުމުތަކުގައި ނެތްކަން މިދަނީ ފެންނަމުން." އުރުދޮޣާން ވިދާޅުވިއެވެ.

އިސްލާމްދީނަށް ހަޖޫޖަހައި ފްރާންސްގެ މަޖައްލާއިން އިތުރު ކާޓޫނެއް އާއްމު ކުރުން އެއީ އަނެއްކާވެސް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހޫނުވެ، "އަލިފާނަށް ތެޔޮ އެޅުން" ފަދަ ކަމަކަށް ވެގެން ދާނެ ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެއެވެ.

ތުރުކީވިލާތުގައި މިހާރު ވެސް ދަނީ ފްރާންސް ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިމުޒާހަރާތައް އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް މުރާސިލުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    އެހެންތަ ހީކުރީ ނުބައި އިބިލީސްތައް. ކާޓޫނު ކުރަހާލަން މިއަދު ތިބެވިދާނެ.
    މާދަމާ އެކަމަކުވާނެގޮތަކާމެދު ވިސްނާލުން ބުއްދިވެރި. ކިތައްމެ ކާޓޫނެއް ކުރެހިޔަސް ނަބިއްޔާ صلي الله عليه وسلمގެ ދަރަޖަ އެންމެ ތަންކޮޅެއް ވެސް ކުޑަ ނުވާނެ. މުނާފިޤު މީހުން ހުންނަ ނުބައިކަން. އެކަލޭގެފާނުގެ ޢީދު މީލާދާއި ދިމާކޮށް ގަންނަ ގަނޑު މިހިރީ. އެނުބައި މީހުން ނިކަތި ކުރައްވާ އެކަލޭގެފާނުގެ ދަރަޖަ އިތުރަށް މަތިވެރި ކުރައްވާށި. އާމީން

    46
    2
    • ސިޒޫ

      އާމީން

      21
      1
  2. ައަހުމަދު

    ޔާﷲ ތިނޫހުން ކީރިތިރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ކާޓޫން ކުރަހާމީހުންނަށް ދެންއެކަހަކަ ކަމެއް ކުރަންނުކެރޭވަރުގެ ކޯފާއެއް އެމީހުންގެ މައްޗަށް ފޮނުއްވާފާނދޭ އަދި އެއީ ދެންތިބިމީހުންނަށްވާ އިބުރަތެއްކަމުގައި ލައްވާފާނދޭ . ޢާމީން.

    101
    2
  3. Happy

    މާތްﷲ އެބައިމީހުންނަށް ކޯފާއެއްލައްވާ ފާނދޭވެއެވެ.

    46
    1
  4. މާތް

    އަމިން

  5. ކުރަފި

    އާމީން

  6. ނިކަމެތި އިންސާނާ

    ފްރާންސް ގެ ރައީސް ނުބައި މަރަކުން މަރުހިއްޕަވާށި.. އާމީން

  7. ޒާހިރު

    ޢާމީން