އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އޭނާގެ މުވައްޒަފުން ސިޔާސީ މަސައްކަތެއް ކުރުމުގައި ބައިވެރި ކުރުވި ކަމަށް ބުނާ މައްސަލައެއް ތަޙްޤީޤު ކުރަން ފަށައިފިއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުފައި އެމެރިކާގެ މިނިވަން ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީއެއް ކަމަށްވާ ސްޕެޝިއަލް ކައުންސިލްގެ އޮފީހުން މިއަދު ވަނީ ޕޮމްޕިއޯ ސަރުކާރުގެ ޚަރަދުގައި އޮގަސްޓް މަހު ގުދުސްއަށް ކުރި ދަތުރުގެ ތެރެއިން މުވައްޒަފުން ސިޔާސީ މަސައްކަތެއްގައި ބައިވެރި ކުރިކަމަށް ބުނާ މައްސަލަ ތަޙްޤީޤު ކުރަން ފަށާފައެވެ.

އެދަތުރުގައި ރިޕަބްލިކަން ޕާޓީގެ ނޭޝަނަލް ކޮންވެންޝަންގައި އޮންލައިންކޮށް ޕޮމްޕިއޯ ތަޤުރީރު ކުރިއިރު އެތަޤުރީރުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ޕޮމްޕިއޯ ވަނީ ސެކްރެޓަރީ އޮފް ސްޓޭޓްގެ ހައިސިއްޔަތުން އޭނާ އަށް ޚިދުމަތް ކުރާ މުވައްޒަފުންގެ އެހީ ހޯދާފައި ކަމަށް ޑިމޮކްރަޓިކުން ބުނެއެވެ.

މިއީ ދައުލަތުގެ މުދަލާއި ވަސީލަތްތައް އަމިއްލަ އަދި ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ޕޮމްޕިއޯގެ މައްސަލައެއް ތަޙްޤީޤު ކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާގެ އަނބިމީހާ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރި މައްސަލައެއް ވެސް ތަޙްޤީޤު ކޮށްފައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ޕޮމްޕިއޯގެ ސިޔާސީ މަސައްކަތްތަކުގައި އެޑިޕާޓްމަންޓްގެ މުވައްޒަފުން ބޭނުން ކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް ތަޙްޤީޤަށް އެއްބާރުލުން ދޭނެ ކަމަށާއި ތަޙްޤީޤަށް ބޭނުންވާ މައުލޫމާތާއި ލިޔުންތައް މިހާރު ވެސް ވާނީ ސްޕެޝިއަލް ކައުންސިލް އާއި ހަވާލުކޮށްފައި ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.

ޑިމޮކްރަޓިކް ޕާޓީން ބުނާ ގޮތުގައި ޕޮމްޕިއޯ ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ކޮށްގެން ސެކްރެޓަރީ އޮފް ސްޓޭޓްގެ ރަސްމީ ދަތުރެއްގައި އުޅެމުން ރިޕަބްލިކަން ޕާޓީގެ ބައްދަލުވުމެއްގައި ބައިވެރިވުން އެއީ ވެސް ކުރެވިދާނެ ކަމެއް ނޫނެވެ. އެހެންކަމުން އެބައްދަލުވުމުގައި ތަޤުރީރު ކޮށްފައި ވާތީ ވެސް ޕޮމްޕިއޯ މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ޑިމޮކްރަޓިކް ޕާޓީން ބުނެއެވެ.

ޕޮމްޕިއޯ މިހާރު އުޅުއްވަނީ އޭޝިއާ ބައްރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. އެދަތުރުފުޅުގައި އޭނާ މިއަދު ރާއްޖެ އަށް ވެސް ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    އެއްކަހަލަ މީހުން މި އުޅެނީ.

    8
    1
  2. ޢަފްލާ

    ކޮބާ ތާހިރުވެއްޖެ އެއްނޫން ޕޮންޕިއޯ ފުރަތަމަ އަމިއްލަ ފަސްބައި ސާފް ކޮއްފަ ޗައިނާއޭކިޔާ އެމެރިކާ އައުޓް

    7
    1
  3. ގަމާރުނަމްބަރ 1

    އެމެރިކާ އައުޓު .