ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދައްކަމުން ގެންދާ ވާހަކަތަކާއި ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން ބައެއް އަރަބި ގައުމުތަކުގައި ފައިފުހިތަކާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އަންގައިދޭ ސްޓިކާތަކުގައި އޭނާގެ ފޮޓޯ ޖަހައިގެން ބޭނުން ކުރަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ގައިދުރުކަން ބަހައްޓަން ޖެހޭ ފިހާރަތަކާއި ރެސްޓޯރެންޓްތަކުގައި ޖަހާފައި ހުންނަ ސްޓިކާތަކާއި އާއްމު ޚިދުމަތްދޭ ތަންތަނުގެ ދޮރިު ކައިރީގައި އެމަނުއެލްގެ ފޮޓޯ ޖެހި ފައިފުހިތައް އެންމެ ގިނައިން ބަހައްޓާފައިވާ އެއްގައުމަކީ ލީބިޔާއެވެ.

ލީބިޔާގެ އިތުރުން ތުރުކީވިލާތުގައި ވެސް މިހަރު ވަނީ ފްރާންސް ރައީސް މެކްރޯންގެ ފޮޓޯ ޖެހި ފައިފުހިތައް ބޭނުން ކުރަން ފަށަފައެވެ.

އީރާން، ބަންގްލަދޭޝް، ޕާކިސްތާން، އިރާޤު، ތުރުކީ އަދި ޣައްޒާގައި ވެސް ވަނީ މެކްރޯން އާއި ފްރާންސް ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. އެގައުމުތަކުގެ އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެ ފްރާންސް ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. ބަންގްލަދޭޝް، ކުވޭތު، ޤަތަރު، ޖޯޑަން އަދި ފަލަސްތީނުން ވަނީ އެގައުމުތަކުގެ ފިހާރަތަކުގައި ވިއްކަން ހުރި ފްރާންސްގެ އުފެއްދުންތައް ފިހާރަތަކުން ނަގާފައެވެ. އަދި ވަރަށް ގިނަ މުސްލިމުން ގެންދަނީ ފްރާންސްގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލިކަން މީސް މީޑިއާގައި އިއުލާން ކުރަމުންނެވެ.

ފްރާންސްގެ ރައީސް މުސްލިމުންނާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތަކުގެ ސަބަބުން ފްރާންސްގެ އުފެއްދުންތައް މުސްލިމުން ބޮއިކޮޓް ކުރަން ފަށާފައި ވާތީ ފްރާންސަށް ބޮޑު އިޤުތިޞާދީ ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މުސްލިމުން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ފެށުމުން ފްރާންސަށް ލިބޭ ގެއްލުން 100 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެވެސް އިތުރުވެދާނެ ކަމަށް ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރައްޔިތުމީހާ

    ކޮބާރާއްޖެ އޮތީފުރާންސާއެކުދޯ ލާދީނީބައިގަނޑު.

    67
    3
  2. ހަނި

    ޓޮއިލެޓް ޕެޕަރު ގަވެސް ޖަހަންވި

    77
    3
    • ސަމްސު

      މައްސަލައަކީ މުސްލިމުން ތިބުނާ ޓޮއިލެޓް ޕޭޕަރު ބޭނުންނުކުރާތީ. އެކަމަކު އައިޑިއަރ ރަނގަޅު.

      12
  3. އިންސާނާ

    ރަނގަޅު މުސްލިމުންގެ ގޮތަކީ މީހަކު ނުވަތަ ބަޔަކު ނުބައިކަމެއްކުރީމަ އެގޮތައް ނުބައިކަމެއް ދެއްކުމެއްނޫން. އިހުސާންތެރިކަމާ ރިވެތި ހުލްގުން މިސާލުދެއްކުން.

    14
    40
    • ރަނާ

      މީހަކު ނުވަތަ ބަޔަކު ނުބައިކަމެއްކުރުމަކާ އެއްގޮތެއް ނުނެއްނު ބްރާންތި އިންސާނާ މިއުޅެނީ ހަމަ ނުބައި ކަމެއްކޮށްގެނެއް ނޫން ނުބައި ނުލަފާ ޝައިޠާނި އަމަލެއް ކޮށްގެން އަހަރެމެންގެ ރަސޫލާއަށް ފުރައްސާރަ ކުރަމުން އެ ގެންދަނީ އެމީހަކަށް ކުރެވުނު ކަމަކުން އެބަޔާ ދެކޮޅުު ހަދަން ޖެހޭނެކަމަށް ހަމަ ގައިމުވެސް އަހުން ދެކެން. ފްރާންސްގެ ރައިސަށް ހަލާކުރހުރި.

      11
      1
    • އެދުރުބެ

      ތިބުނާ ރަނގަޅުބައި ނޫޅޭތީވާގޮތްދޯ ވެގެން މިއުޅެނީ

  4. ކޮމެންޓު

    މުސްލިމުންނަކީ މިސާލު ދައްކަން ތިބި މީހުން. މިކަހލަ ތާކުންތާކު ނުޖެހޭ ކަންކަން ކުރުމުގެ ބޭނުމެއް ނެތް. އަދި ގުރުއާނުގައި ވަރަށް ޞަޜީހަ ކޮށް މިކަަހަލަ ކަންކަމާ ދުރުވުމަށް އެވަނީ ބުނފެ. އެމީހުން އަންނަ ރުޅީގަ ބަދަލު ހިފުމުގެ ގޮތުން މިކަހަލަ ކަންކަން ކުރީމ ހަމަ މައްސަލަ ވާނީ ގޯސް

    14
    33
  5. ބުޅާވަތީ

    ޢަޅުގަނޑު ސަޕޯޓް ކުރާކަމެއްނޫން. ޢެކަމު މުސް ލިމުން މުސް ލިމުން ނިކަމެތި ކުރަން ކާފިރުންނާ ބައި އަތު ހިފާ ޒަމާން. ޥަރަށް ދެރަ. ފަރުދީ ލެވެ ލްގަވެސް

  6. ޅަބޭ

    ތިކަމުން އަގުވެއްޓޭނީ އިސްލާމް ދީން. ފުރައްސާރަކުރާމީހުނައް މަލާމާތްކުރާކައް ނޫން އޮތީ އަންގާފަ. ކޮންމެސް ވަރަކައް ހަތިމާއި ހަދީސްތައް ކިޔާލާ. އޭރުން އިގޭނެ. ދީނައް ނަސުރުދޭން ހަދައިގެން، ތިވައްޓާލެވެނީ ދީނުގެ އަގު. މާބޮޑައް ޖާހިލު ތިވެވެނީ.

    4
    5
  7. ގައުމީ ލޯބި

    ފްރާންސް އާއި ސިޔާސީ ގުޅުން ކަނޑާކަށް ނުވޭތޯ؟

    އަދި އެމީހުންނާއި ދެކޮޅަށް މުޒާހަރާ އެއް ބާވަމާ ދޯ؟

    ކޮބާ ދިވެހިރާއްޖޭގައި ކޮންއިރަކުން މިކަން ކުރަނީ.. ލާ.. ދީނީ ކުދީން ވާހަކަ އެއްނޫން ޑީޕީ..؟ ކަލޭ މެން ދުނިޔަވީ ކަން ކަމުގައި ހަދާ ފޯރިއެއް ހުރެޔޭ މުޒާ ހަރާ ކުރަން..

    ކީއްވާނީ ދީނުގެ ދިފާޢުގައި އެއް ފަހަރު އެއްވެލުން..؟

    15