ފްރާންސް ސިޓީއެއް ކަމަށް ނައިސްގައި ހުންނަ ފައްޅިއެއްގައި ހަމަލާ އެއް ދީފި އެވެ.

މި ހަމަލާ ދީފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ވަޅިން ދިން މި ހަމަލާގެ ސަބަބުން ތިން ވަނީ މަރުވެފައެވެ. އަދި ގިނަބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު އެ ސަރަހަައްދު ކައިރިއަށް އާއްމުން އެއްވެ ނޫޅުމަށް ވަނީ އަންގާފައެވެ. އަދި އެ ސަރަހައްދުގައި މިހާރު ހަތިޔާރާއެކު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ނައިސްގެ މޭޔަރ ކްރިސްޓިއަން އެސްޓްރޮސީ ވަނީ، އެ ހަމަލާ ދިނުމުގައި އުޅުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަން ކަށަވަރުކޮށްދީފައެެވެ.އަދި ފުލުހުންގެ އަވަސް ފިޔަވަޅުތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެެވެ.

މިއީ ކޮން ކަމަކާއި ގުޅިގެން ދިން ހަަމަލާއެއްކަން ކަށަވަރު ނުވިޔަސް އޭނާ ވަނީ މިއީ ނިރުބަވެރި ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ފުލުހުން އެ މީހާ ހުއްޓުވާފައި ވަނީ ގަޔަށް ބަޑި ޖެހުމަށް ފަހު އެވެ. އަދި ފުލުހުން އޭނާ ހޮސްޕިޓަކަށް ގެންދިޔަ ކަމަށްވެސް މީޑިއާ ތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެސްޓްރޮސީ ވިދާޅުވީ، މަރާލި މީހުންގެ ތެރެއިން ދެ މީހަކު މަރާލާފައި ވަނީ ފައްޅީގެ ތެރޭގައި ކަަމަށެވެ. އަދި ދެވަނަ މީހާ މަރާލާފައި ވަނީ ފައްޅި ކައިރީގައި ހުރި ބާއެއްގައި ހުއްޓާ ކަމަށް ވެއެވެ.

މީގެ ތެރެއިން އެކަކުގެ ކަރު ބުރިކޮށްލާފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެެވެ.

މިކަން ހިނގާފައި ވަނީ، ފްރާންސްގެ ވެރިކަންކުރާ ޕެރިސްގެ މަގުމަތީގައި އެޤައުމުގެ ޓީޗަރެއްގެ ކަރު ބުރިކޮށްލި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ޕެރިސްގެ "ކޮންފްލޭންސް-ސެއިންޓް-އޮނޮރިން" ނަމަކަށްކިޔާ ސަރަޙައްދެއްގެ މަގުމަތީގައި ކަރުބުރިކޮށް މަރާލާފައި ވަނީ، އެ ސިޓީގެ ސްކޫލެއްގައި ތާރީޚު އަދި ޖިއޮގްރަފީ ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ މަރާލާފައި ވަނީ އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ދަރިވަރުންނަށް ދެއްކި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އަދި މިހާރުވެސް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދައްކަމުން ގެންދާ ވާހަކަތަކާއި ދެކޮޅަށް ގިނަބަޔަކު ދަނީ އަޑުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލީ

  ތިހަމަލާއަކީ މުސްލިމުން ބަދުނާމުކުރަން ފުރާންސުން ރޭވި ހަމަލާއެއް

  38
  6
  • މޯލްޑިވިޔަން

   ދެން ހަމަ ގަބޫ ލު ކޮށް ލަން ވީ ދޯ

   3
   13
  • މުސްލިމް

   ޕާކިސްތާނުގެ ޤުރްއާން ކިޔަވާދޭ ކުޑަކުދިންގެ މަދަރުސާއަކަށްވެސް ވަނީ ހަމަލާއެއް ދީފައި. ތުހުމަތު ކުރެވެނީ އިޒްރޭލުގެ ޓެރަރިސްޓުންނަށް.

   14
   1
 2. ހަނި

  ގަޢުމު ތަކުގެ ވެރިން ނަްބޯހ ަމަނުޖެހެމިހުންއިސް ކުރިމަ މުޅިދުނިޔެ ހަމަނުޖެހުމަކަދާނެ

  21
  1