ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ފްރާންސްގެ ކޮންސުލޭޓް ކައިރިއަށް އެގައުމުގެ ރައްޔިތުން ހަމަލާ ދީފިއެވެ.

ތޫނު އެއްޗެއް ބޭނުން ކޮށްގެން ހަމަލާ ދީފައި ވަނީ ގާޑަކަށެވެ.

ސައުދީގެ މީޑިއާތަކުން ބުނެފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ފްރާންސްގެ ކޮންސުލޭޓްގައި ހުރި ގާޑް މީހާއަށް ހަމަލާދިން މައްސަލައިގައި އެގައުމުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެ ގާޑް މީހާއަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށާއި ފަރުވާ ދިނުމަށް މިހާރު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.

މި ހާދިސާ ސައުދީގައި ހުންނަ ފްރާންސްގެ އެމްބަސީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި އެފަދަ ހަމަލާއަކީ އެއީ ނުބައި ހަމަލާތަކެއްކަންވެސް އެމްބަސީން ވަނީ ބުނެފައެވެ.

"މި ހާދިސާއާ ހިނގާފައިވާ ގޮތް ސައުދީން ބަލާނެ ކަމަށް އަޅުގަނޑުމެން އިތުބާރު ކުރަން. އަދި އެގައުމުގައި ހުންނަ ފްރާންސްގެ އޮފީސްތަކާއި އިތުރުތަންނުގެ ސަލާމަތާއި ރައްކާތެރިކަންވެސް އަޅުގަނޑުމެންނަށް ދޭން ޖެހޭ" ސައުދީގައި ހުންނަ ފްރާންސްގެ އެމްބަސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ފްރާންސްގެ ކޮންސުލޭޓްގައި ހުރި ގާޑް މީހާއަށް ހަމަލާ ދިނުމުގެ ސަބަބުން ހައްޔަރު ކޮށްފައިވާ މީހާގެ އެއްވެސް މައުލޫމާތެއް ސައުދީން ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ މިވަގުތު ހުރީ ކޮންތަނެއްގައި ކަންވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ފްރާންސް އާއި މެދު ގިނަ ބަޔަކު ނަފްރަތު އުފެދިގެން އައިސް މިހާރު ފެށިފައިވާ ހަމަ ނުޖެހުމަކީ އެގައުމުގެ ރައީސް އެމަނުއެލް މެކްރޮން މިމަހުގެ ކުރީ ކޮޅު އިސްލާމް ދީނާއި ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ހިނގަމުން އަންނަ ހަމަ ނުޖެހުން ތަކެކެވެ. އެވާހަތަކުގައި އޭނާ ވަނީ އިސްލާމް ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހި ކުރާ ދީނެއް ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ގިނަ މުސްލިން ގައުމުތަކުން މިހާރު އަންނަނީ ފްރާންސް އާއި މެދު ނަފްރަތު އުފައްދައި އެގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ކެމްޕޭނުތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމީ

    ތީ ތިޔަ މީހުން ހަމަ ތިއްބާ ކުރާ ކަމަެއް ނޫން ، ހުރިހާ ނުބައެއް ހަދާފަ ތިޔަ ތިބެނީ އަމާކަން ލިބޭނެ ކަމަށް

    7
    1
  2. ފްރާނސް

    މިއޮތްހާ ދުވަހު ފްރާންސްގެ މިވަރަކަށް ނުދެކެވޭ. އެތަނުގެ ވެރިފަރާތުން 'ރަތް ރޮނގު' ހުރަސްކުރީމަ ވެގެން އުޅޭގޮތެއް. ފްރާންސަކީ ކުރީއްސުރެވެސް މުސްލިމުންނަށް ނުބައި ބަޔަކަށްވޭ. އޭގެ ތެރޭގައި އަލްޖީރިޔާގެ އެތައް މުސްލިމުން ގަތުލުކޮށްފައިވޭ.
    މީގެ އިތުރަށް އެކި އެކި ޙައްގުތަކަށް ވަކާލާތު ކުރާއިރު ދުނިޔޭގެ ރިކޯރޑެއްވެސް ވަނީ ހަދާފައި. އެއީ ކައިވެނި ނުކޮށް ކުދިން ހޯދުމުގެ ރިކޯރޑް.