ފްރާންސްގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުމުގެ ތެރޭގައި ދެ މީހެއްގެ ކަރު ބުރިކޮށްލާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ އެތަނުގައި ހުރި އަންހެނަކާއި އެތަނުގައި މަސައްކަތް ކުރާ 45 އަހަރުގެ ފިރިހެނެކެވެ.

އެ އަންހެން މީހާއާއި ފިރިހެން މީހާގެ ކަރު ބުރިކޮށްލާފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ ނީސް ގައި ހުންނަ ފައްޅިއެއްގެ ތެރޭގައި ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުމުގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކަރު ބުރި ކޮށްފައިވާ ދެ މީހަކުވެސް ހިމެނެއެވެ.

"މިހާތަނަށް ފުލުހުން ބެލި ބެލުމުން އެނގިގެން ދަނީ އަންހެން މީހާގެ ކަރު ބުރި ކުރި އިރު އޭނާ ހުރީ ފައްޅި ތެރޭގައި ކަން. ބާކީ ތިބި މީހުން މަރުވެފައިވާ ގޮތް މިވަގުތު އަދި އެނގިފައެއް ނުވޭ" ފްރާންސްގެ މީޑިއާއަކަށް މައުލޫމާތު ދެމުން މޭޔަރު ވިދާޅުވިއެވެ.

ފިރިހެން މީހާގެ ކަރުބުރި ކޮށްލާފައިވާ ކަން އެގައުމުގެ މޭޔަރ ކަށަވަރު ކޮށްދީފައި ނުވި ނަމަވެސް، ބައެއް އިތުބާރު ހުރި މީޑިއާތަކުން ވަނީ އެގޮތަށް ރިޕޯޓް ކޮށްފައެވެ.

މި ދެ މަރުގެ އިތުރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީހުން މަރާލާފައިވާ މީހާ ވަނީ އިތުރު އަންހެނަކަށް ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހަމަލާތަކެއް ދީފައެވެ. އަދި އިތުރު ބައެއް މީހުންނަށްވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

މީގެ އިތުރުންވެސް ބަޑިއެއް ހިފައިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބައެއް މީހުންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުން ވަނީ ފިރިހެނަކު މަރާލާފައެވެ. މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ފިރިހެން މީހާ އެތަނުގައި ތިބި މީހުންނާއި ދިމާލަށް ބަޑި ދިއްކޮށް ބިރު ދައްކާފައިވަނީ "ﷲ އަކްބަރު" މިފަދައިން ކިޔަމުންނެވެ.

އެގައުމުގައި މިހާރު ހަމަ ނުޖެހުން ކޮންޓްރޯލް ކުރެވިފައި ނުވާތީ ސަރުކާރުން ވަނީ ސެކިއުރިޓީގެ އެންމެ މަތީ ސަމާލު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަބި

  ފުރާންސު ސަރުކާރުން ކުޅޭ ގޭމު

  59
  2
 2. ކައްޕަޅި

  ނުބައި އަމަލު ހިންގުމުގެ އަޑީގައި ތިބި އެންމެން ކޮރޯނާ ބަލީގައި ހިއްޕަވާދޭ

  19
  2
 3. ބޯހަލާކު

  ޓެރެރިސްޓުންތަށް ބަހާރުމޫސުން އައީ

  4
  12
  • ޒިންމާ

   މި ހާދިސާގެ ޒިންމާ އުފުލަންޖެހޭނީ ފުރާންސުގެ ރައީސާއި އެ ނޫސް.

   ފިތުނަ އުފެއްދުމުގެ މިނިވަންކަން ދޭނަމަ ފިތުނައިގެ ނަތީޖާއާއިވެސް ކުރިމަތިލާން ޖެހޭނެ.

   9
   1
   • މޯލްޑިވިޔަން

    ތެދެއް މުސްލި މުން ނުޖެހޭ އެއްވެސް ކަކށް ޒިން މާ ވާން

    5
    1
 4. ބޯހަލާކު

  ގަދަވާ ބައެއްބަލާލަން ވަރުގަދަ ހަންގުރާމައެއްކޮށްލަންވީ

  6
  6