ރާއްޖޭގައި ހުންނަވައިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކި ވާހަކަތަކަށް ޗައިނާއިން ހޫނު ރައްދެއް ދީފިއެވެ.
ޕޮމްޕެއޯ ޗައިނާއަށް ފާޑުވިދާޅުވެފައި ވަނީ، އިއްޔެ އޭނާ ރާއްޖެ ވަޑައިގެން ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އޭނާ ބޮޑަށް ފާޑުވިދާޅުވެފައި ވަނީ ޗައިނާގެ ހާރިޖީ ސިޔާސަތުތަކާއި، އިގްތިސާދީ ސިޔާސަތުތަކާއި، ތިމާވެށި ހިމާޔަތް ކުރުމުގެ ސިޔާސަތު ތަކަށެެވެ.
އެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ރާއްޖެ ވަޑައިގެން ޕޮމްޕެއޯ ދެއްކެވި ވާހަކަތަކުން ސާފްވާ އެއް ކަމަކީ ޗައިނާއާ މެދު ހަސަދަވެގެން އުޅެނީ އެމެރިކާގެ ސަރުކާރުގެ އިސް ބޭފުޅުން ކަމަށެވެ. ޗައިނާގައި އެފަދަ އެއްވެސް ހަސަދަވެރިކަމެއް ނެތް ކަމަށެވެ.
ޕޮމްޕެއޯ ކުރައްވާފައިވާ ތުހުމަތުތައް ދޮގުކޮށް ޗައިނާއިން ބުނީ، އެއްވެސް ގައުމެއްގެ ސިޔާދަތަަށް އަސަރު ކުރާ ގޮތަށް އަދި އެ ގައުމެއްގެ އިގްތިސާދަށް ގެއްލުންވާ ގޮތަށް ޗައިނާއިން އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށެވެ. އަދި ހަމައެކަނި ޗައިނާައަށް ފައިދާ ވާގޮތަށް ހާރިޖީ ސިޔާސަތުތައް ބައްޓަންކޮށްފައި ނުވާނެ ކަމަށެވެ.
އެމެރިކާއިން އިސްވެ ފަށާފައިވާ ""އިންޑޯ ޕެސިފިކް ސްޓްރެޓެޖީ" އަކީ ވަކި ގައުމުތަކަށް އަމާޒުކޮށް ބައިނަލްއަގްވާމީ ވިޔަފާރީގެ ވާދަވެރިކަމުގައި އެމެރިކާ ފަހަތަށް ދަމުން ދާތީ ހަމައެެކަނި އެ ހަސަދައިގައި ނެރެގެން އުޅޭ ސިޔާސަތެއް ކަަމަށެވެ. އޭގައި އެއްވެސް ހާލަތެއްގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްހަލަތު އިސްކޮށްފައި ނުވާ ކަމަށެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޭރުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕޮމްޕެއޯ ވިދާޅުވީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދުނިޔެ ގުޅިގެން މަސައްކަތް ކުރަން ޖެހުނު ނަމަވެސް، ބައެއް ގައުމުތަކުން ބައިނަލްއަގްވާމީ ތިމާވެށި ހިމާޔަތް ކުރުމުގެ އެއްބަސްވުންތަކުގައިވާ ކަންކަމާއި ހިލާފަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.
މިސާލެއްގެ ގޮތުން ޕޮމްޕެއޯ ނެންގެވީ ޗައިނާގެ ކުންފުނިތަކުން އަމަލު ކުރަމުންދާ ގޮތްގޮތަކެވެ.
މިގޮތުން ތިމާވެއްޓަށް ބެލުމެއް ނެތި ކުނި އެޅުމާއި، ގާނޫނާ ހިލާފަށް މަސް ބާނަމުންދާ ކަމާއި، ދުނިޔޭގެ އެެހެން ގައުމަތަކުގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން މަސް ބާނައި، އެ ގައުމުގެ އިގްތިސާދަށް ގެއްލުންވާ ގޮތަށްވެސް ޗައިނާގެ ބައެއް ކުންފުނިތަކުން އަމަލު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"އެމެރިކާއަކީ ޗައިނާއަކީ އަދި ޗައިނާއާ މުޅިން ތަފާތު ގައުމެއް. އެމެރިކާއިން ގައުމުތަކުގެ އިގްތިސާދީ ހާލަތަށާއި، ސިޔާދަތަށް ބައްލަވާނެ، ދުނިޔޭގެ ތިމާވެއްޓަށް ކުރާ އަސަރުތަަކަށް ވިސްނާނެ". އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ "އިންޑޯ-ޕެސިިފިކް ސްޓްރެޓެޖީ" އަށް ޗައިނާއިން ފާޑުކިޔާއިރު، އެ ސްޓްރެޓެޖީއަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދިނުމާ ގުޅޭ ގޮތުންނާއި ސަލާމަތީ ކަންކަން އިތުރު ކުރަން ޖެހޭ ކަަމަށް ބުނެ ކުރިއަށްދާ އެއްބަސްވުންތަކެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާއާ ދެމެދު އެއްބަސްވުންތަކެއް ގާއިމްކޮށްފައެވެ.
އެމެރިކާ-ރާއްޖެ ޑިފެންސް އެއްބަސްވުމަށް އިންޑިއާއިން ވަރަށް ބޮޑަށް ތައާރަފްކޮށް އެ ގައުމުގެ ނޫސްތަކުގައި ވެސް ސަނާ ކިޔާފައި ހަބަރުތައް ގެނެސްދީފައިވާއިރު އިންޑިއާއާއި އެމެރިކާއަކީ ބައިނަލް އަގްވާމީ ވިޔަފާރީގައި ވާދަވެރި ގައުމުތަކެވެ. އިންޑިއާއާއި ޗައިނާގެ ވާދަވެރިކަމަކީ ސިޔާސީ ވާދަވެރިކަމެއް ވެސް މެއެވެ.
މިހާތަނަށް ޗައިނާ އިން އަޅުވެތި ކުރީ ކޮންތަނެއް.ޕެނަމާ ވިއެޓްނާމް އަފްގާނިސްތާން އިރާގް މިގައުމުތައް އެމެރިކާ އިން އަޅުވެތިކުރި
އެމަރިކާ ޗައިނާދެކެ ރުޅިއައިސް ފުފިގެން އުޅެނީ ޗައިނާގެ އިގްތިސޯދު އެމަރިކާ
އަށްވުރެގަދަވާތީ..ތެދުވާނީ ތެދަށް ޗައިނާ އަކީވަކި ރަގަނޅު ބައެއްނޫން..ބަލާބަލަ އުއިގޫރު މުސްލިމުންނަށް ކުރަމުންދާހާލު...ޗައިނާ ބުނެފައިވޭ
ގުރުއާން ބަދަލުކުރުމަށްވެސް
ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމެރިކާ. އެއީ ޖަޕާނަށް ނިއުކްލިޔަ ހަމަލާ އެއް ދިނުން.
ދުނިޔޭގެ އިގްތިސާދު އަޅުވެތި ކޮށްގެން އުޅެނީ އެމެރިކާއިން.އެއީ ދުނިޔޭގެ ކޮންމެ ގައުމަކަށް ފައިސާ ފޮނުވިޔަސް ނިއުޔޯކް ބޭންކަށް 15 ޑޮލަރުނެގުން.
މިމީހުންގެ ނުކުޅެދުންތެރިކަމާއަމިއްލައެދުމާހެދި އެންމެފަހުން އަހަރުމެނާ ޗައިނާއާދެމެދު މިއޮތްގުޅުންގޯސްވެނުގޮސްފިނަމަ ކިތަންމެހާވެސް ރަނގަޅު އަހަރުމެންގެޚާރިޖީ ސިޔާސަތުމިއޮންނަނީ އެމެރިކާޔާ އިންޑިޔާވެރިން މިތަނައްއައިސް އެހެންގައުމުތަކަށް ކަނައްބީތާޔަށް މައިބަފަޔަށްގޮވާފަ ދާއިރުވެސް އަތްޖަހަންތިބުން މިކޮންކަހަލަ ސިޔާސަތެއްބާ އޭހިތައްއަރާ
ދުނިޔޭގާ ހަމަނުޖެހުން ގާއިމްކުރުމާ އިންސާފް ގާއިމް ވިޔަނުދޭން މަސައްކަތް ކުރާ ގައުމަކީ އެމެރިކާ.ހެއްކަކަށް ފަލަސްތީނު ނުފުފޭތަ
އެމެރިކާއަކީ ދުނިޔޭގެ ހަލާކު އެމެރިކާ ދޭދޭ ޖަމާއަތްތަކަށް ސިއްރިޔާތުގައި ހަތިޔާރު ވިއްކާ އެމީހުންގެ ނުފޫޒާއި އާރާއި ބާރުން ގައުމުތަށް އަޅުވެތިކުރޭ ޗައިނާ މިފަދަކަމެއްނުކޮށް ގައުމުތަށް މުއްސަނދި ކޮށްދެނީ އެމީހުންގެ ޓެކުނޮލޮޖީ އެެެހެންގައުމުތަކަށް ދެއްކުމަށް މިއީ ވިޔަފާރީގެ އުކުޅު.
ތިޔަ އެމެރިކާއިން ދުނިޔޭގެ ކޮންޤައުމެއްގަތޯ މެގަރ އިންވެސްޓެއް ކުރީ؟ އަބަދުވެސް ހަނގުރާމަކުރުންނޫން އިތުުރު ކޮންކަމެއްތޯ ކުރަނީ؟
އިންޑިއާއިން ތިމާވެށި އެންމެ ބޮޑަށް ހަލާކު ކުރަނީ އެކަން އެގިގެންދިޔަ ކޮވިޑް19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރީމަ ޖައްވަށް އައި ބަދަލުންވެސް
ޗައިނާޔަށް އެކީއެއްޗެއްކީ ކެނެރީގޭ ހާމާންބުނެގެން މިހާރު މިއިށްވަގު ސަރުކާރު އުފެދުނީއްސުރެން ތާއަބަދު ޗައިނާ އަށް އެކިގޮތްގޮތުން ބަހުގެހަމަލާދިނުމާ އިންޑިޔާއާ ގުޅިގެން ދޮގުހަބަރުތައް ފަތުރައިގެންވެސް ޗައިނާޔާ ރާއްޖޭގެ ގުޅުން ކިލަނބުކޮށްލެވޭތޯ ވީމާ އެމެރިކާއަށްވުރެ މިގައުމުގެ އެތެރެ އިން ކުޅޭ ކުޅިގަނޑު މާބޮޑުކަން މިގައުމުގެ ހުރިހާރައްޔިތުން ދަންނަ ބޮޑުސިއްރު
މިވެސް ބުއްޅަހޮއްކޮކަހަލަމީހެއް ދޮގެއްހެދެން އޮއްވާ ތެދެއްނުހަދާނެ އެކަންއެނގޭ އެކަލޭގެ ދެެްކިވާހަކަތަކުންވެސް އެންމެފަހުން ހަންފަތުރަމުންއައިސް މިގައުމައްވެސް ފެތުރިގަތީ ދެންފެންނާނީދުވަސްކޮޅަކުން ރާއްޖޭގެ ޚާރުޖީ ސިޔާސަތު ގާދޫކޮލުން ނިކުމެގެންދާތަން މިހާރުވެސް މަޑުމަޑުންޚާރުޖީސިޔާސަތު އެދިމާލައްދާންފަށައިފި އިއްޔެ އެފެނުނީ އެކަމުގެހެކި
އިންޑިޔާ އައުޓް
ކާޕެޓް ވަގު އިސްތިއުފާ...
ފުރަމަތަމަ ޤައުމު، ދެން އިތުރު ޤައުމަކާއި ، ގުޅުން ބަދަހިކޮށް އެބަޔަކު ޙިމާޔަތް ކުރުން ބުއްދިވެރި.
ސަރުކާރުން އަބަދުވެސް ވިސްނަންވާނީ ، ގާތްތިމާގެ ގުޅުން ބަދަހި ގުޅުމެއްގެ ގޮތުގައި އަބަދުވެސް ބާއްވައިގެން އެގުޅުން ޤާއިމުކޮށް ބަދަހި ގުޅުމެއް ގައި ދެމިތިބެވޭތޯބަލަން.
..ދުރަށް އަތްދިއްކޮށްގެން ގާތްކުރަން އުޅެގެން ލިބޭނީ ތިމާޔަށްވެސް ލަނޑު،
އަދވެސް ވިސްނާލަމާ!! ގާތްތިމާގެކަން ކަނޑާނުލައި ،ދުރުން ލިބޭނެ ބޮނޑިބޮޑުކުރަންއުޅެގެން ބުޅާފެހި ދެމީދާވެސް ގެއްލުނީ،...
ނަމުގެ ކުރިއަށް އެއްލަގަބު ތިންފަހަރު ކިޔުމަކުން އަދި ރަޢިއްޔަތުން ގުނބޯ ނުހެއްލޭނެކަން މިހާރު ޤަބޫލުކުރަން ވާނެ...