އެމެރިކާގެ ރިޔާސީ އިންތިޚާބު އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު ޚިޔާލު ހޯދުމުގެ ވޯޓްތަކުން ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ކުޑަތަންކޮޅެއް ކުރީގައި އުޅުނު ނަމަވެސް ފުރިހަމަ ނަތީޖާ އަށް ބަލާއިރު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކޮށްފާނެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ ޚިޔާލު ހޯދުމުގެ ވޯޓްތަކުގެ ސައްހަ ކަމާއި މެދު ވެސް ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ޓްރަމްޕް އާއި ދެކޮޅު މީޑިއާތަކުން އާއްމު ކުރަމުން ގެންދާ ޚިޔާލު ހޯދުމުގެ ވޯޓްތައް ދައްކާ ގޮތުގައި ކުރީގައި އުޅެނީ ބައިޑަން އެވެ. ނަމަވެސް ޓްރަމްޕަށް ތާއިދު ކުރާ މީޑިއާތަކުން ބުނާ ގޮތުގައި ޚިޔާލު ހޯދުމުގެ ވޯޓްތަކުގެ ސާފު ނަތީޖާތަކުން ކުރީގައި އުޅެނީ ޓްރަމްޕްއެވެ.

ޓްރަމްޕަށް ތާއިދުކޮށް އާއްމުކޮށް ޚަބަރު ގެނެސްދޭ "ފޮކްސް ނިއުސް" އިން ބުނާ ގޮތުގައި 538 އިލެކްޓޯރަލް ވޯޓްގެ އަޣުލަބިއްޔަތު ޓްރަމްޕް ހޯދާނެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކައެވެ. އެއީ 270 ވޯޓެވެ.

ނަމަވެސް ސީއެންއެން އިން ބުނާ ގޮތުގައި ޚިޔާލު ހޯދުމުގެ ވޯޓްތަކަށާއި އާލީ ވޯޓިންގެ ނަތީޖާތަކަށް ބަލާއިރު ކުޑަކުޑަ ތަފާތަކުން ކުރީގައި އުޅެނީ ބައިޑަން އެވެ.

ގިނަ މީޑިއާތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ މަގުބޫލުކަން ދަށަށް ގޮސްފައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕް އެންމެ ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށް ގިނަ ބަޔަކަށް ގަބޫލު ނުކުރެވޭތީއެވެ. ނަމަވެސް ޓްރަމްޕްގެ ދައުރުގައި އެމެރިކާގެ އިޤުތިޞާދު ހަރުދަނާ ކުރަން ކުރި މަސައްކަތް ގިނަ ރައްޔިތުން ބަލައިގަނެ ޓްރަމްޕްގެ ފިޔަވަޅުތަކަށް ތާއިދު ކުރާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕް ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރުން ގުޅިފައި ވަނީ އަދި ވޯޓް ދޭނެ ކެންޑިޑޭޓަކު ނުނިންމާ ތިބި ރައްޔިތުންގެ ނިންމުމަށް ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ފަހު ވަގުތު ވޯޓް ދޭނެ ކެންޑިޑޭޓަކު ނިންމަން އެމެރިކާގެ 12 ވަރަކަށް މިލިއަން މީހުން މަޑުކުރެއެވެ. އެހެންކަމުން އެންމެ ފަހު ވަގުތު ވެސް ނަތީޖާ އަށް ބަދަލެއް ގެނެވިދާނެ ކަމަށް ބަލައި މިހާރު ދެކެންޑިޑޭޓުން ވެސް ގެންދަނީ ވަރަށް ވަރުގަދަ އަށް ކެމްޕޭން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަލީމް

    ހިލަރީ ކުލިންޓަންވެސް ނުފެނުނު ޓްރަމްޕު އާއި ވާދަކުރިފަހަރު...އެމަރިކާގެ ގިނަ ރައްޔިތުންގެ ތާއީދު އޮތީވެސް ހިލަރީ އަށް...ހަމައެގޮތަށް މިފަހަރުވެސް
    ދިމާވެދާނެ...ޓްރަމްޕު މިފަހަރު އިންތިޚާބު ކާމިޔާބުކޮށްފިނަމަ
    އީރާނާ ކޯޅުމެއްހިނގައި..ދުނިޔެ ބިރުވެރިކަމުގެތެރެއަށް
    ވެއްޓޭނެކަމީ ޔަގީންކަން

    10
    3
    • އަލިފު!

      އެމެރިކާގެ ޤާނޫނުގައި އަންހެނުންނަށް ކުރިމަތިލެވޭ ގޮތައް އޮތްކަމުގައި ވިއަސްވެސް، އެޤައުމުގެ ވަރިކަމަށް އަންހެނަކު ގެނައުމަކީ ހޭ ހުރެގެން އެމީހުން ނުކުރާނެ ކަމެއް! އިލެޓްޓޯރަލް ވޯޓޭ ކިޔައިގެން ފައްސަތޭކައެއްހައި ވޯޓު އެމީހުން ގެންގުޅެނީ އެހެންވެގެނެވެ. ރައްޔިތުން އެދޭގޮތް ނޫން އެހެންގޮތެއް، ހޯދުމަށެވެ. ރައްޔިތުންގެ ކިބައިން ބާރުލިބޭ ވެރިކަމެއްގެ ޑިމޮކްރަސީ އުސޫލަކީ ރައްޔިތުން ނިންމާގޮތެވެ. އެކަމަކުރައްޔިތުން ހޮވީ ހިލަރީއެވެ. އެކަމަކު އެމީހުން ހިލަރީ އަންހެނަކަށް ވާތީ ގެންނަށް ބޭނުން ނުވީއެވެ.

      • ޡަވު

        ރަޝިއާ ސައިބާ ހަމަލާދީ ތަންތަން ހެކްކޮށްގެން މަކަރުހެދީ ޓްރަމްޕު ގެނައުމަށް...

  2. ރެފްރީ

    މަށެއްހަމަގައިމުވޯޓެއްނުދޭނަން ތިޔަ ޓުރަމްޕަށް !!

    14
    1
  3. ބައިޑު

    ޓުރަންޕު ކާމިޔާބު ކުރާނެ... ސަބަބަކީ އޭނާ އަކީ މުސްލިމުންގެ ދުޝްމަނަކަށް ވާތީ.

    14
    2
  4. ފުތާބެއްޔާ

    ޔަހޫދީން ހިތް ރުއްސައިގެން ނޫނީ އެމެރިކާގެ ރައީސްކަމަށް އެކަކުވެސް ނާއްނާނެ. މިހާރު އަރަބި އިސްލާމީ ގައުމުތަކުން އެމެރިކާ މެދުވެރިވެގެން އިސްރޭލާ ގުޅުން ގާއިމުކުރަމުން އެދަނީވެސް ތި އިންތިހާބުން ޓުރަންޕު މޮޅުވުމަށް ކުރާ ކެންޕޭނުގެ ތެރޭން. ތި އިލެކުޓޯރަލް ވޯޓަކީވެސް ސިޓީތަކުގަ އުޅޭ މުއްސަދި މަހުޖަނުން ލާ ވޯޓެއް. އެވޯޓުން ވިންވާ މީހަކު އަދި އެމެރިކާގެ އާއްމުން ނޫނެކޭ ބުންޏަސް އިންތިހާބުން މޮޅުވާނީ. އެއީ ޔަހޫދީ ލޮބީ ގުރޫޕުތަކުގެ ކޮންޓްރޯލް ދަށުގަ އޮންނަ ވޯޓެއް

    8
    2
  5. އެމަންޖެ

    ކުރާނެ ކުރާނެ މިގައުމުވެސް އަންނިގެ މުށުތެރެޔައްލާނެ މިޔަކީ ފަހުޒަމާން މިޒަމާނުގަ މަގާމިތަކައް ކިފޫހަމަނުވާ ޖާހިލު މީހުން ވެރިކަން ކުރާނީ.

    12
    4