ރަޝިއާގައި މުސްލިމުން ދިރިއުޅޭ ސަރަހައްދެއްގައި "ﷲ އަކްބަރް" ބުނެ ހަޅޭލަވަމުން ގޮސް، ފުލުހެއްގެ ގަޔަށް ވަޅި ޖެހި އުމުރުން 16 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަެހައި މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ވަނީ ޕޮލިސް ސްޓޭޝަންގައިވެސް ހުޅު ޖަހަން މަސައްކަތް ކޮށްފައެވެ.

އެ ކުއްޖާ އެ ސަރަހައްދަށް ގޮސްފައި ވަނީ ވަޅި އަކާއި، ޕެޓްރޯލް ބޮމެއް ހިފައިގެންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އެތަނަށް ގޮސް ފުލުހެއްގެ ގަޔަށްވެސް ވަޅި ޖަހާފައި ވެއެވެ. އޭނާ މަރާލާފައި ވަނީ އޭގެ ފަހުންނެވެ.

ރަޝިއާގެ އިންވެސްޓިގޭޝަން ކޮމެޓީން ވަނީ އެއީ ނިރުބަވެރިކަމުގެ އަމަލެއްގެ ގޮތުގައި އެކަން ސިފަކޮށްފައެވެ. އަދި އެކަން ޖިނާއީ މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުންނެވެ.

ރަޝިއާގެ ނިއުސް އެޖެންސީ އިންޓާފެކްސް އިން ބުނީ، އޭނާ ޓަޓަރްސާތާން ސަރަހައްދަށް ގޮސް "ﷲ އަކްބަރް" ބުނެފައި ހަޅޭލަވައިގަނެފައި ވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ޓީމުން ބުނީ، އޭނާ ޑިސްޓްރިކްޓް ޕޮލިސް އިމާރާތުގައި ރޯކޮށްލަންވެސް އުޅުނު ކަމަށާއި، އޭނާ ހައްޔަރު ކުރަން އުޅުނު ފުލުހެއްގެ ގަޔަށް އޭނާ ވަޅި ޖަހާފައިވެސް ވާ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ފުލުހުންގެ ސްޓޭޝަންގައި އަލިފާން ރޯކޮށްލުމުގެ ކުރިން ވަޔަށް ބަޑި ޖަހައި އިންޒާރު ދިން ކަމަށާއި، އަދި އޭނާ މަރުވެފައި ވަނީ، ގަޔަށް ބަޑި ޖެހުމުގެ ސަބަބުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި އަނިޔާވި ފުލުސް މީހާގެ ގަޔަށް ތިން ފަހަރު ވަޅި ހަރާފައި ވެއެވެ. އެހެން ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުސެން

    ﷲ އަކްބަރ! ﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރﷲ އަކްބަރ

    31
    3
  2. ޕޓނ

    ރަނގަޅު

    14
    8
  3. ފޮލޯ ދަ ޕްރޮފެޓް

    ދިޒް އިޒް ވެރީ އަންއިސްލާމިކް.

    5
    1