ތުރުކީގެ އައްސޭރިން ކަނޑުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމަކަށްފަހު އެޤައުމަށް ސުނާމީ އަރައިފިއެވެ.

ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނެފައިވާ ގޮތުން މިރޭ ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 7.0 ގެ ބާރުމިނުގައި ތުރުކީގެ އައްސޭރިއާއި 17 ކިލޯމީޓަރު ދުރު ސަރަޙައްދަކަށެވެ.

މި ބިންހެލުމުގައި ތުރުކީގެ އައްސޭރީގެ ސަރަޙައްދުތަކުން ވިހި ވަރަކަށްގެ ބިމާއި ހަމަވެފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.

މި ބިންހެލުން އައީ ތުރުކީ އާއި ގްރީސް އާއި ދެމެދުގައި އޮންނަ އޭގަން ސީގެ 16 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމާއެކު އުފެދުނު ސުނާމީ ތުރުކީއަށް އަރާފައި ވާއިރު، ގްރީސް އަށްވެސް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

މިރޭގެ ބިންހެލުމަށްފަހު ސުނާމީ އަރާފައި ވަނީ ތުރުކީގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ، އިޒްމީރަށެވެ. އެ ސިޓީއަށް ބިންހެލުމުގައި ވެސް ބޮޑެތި ގެއްލުން ލިބިފައިވާއިރު، ސުނާމީއެރުމުގެ ސަބަބުން ލިބުނު ގެއްލުން ވަނީ ދެގުނަ ވެފައެވެ.

ބާރުގަދަ ބިންހެލުމަކާއެކު ތުރުކީއަށް ސުނާމީ އެރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެސް އިދާރާތަކާއި ހަވާލާދީ ނޫސްތަކުން ބުނެއެވެ. މިކަމާއި ގުޅިގެން ރެސްކިއު ޓީމުތަކުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ތުރުކީވިލާތަކީ އާއްމުކޮށް ބިންހެލުން އަންނަ ގައުމެކެވެ. މިއަހަރު މިހާތަނަށް އެގައުމަށް ބާރުގަދަ ތިން ބިންހެލުން އައިސްފައި ވެއެވެ. ފަހުގެ ތާރީޚެއްގައި ގްރީސްއަށް އައި އެންމެ ބާރުގަދަ ބިންހެލުމަކީ 1999 ވަނަ އަހަރު އައި ބިންހެލުމެވެ. އެބިންހެލުމުގައި ތުރުކީވިލާތުން 17000 މީހުން މަރުވިއެވެ. މިއަހަރުގެ ޖަނަވަރީ މަހު ގްރީސް އަށް އައި ބިންހެލުމެއްގައި ވެސް 41 މީހަކު މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސުބުޙާނަﷲ، ހުރި ހިތާމަ އެ އްގެ ބޮޑުކަމާ އެ

    20
    1
  2. ޔާ ﷲ

    މުސްލިމުންގެ ދިފާޢުގައި އޮންނަ ސުންނީ ތުރުކީ އަށް ކެތްތެރިކަން ދެއްވާންދޭވެ...

    25
    1
  3. މުހައްމަދު

    ތުރުކީ ވިލާތުގެ އަޙުންނަށް ކެއްތެރިކަން މިންވަރު ކުރައް ވާށިއެވެ.

    43