ތުރުކީ އާއި ގްރީސްއަށް 7.0 މެގެނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއި ގުޅިގެން ދެގައުމަށްވެސް އެހީތެރިވާން ތައްޔާރަށް ހުރިކަން ފްރާންސް އިން ހާމަކޮށްފިއެެވެ.
ތުރުކީ އާއި ގްރީސް އާއި ދެމެދުގައި އޮންނަ އޭގަން ސީ އަށް އައި ބިންހުލުމާއި ދެ ގައުމަށްވެސް ގެއްލުންތަކެއް ވަނީ ވެފައެވެ.
ފްރާންސްގެ އިންޓީރިއާ މިނިސްޓަރ ގެރަލްޑް ޑަރްމަނިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ދެ ގައުމުންވެސް އެހީތެރިކަން ބޭނުންވާނަމަ، ފްރާންސް އިން އެހީ ފޮނުވާނެ ކަމަށެވެ.
Un puissant séisme vient de toucher la Turquie et des îles grecques. La France se tient aux côté des peuples turc et grec pour faire face à cette terrible épreuve.
Si les gouvernements de ces pays le souhaitent, des secours français peuvent être immédiatement acheminés sur place.— Gérald DARMANIN (@GDarmanin) October 30, 2020
ތުރުކީ އާއި ގްރީސްއަށް އައި މި ބިންހެލުމާއެކު އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. އެ އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ދެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތުރުކީއަށެވެ. އެ ގައުމުގައި 20 އިމާރާތެއް ބިމާއި ހަމަވިއިރު، ހަ މީހަކު ވަނީ މަރުވެފައެވެ. އަދި 200 އަށްވުރެ ގިނަ މީހުންނަށް ވަނީ ބޮޑެތި އަނިޔާތައް ވެފައެވެ.
ފްރާންސްއިން ތުރުކީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، މިމަހުގެ ކުރީ ކޮޅު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފްރާންސްއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން އެންމެ ބަހުގެ ހަމަލާތައް ހިނގާފައިވަނީ ތުރުކީއާއި ފްރާންސްއާއި ދެމެދުގައެވެ.
ފްރާންސްގެ ރައީސް ވަނީ އިސްލާމް ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިވާ ދީނެއް ކަމަށް ވިދާޅުވެފައެވެ.
ބަހުގެ ހަމަލާތައް އަމާޒުވެ ގިނަ ހަމަ ނުޖެހުން ހިނގާފައިވާއިރު، ފްރާންސްއިން ވަނީ ތުރުކީގެ ރައީސް ޠައްޔިބު ރަޖަބް އުރޮދޮޣާން ބަރަހަނާ މަންޒަރު ފެންނަ ގޮތަށް ކުރެހުން ކުރަހާފައެވެ. އެހެންކަމުން ތުރުކީއިންވެސް ވަނީ ބަދަލު ހިފުމުގެ ގޮތުން އެކި އަމަލުތައް ހިންގާފައެވެ.
ތުރުކީގެ ރައީސްގެ އެފަދަ މަންޒަރު ފެންނަ ފޮޓޯތައް އާންމު ކުރުމުން އެގައުމުން ވަނީ އެކަން ކުރި މީޑިއާތަކާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައެވެ
ﷲ އީ އަޅަމެންގެ ވެރިރަސްކަލާނގެ ފަރަންސޭސި ކާފަރުންގެ އެހީ ނުލިބުނަސް ތުރުކީ ރައްޔިތުން ތުރުކީ ސަލާމަތްކުރާނެ
ޙަސްބުނަﷲ ވަ ނިއުމަލް ވަކީލް