ބާރު ސްޕީޑްގައި ކާރެއް ދުއްވާފައި ގޮސް ކައުބަތުﷲ ގެފުޅު ހުންނަ މަސްޖިދުލް ހަރަމްގެ ދޮރުކޮޅެއްގައި ޖައްސައިފިއެވެ.

މިހާދިސާގެ ތަފްސީލެއް އަދި ސައުދީ އަރަބިއްޔާގެ ސަރުކާރުން އާއްމެއް ނުކުރެއެވެ. ނަމަވެސް މިހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯ އިން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު މިސްކިތުގެ ދޮރުކޮޅެއްގައި ޖައްސާފައި ވަނީ ގަސްދުގައި ކަމަށް ބެލެވެއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރު އޮފިޝަލުންނާއި ހަވާލާދީ "އަލް އަރަބިއްޔާ" އިން ބުނީ މިސްކިތުގެ ދޮރުކޮޅުގައި ޖެއްސި ކާރު ދުއްވަން އިނީ ސައުދީ އަރަބިއްޔާގެ ފިރިހެނެކެވެ. އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެކްސިޑެންޓްގައި އޭނާ އަށް ވެސް އަދި އެހެން މީހަކަށް ވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.

މިސްކިތުގެ ބޭރުގައި ނަމާދު ކުރަން އޮންނަ ސަރަހައްދަށް ވެސް ވެހިކަލް ވަނުމަކީ މަނާ ކަމެކެވެ. ވެހިކަލް ވަނުން މަނާ ސަރަހައްދަކަށް މިކާރު ވަދެގެން މިސްކިތާއި ހަމައަށް ދެވުނު ގޮތެއް އަދި ސާފެއް ނުވެއެވެ.

މިއީ ގަސްދުގައި ހަރަމްފުޅަށް ހަމަލާއެއް ދިނުމުގެ ބޭނުމުގައި ކުރިކަމެއްކަން ނުވަތަ ނޫންކަމެއް ވެސް އަދި ރަސްމީ އިދާރާތަކުން ސާފުކޮށެއް ނުދެއެވެ.

މިހާދިސާ ހިނގީ ސައުދީ އަރަބިއްޔާގެ ގަޑިން ރޭ 22:25 ކަންހާއިރުއެވެ.

ހަރަމްފުޅުގައި މިފަދަ ހާދިސާއެއް ހިނގާފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ހަރަމްފުޅު ބަންދުކޮށްފައި ހުންނަތާ ހައެއްކަ މަސް ދުވަސް ފަހުން މިހާރު މިސްކިތް ހުޅުވާފައި ވަނިކޮށެވެ. އަދި އަންނަ އާދީއްތަ ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ވެސް އުމްރާ ވުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ.

ހަރަމްފުޅުގެ ދޮރުކޮޅެއްގައި ކާރެއް ޖެއްސުމުން ހިނގި ހާދިސާ އަށް ފަހު ވެސް މިސްކިތް ބަންދު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކާޕެޓް ވަގު

    މިއީ ސީދާ ޤަސްދުގައި އިސްލާމް ދީނުގެ މާތްވެގެންވާ މުޤައްދަސް ޙަރަމްފުޅަށް ދީފައިވާ ޓެރަރިސްޓް ޙަމަލާއެއް.. ޔަހޫދީން ކިތަންމެ ނުރުހުނަސް ﷲ އިސްލާމްދީން ޙިމާޔަތްކޮށް ދެއްވާނެ.

    110
    3
  2. ޖަމަލު ފޮޑި

    ޙަރަމްފުޅު ތަޅާލަން ދިޔަ ފީލްބާގައިގެ މީހުންގެ ވާހަކަ މި ބައި މީހުންނަށް ނޭނގެނީބާ..

    83
    3
  3. ޅަބޭ

    ޔަގީން ތިކަމުގެ އަޑީގަ ތިބޭނީ އިޒުރޭލާއި ދިވެހި ރާއްޖޭގެ ހައްދުފަހަނައެޅި ބައިގަނޑުތައް.

    59
    8
  4. Anonymous

    މާތް ވެގެންވާ މައްކާގެ ބިމުގައި މިއިން ޒަމާނަކު ފާޙިޝް ޢަމަލުތަކައި މުންކަރާތްތައް ނުހިންގާވަރަށް މިހާރު އާންނުވެ މައްކާގެ ބިމުގައި ނައިޓް ކުލަބުތަކާއި ކެސީނޯތައް އަޅާ އެ ބިން ފަސަދަވެެއްޖެ.

    59
    12
    • އަހްމަދު

      ދޮގު ވާހަކަ ނުފަތުރާ އޭ ބޮޑު ކައްޒާބު

  5. ޢައިބާ

    ހަރަމްފުޅު ކައިރިއަށް ދިއުމަށް އެސަރަހައްދައް މީހުން ވަންނަންވެސް އެހާބާރުބޮޑު ސިފައިން ބަލަހައްޓާވަރުން ، ހައިރާންވަނީ މިފަދަ ސިކިއުރިޓީ ވަރުގަދަކޮށް އޮތްތަނެކައް ކާރެއްވަދެވުނުގޮތް ،

  6. Anonymous

    ބުޑިސްޓެއް ނޫނީ ޔަހޫދީއަކަށް ތިހާވަރުގެ ކަމެއް ކުރަން ކެރޭނީ

    27
    2
  7. މާޝާﷲ

    ޔާﷲ އިސްލާމްދީނުގެ އަދުއްވުން ނި ކަމެތިގޮތަ ކަށް ބަލި ކުރަށްވާ ނި ކަމެތި ކޮށްބައިބައި ކުރަށްވާފާނދޭވެ އެއީ ހަމަ ލާދީނީންގެ މަ ކަރުވެރި ރޭވުން!

  8. މިއަދު

    ފްރާންސް ރައިސްގެ ވާހަކައާއި ތިގައްދާރުގެ ޢަމަލާއި ވ ބޮޑު ގުޅުމެއް އޮތްކަމަށް ފެނޭ ތިގައްދާރުގެ ހަޑިމުޑްދާރު ތިޢަމަލު ދިވެހި ސަރުކާރުން ކުއްވެރި ކުރާނެބާ؟

  9. އަޙްމަދު

    ﷲގެ ގެކޮޅު ހިމާޔަށް ކުރާނެ މީހުން އަބަދުވެސް މިދުނިޔޭގައި އުޅޭނޭ! ޔަހޫދީންނާއި ނަސާރައި ކިތަންމެ ރުޅިއަޔަކަސް މީ ޙަޤީގަތް