ގިނަ ބައެއްގެ ސަމާލުކަން މިއަދު ލިބުނު އެއް ކަމަކީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކައުބަތުﷲ ގެފުޅު ހުންނަ މަސްޖިދުލް ހަރަމްގެ ދޮރުކޮޅުގައި ޖެހުނު ހަބަރެވެ. މިއާއެކީގައި ގިނަ ބަޔަކު އުފެއްދި ސުވާލަކީ ބަޔަކު ގަސްދުގައިކުރި ކަމެއްތޯ ނޫނީ ކާރު ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓެއްތޯއެވެ.

މިހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯ އިން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު، މިސްކިތުގެ ވަށައިގެން ޖަހާފައިވާ ބެރިކޭޑްތައް ފަޅާލާފައި ގޮސް މިސްކިތުގެ ދޮރުކޮޅެއްގައި ޖައްސާފައި ވަނީ ގަސްދުގައި ކަމަށް ބެލެވެއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރު އޮފިޝަލުންނާއި ހަވާލާދީ "އަލް އަރަބިއްޔާ" އިން ބުނީ މިސްކިތުގެ ދޮރުކޮޅުގައި ޖެއްސި ކާރު ދުއްވަން އިނީ ސައުދީ އަރަބިއްޔާގެ ފިރިހެނެކެވެ. އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ސައުދީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ހެނދުނު 10:30 އެހާކަންހާއިރުއެވެ.

މިސްކިތުގެ ބޭރުގައި ނަމާދު ކުރަން އޮންނަ ސަރަހައްދަށް ވެހިކަލް ވަނުމަކީ މަނާ ކަމެކެވެ. ވެހިކަލް ވަނުން މަނާ ސަރަހައްދަކަށް މިކާރު ވަދެގެން މިސްކިތާއި ހަމައަށް ދެވުނު ގޮތެއް އަދި ސާފެއް ނުވެއެވެ.

މިއީ ގަސްދުގައި ހަރަމްފުޅަށް ހަމަލާއެއް ދިނުމުގެ ބޭނުމުގައި ކުރިކަމެއްކަން ނުވަތަ ނޫންކަމެއް ވެސް އަދި ރަސްމީ އިދާރާތަކުން ސާފުކޮށެއް ނުދެއެވެ.

ސައުދީގެ ގިނަ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަރަމްފުޅުގެ ދޮރުގައި ޖެހުނު ކާރު ދުއްވާފައިވަނީ "ރޯޑް 15" އިންނެނެވެ. މި މަގަކީ އެއީ މަސްޖިދު އަލް ހަރާމް އަށް ވަނުމަށް އޮންނަ މައި މަގެވެ. މި މަގަކީ އާންމު ގޮތެއްގައި ގިނަ އަދަދެއްގެ ބަޔަކު އުޅޭ މަގެކެވެ. އެ މަގަކީ އެއީ ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަމަށް އަންނަ މީހުން ނަމާދު ކުރުމަށް ފައިބާ މަގެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ޖަހާފައި ހުންނަ ބެރިކޭޑު ތަކަކީ އެސަރަހައްދުގައި ގިނަ އަދަދެއްގެ އަޅުކަން ކުރާ ފަރާތްތަކުން ހަރަކާތްތެރިވާތީ އެމީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޖާހާފައިވާ ބެރިކޭޑް ތަކެކެވެ.

ކާރު ދުއްވަން ހުރި ފަރާތުން މާ ބާރަށް ކާރު ދުއްވާފައިވާތީ، ކޮންޓްރޯލް ނުވެފައިވަނީ އެތަނަކީ މުށި ޖަހާފައިވާ ތަނަކަށްވާތީ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މި ހާދިސާ މިހާރު އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަހަބަރު

    ވީޑިޔޯގެ ލިންކެއް މިއަށް ލީމަ ހަބަރު ލިޔާމީހާ ޖޫރިމަނާ ވަނީތަ؟

    48
  2. އައްޑޫ މީހާ

    ދެން ފެންނާނީ ތިޔަކަހަލަ މަންޒަރު ރާބުއިން ހުއްދަކޮށް ހަލާލު ޕާޓީއޭ ކިޔާފަ ޕާޓީ ކުރުމާއި ދެޖިންސު މަސްހުނިވެ އިސްލާމް ދީނުގައި މަނާވެގެންވާ ކަންތައްތައް ކުރުމަށް ހުއްދަ ދިނީމަ ވާނެގޮތް ތިޔަވަނީ

    41
    3
    • ވާނުވާ

      ބަލަ ސައުދީ ވީމަ ވަކި އެއީ ޒަންނަތުގެ ދޮރު ހުލުވުނީކީ ނުން އެތާވެސް ، އަދި މިތާވެސް ނުބައި ކަމެށް ކޮއްފިޔާ އެވާނީ ހަމަ ނުބައި ކަމަކަށް . މިތާ ނުކުރާ ހަޑިމުޑުދާރު ވަކި އާ ކަމެށް އެތާގަ އެށް ނުކުރޭ

      13
      4
  3. ހމމމ

    އެއްކޮޅުން އަނެއް ކޮޅަށް ކިޔާ ނިންމާލި އިރުވެސް ޙާދިސާ ހިނގި ގޮތެއް ނޭނގުނު

    69