އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް 2 އަށް އަންނަ އަހަރު 95 އަހަރުފުރޭއިރު ވެރިކަމުގެ ހުރިހާ މަސްޢޫލިއްޔަތުތައް ދޫކުރަށްވާ ހުރިހާ ޒިންމާތައް ޕްރިންސް ޗާލްސް އާއި ހަވާލުކޮށްފާނޭ ކަމަށް ޝާހީ އާއިލާގެ ކަންކަމާއި ވާހަކަދައްކާ އިސްމީހަކު ބުނެފި އެވެ. ޓްރޫ ރޯޔަލްޓީ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރޯޔަލް ކޮމެންޓޭޓާ ރޮބާޓް ޖޮބްސަން ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ރާނީ އެލިޒަބަތަށް 95 އަހަރު ފުރުމުން ވެރިކަމުގެ މަސްޢޫލިއްޔަތުތަކުން ދުރުވެވަޑައިގަންނަވާނެ ކަމަށެވެ.

ރޯޔަލް ކޮމެންޓޭޓާ ރޮބާޓް ޖޮބްސަން އިންޓަވިއުއެއްގައި

އިނގިރޭސިވިލާތުގެ ތާރީޙުގެ އެތަކެއް ވާހަކަތަކެއް ދައްކަވަމުން ރޮބާޓް ޖޮބްސަން ބުނީ ޑަޔާނާ، ޕްރިންސެސް އޮފް ވެލްސް 1995 ވަނަ އަހަރުގައި ހީކޮށްގެން އުޅުއްވީ އެކަމަނާ އަކީ ރާނީ އެލިޒަބަތް އަށްވުރެ ބާރުގަދަ ބޭފުޅެއް ކަމަށެވެ. ރާނީ އޭރު ވަރަށް ކަންބޮޑު ވެގެން ހުންނެވިކަން އޭނާގެ ވާހަކަތަކުން ހާމަވެއެވެ. ޕްރިންސެސް ޑަޔާނާ އަކީ މިއަދާއި ޖެހެންދެންވެސް އެތައް މިލިއަން ބަޔަކު ނަމޫނާއެއް ގޮތުގައި ބަލައިގަންނަ ބޭކަނބަލެކެވެ،

ނިއުސްވީކް ރޯޔަލް ރިޕޯޓާ ޖެކް ރޮއިސްޓޮން ބުނީ އޭނާ ދެކޭގޮތުގައި ރާނީ ބޭނުންފުޅު ނުވި ނަމަވެސް ހަޤީގަތަކީ ކޮންމެވެސް ހިސާބަކުން ރާނީއަށް ވެރިކަން ޕްރިންސް ޗާލްސް އާއި ހަވާލުކުރަން ޖެހިވަޑައިގަންނަވާނޭ ކަމަށެވެ. ޕްރިންސް ޗާލްސް ގެ އުމުރުފުޅަކީ 70 އަހަރުފުޅެވެ.

ރާނީ އެލިޒަބަތް އާއި ދޭތެރޭ އިނގިރޭސިވިލާތުގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރި އިރު ރާނީއާއި ދޭތެރޭ ރައްޔިތުން ދެކޭގޮތް ބެލުމަށް ހެދި ގިނަ ސާވޭތަކުން މިކަން ހާމަވެގެން ދެއެވެ. ރާނީ އެލިޒަބަތް އަކީ އިނގިރޭސިވިލާތުގެ ތާރީހުގައިވެސް އެންމެ ގިނަ ދުވަހަށް ވެރިކަމުގައި ހުންނެވި ބޭފުޅާ އެވެ. އެގޮތުން ރާނީ އެލިޒަބަތް ވެރިކަމުގައި ހުންނަތާ 68 އަހަރު ވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. No

    Yeah

    5
    4
  2. ބޯކިބާ

    އާއިލީ ވެރިކަން ކުރާ ގައުމުތަކާއި ސިޔާސީގުޅުން ކަނޑާލަންޖެހޭ. އަހަރެމެން ގަޔާވާކަމެއްނޫން ތިޔާ. ވޯޓުލައިގެން ރަނގަޅުމީހަކު ހޮވީމަވީނު.

    6
    5
    • އިބޫ ސޯލިހު

      މަގޭ ވެރިކަމުގެ ވާހަކަތަ؟
      ވެރިކަން ކެރަފާ ސިއްކަ އާއިލާ.
      ކެބިނެޓުގަ އާއިލީ ކުދިން.
      މަޖިލިސްގަ ކެރަފާ ސިއްކަ.
      ޖުޑީޝަރީގަވެސް ހަމަ އެމީހުން.
      ހުރިހާ ތަނެއްގަ އެމީހުން.
      ދެންތިބޭ ކޮމެންޓް ކޮއްލަ ކޮއްލާ.

      32
      20
  3. Anonymous

    މަށަށް ކޮން ކަމެއް

    5
    2
  4. އަޙްމަދު

    މީކޮންހާސަރެއް

    2
    1
  5. ހަވާސާ އިބޫ

    އަދިވެސް ބަގުޑިބައްދައިގެން އިދޭ ދެންމިކިޔަނީ ޑިމޮރަސީއޭ ހަމަހަމޔޭ

    5
    1
  6. ރާނީ އެލިޒަބަތު

    ހުސް ދޮގު އެއީ

    5
    1
  7. ލިލިޕުޓު

    ދުލެއްނުކުރާނަން. 100 ވިޔަސް.ބަގުޑި ބައްދާނީ.