ހިޔާލު ފާޅު ކުރުމުގައާއި ވާހަކަ ދެއްކުމުގައި ވަކި ހައްދެއް އޮންނަން ވާނެ ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރުޑީއު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ރަސޫލާއަށް ފުރައްސާރަކޮށް ކުރެހުންތައް ކުރަހައި ދެއްކުން އެއީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކުރުމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެކަން ކުރަން ޖެހޭނީ ވަކި ހައްދެއްގެ މަތިން ކަމަށެވެ. އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން އަބަދުވެސް ހިމާޔަތް ކުރާނަން. އެކަމަކު ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނީ ވަކި ހައްދެއްގައި. އަޅުގަނޑުމެން ތިބެނީ ހުވާކޮށްގެން ގަދަރާއި އެކީ އެހެން މީހުންނާއި ވާހަކަ ދައްކަން" ޖަސްޓިން ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި މީހުން ގިނަ ސިނަމާއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އަޑު ގަދަ ކުރުމުގެ މިނިވަން ކަމެއް ނޯންނާނެ. އަބަދުވެސް ހައްދެއް އޮންނާނެ" ޖަސްޓިން ވިދާޅުވިއެވެ.

މިވާހަކަތަކުގެ އިތުރުވެސް ޖަސްޓިން ވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އާއި ދުރަށް ޖެހި، ދެކެވޭ ވާހަކަތަކަށް ބެލުމަށް އިލްތިމާސް ކޮށްފައެވެ.

ޖަސްޓިން ވިދާޅުވީ، އެމީހުންގެ މުޖުތަމައުގެ ތެރޭގައި އެކި މީހުން ވާހަކަ ދައްކާ ކަމަށާއި ތަފާތު ކުރުންތައްވެސް ގިނަ ކަމަށެވެ. އެދެކެވޭ ވާހަކަތަކާއި އަމަލުތަކަށް ބަލައި އެހެން މީހުންނަށް ގަދަރު ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މިމަހުގެ ކުރީ ކޮޅުގައި ދެއްކެވި ވާހަކަ ތަކާއި ގުޅިގެން އެގައުމުގައި ހަމަ ނުޖެހުން ހިނގަމުން އަންނަ މި ދަނޑިވަޅުގައި އިއްޔެ އެގައުމުގެ 3 މީހަކު ވަނީ މަރާލެވިފައެވެ. އެކަމާއި ގުޅިގެން ކެނެޑާއިން ވަނީ އެކަމުގެ ހިތާމައިގައި ބައިވެރިވާ ކަން ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައި

    ސާބަސް ވަގުތު ނޫސް..

    27
    3
  2. ައަހުމަދު

    ޔާﷲ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރުޑީއު އަށް އިސްލަމީ ހިދާޔަތް ދައްކަވާފާނދޭ އެއީ އަބަދުވެސް އިންސާފަށް ވަހަކަދައްކަވާ މުސްލިމުންނާއި ގާތްކަން ބާއްވަ ބޭފުޅެއްކަމަށް ވާނީ މައުލޫމާތު ގޯސްނުނަކަމަށް ވަންޏާ. އާމީން

    21
    2
    • ތުނިޔެ

      އޯކޭވާނެ... މުސްލިމުންނާ ދެކޮޅުމީހެއްވެސް މުސްލިމުންނަށް މާ ރަނގަޅުވެސް ވެދާނެ...
      (ނަމާދުކޮށްއުޅޭ މީހުން އެހެން ނަމާދުކޮށްއުޅޭ މީހުންނަށް ހަދާގޮތް ބަލާބަލަ)

  3. އަލި

    ޕޮސިޒިޓިވްކޮށް ކޮއްފަ ހުންނަ ކޮމެންޓްތަކަށް އަންލައިކް މިދެނީ ކޮން ލާދީނީ ތަކެއްތަ؟

    9
    1