އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ދެ ހަފްތާގެ މުއްދަތުގައި އާއްމުންނަށް އުނދަގޫވާގޮތަށް ދުއްވި 369 ސައިކަލު ޓޯ ކޮށްފިއެވެ.

އަޑުގަދަ ސައިކަލުތަކުގެ ސަބަބުން އާއްމުންނަށް ބޮޑެތި އުނދަގޫތަކެއް ވަމުން އަންނާތީ އެ ގައުމުގެ ރަސް އަލް ޙައިމާ ސިޓީގެ ފުލުހުން ވަނީ ވަރުގަދަ އޮޮޕަރޭޝަނެއް ފަށައި، އެފަދަ ސައިކަލުތައް ޓޯ ކުރަން ފަށާފައެވެ.

އެ ސިޓީގެ ފުލުސް ބްރިގޭޑިއާ ޑރ. މުހައްމަދު ސައީދު އަލް ޙަމައިދީ ވިދާޅުވެފައި ވަނީ އާއްމުކޮށް މިގޮތަށް އަޑުގަދަ ވާގޮތަށް ސައިކަލުތައް ދުއްވަނީ ޒުވާނުން ކަމަށާއި، އެ ފަރާތްތަކުން ޓްރެފިކް ގަވާއިދުތަކަށް އެއްވެސް އިޙްތިރާމެއް ނުބަހައްޓާ ކަމަށެވެ.

ޒުވާނުން މިގޮތަށް ދުއްވާ ގިނަ ސައިކަލުތައް ރެޖިސްޓާވެސް ކޮށްފައި ނުވާއިރު، ޒިންމާދާރުކަން ކުޑަ ގޮތެއްގައި އުޅުމުން އެތައް ބަައެއްގެ ފުރާނަ އާއި ރައްކާތެރިކަމަށް ނުރައްކާވާ ކަމަށްވެސް މުހައްމަދު ސައީދު ވިދާޅުވިއެެވެ.

ރަސް އަލް ޙައިމާގެ ފުލުހުން ޓޯ ކުރި 369 ސައިކަލު އަނބުރާ ދެވޭނީ ގަވައިދުތަކުގެ ދަށުން ދައްކަން ޖެހޭ ފީތައް ދެއްކުމުން ކަމަށް އެ ސިޓީގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައިވެސް މީހުންނަށް އަޑުގަދަވާ ގޮތަށް ސައިކަލުގެ ސައިލެންސަރު ފަދަ ތަކެއްޗައް ބަދަލު ގެނެސްގެން ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް ބައެއް ޒުވާނުން މިކަމަށް ވިސްނުމެއް ނެތި ގަވާދާއި ޙިލާފްވަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޯކް

    ދިވެހިރާއްޖެއަށް އެތެރެކުރެވޭ ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ ތަނަކުން ގަނެވޭ ހުއްދަ ދެވިފައިވާ ގަރާޖުން ހަރުކުރޭ ފައިސާ ދިނުމުން ތި ކިޔާ އަޑުގަދަ ސައިލަންސަރު. އެހެންވީމާ މީ ޖޯކެއް ދެއްތޯ ؟ ޙަބަރު ލިޔުއްވިފަރާތް ކަމުގެ ދެކޮޅު ބެލުން ރަނގަޅުވާނެ ކަމެއް ގޯސްވީމާ ޒުވާނުންނޭ ނިކަން މަގު މެދުން ހިނގާ މީހުންގެ ވާހަކަ ލިޔެބަލަ ދުވަހަކުވެސް ދުވާރު ބޭނުން ނުކުރާ ވާހަކައެއް ނުޖަހާ. ދެން މި ކޮމެންޓް ވެސް ނުޖަހާތި 🤷‍♂️

  2. ައަހުމަދު

    މިޤައުމަކީ އާދަޔާއި ޚިލާފް ޤައުމެއް ޤަވާއިދާއި ޤާނުން ހަދާނެ އެކަމަކު ތަންފީޒް ކުރާނެބަޔަކު ނުތިބޭ އެނޫންނަމަ، ޔޫ.އެ.އީގައި ހެދިކޮތަށް ހެދިތާ ކޮންދުވަހެއް.