މާލީގައި ހަރަކާތްތެރިވި ހަނގުރާމަވެރިންގެ އަތްދަށުގައި ހަތަރު އަހަރު ދުވަސް ވަންދެން "ރަހީނެއްގެ ގޮތުގައި" ހުންނަން ޖެހުނު ނަމަވެސް އެއީ ރަހީނުވެގެން ހުރި ދުވަސްތަކެއް ކަމަށް ނުބަލާ ކަމަށާއި ހަނގުރާމަވެރިންގެ އަތްދަށަށް ދިއުން އެއީ ލިބުނު ބޮޑު ނަސީބެއް ކަމަށް ދެކޭ ކަމަށް ހަނގުރާމަވެރިންގެ އަތްދަށުން އޮކްޓޯބަރ މަހު ސަލާމަތްކުރި ފްރާންސްގެ އަންހެނެއް ކަމަށްވާ ސޯފީ ޕެޓްރޮނިން ބުނެފިއެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހަނގުރާމަވެރިން ސޯފީ އަތުލައިގަތީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އުމުރުން 75 އަހަރުގެ ސޯފީ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ހުރިއިރު އޭނާ ވަނީ ކްރިސްޓިއަން ދީން ދޫކޮށް އިސްލާމްދީން ގަބޫލު ކޮށްފައެވެ.
ހަނގުރާމަވެރިންގެ އަތްދަށުން މަރިޔަމް ސަލާމަތްކޮށް ފްރާންސަށް ގެނައުމުން އޭނާ އަށް މަރުހަބާ ވިދާޅުވީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އެވެ. މެކްރޯން އެއާޕޯޓުން މަރިޔަމް އާއި ބައްދަލުކޮށް "ސޯފީ އަށް މަރުހަބާ" ކަމަށް ވިދާޅުވުމުން އޭނާ ވަނީ އޭނާގެ ނަމަކީ މަރިޔަމް ކަމަށް ބުނެ މެކްރޯންގެ "ކުށް" ރަނގަޅު ކޮށްދީފައެވެ.
ފްރާންސްގެ މީޑިއާތަކަށް މައުލޫމާތު ދެމުން މަރިޔަމް ބުނީ މާލީގެ ހަނގުރާމަވެރިން އޭނާ އާއި މެދު ކަންތައް ކުރީ ވަރަށް ރަނގަޅަށެވެ. "އަހަރެންނަށް 70 އަހަރުން ދަސްނުވި އެތައް ކަމެއް އެމީހުންގެ ފަރާތުން ހަތަރު އަހަރު ތެރޭގައި ދަސްވި. އަހަރެން ހުރީ ރަހީނު ކޮށްފައި ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އެމީހުންގެ ބެލެހެއްޓުމުގެ ދަށުގައި އަހަރެން ހުރެގެން އަހަރެންނަށް އަނިޔާއެއް ލިބުނު ކަމަކަށް ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި އަހަރެންނަށް ލިބިގެން ދިޔައީ އިސްލާމްދީނުގެ ހިދާޔަތް." މަރިޔަމް ބުންޏެވެ.
މަރިޔަމް ބުނީ އޭނާ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ހުރިއިރު ވެސް އޭނާގެ ދަރިފުޅުގެ ވީޑިއޯތައް ލިބެއެވެ. އަދި ރޭޑިއޯ އަޑުއެހުމުގެ ފުރުސަތު ވެސް ލިބެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ހުރީ ބަންދެއްގައި. އެކަމަކު ބަންދެއްގައި ހުރިކަމުގެ އިހްސާސްއެއް އަހަރެންނަކަށް ނުކުރެވޭ." މަރިޔަމް ބުންޏެވެ.
މަރިޔަމް ބުނީ ފްރާންސްގައި އޭނާ ދުވަސްކޮޅަކު މަޑުކޮށްލުމަށްފަހު އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް އަވަހަށް މާލީ އަށް ދާނެއެވެ. އެއީ މާލީ ދެކެ މިހާރު ހާއްސަ ލޯތްބެއް ވެވިފައިވާތީ ކަމަށް ވެސް މަރިޔަމް ބުންޏެވެ.
އަޅުގަޑާ ކްރިޝްޓިއަން ކެތަލިކް ޓީޗަރަކާ ބައްދަލުވިޔެވެ އެނަޔަކީ ގްރޭޑް12ޔަށް ކިޔަވައިދޭ އަވަށްޓެރިޣައުމަކަށް ނިސްބަތްވާ ޓީޗަރެކެވެ އޭނަ އަޅުގަނޑާ ސުވާލުކުރިޔެވެ ތިމަންނަޔަށް ތިހާ ހެޔޮކޮން ތިކަންތައްކޮށްދެނީ ކީއްވެގެންހެއްޔެވެ އަޅުގަޑު ބުނީމެވެ އީސާގެފާނު އިންސާނުންނަށް ހެޔޮކޮށް ކަންތައްކުރުމަށާ އިންސާނިއްޔަތު ދެކެ ލޯބިވުމަށް ވަސިއްޔަތް ކުރެއްވިނޫން ހެއްޔެވެ އެއަންހެންމީހާބުންޏެވެ އާއެކެވެ އެކަމަކު ކްރިޝްޓިއަނުން ވަނީ ތިބަސްފުޅު ހަދާންނައްތާލާ އެކަލޭގެފާނަނަށް ޣައްދާރުވެފަޔެވެ އަޅުގަނޑު އިތުރަކަށް ޖަވާބެއްނުދެމެވެ ސަބަބަކީ އިނގިރޭސި ބަހަށް ނުފަރިތަވީމާ ނުބައި މައުލޫމާތެއް ދެވިދާނެތީ އެވެ ދަންނަވަން މިއުޅެނީ ބައެއް މީހުންނަށް ޙަމަ ނޭގެނީއެވެ ފޯރުކޮށް ދެއްވާށެވެ
ބޯކާލީމަ ކޮންމެ އެއްޗެއްވެސް ގަބޫލުކޮށްފާނެ.
ބޯކާލާފައެއް ނެތެއްުނު މިތަނަކު އޭ މުނާފިޤު ކަލޭގެއާ
ކަލޭގެ ތަ
އިސްލާމްދީނުގެ ޙަޤީޤީ ދުސްތޫރު އެނގުމުން ކޮންމެ މީހަކުވެސް އެދީނަށް ވަންނާނެ އިންސާނީ ހުރިހާ ޙައްޤެއް އޮތީ ހަމައެކަނި އެދީނުގައިކަން ޤަބޫލުކުރާނެ
ވިސްނާލައްވާ، މާތް ﷲ ގެ ހިދާޔަތް ހިތަށް ވަނުމުން ޔޫރަޕްގެ ފުރާންސަށްވުރެ އޭނާއަށް މުހިންމުވީ ތިންވަނަ ދުނިޔޭގެ އެފްރިކާ ބައްރުގެ ގައުމެއް ކަމުގައިވާ މާލީ.