ރާޑަރުން ގެއްލުނު އީރާންގެ އަސެމަން އެއާލައިންގެ ފްލައިޓް ވެއްޓިފައިވާ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ. އީރާންގެ ދައުލަތުގެ މީޑިއާ އިން ބުނާ ގޮތުގައި ފްލައިޓް ވެއްޓުނު އިރު ފްލައިޓްގައި 66 މީހުން ތިއްބެވެ.

ފްލައިޓް ގެއްލުނީ އީރާންގެ ތެހެރާނުން ފުރައިގެން ޔަސޫޖް އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ފްލައިޓް ގެއްލިފައި ވަނީ ޔަސޫޖްގެ އުތުރުން 80 ކިލޯ މީޓަރު ދުރަށެވެ.

ވެއްޓުނު ފްލައިޓަކީ އޭޓީއާރް 72 މަރުކާގެ ފްލައިޓެކެވެ. މިމޮޑެލްގެ ފްލައިޓްތައް އުފައްދަން ފެށީ 1980 ވަނަ އަހަރުއެވެ.