އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު އަނެއްކާ ވެސް އިދިކޮޅު ޑިމޮކްރެޓްސް އިން ކާމިޔާބު ކޮށްފި ކަމަށް އެމެރިކާގެ ގިނަ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭންތައް އާންމުކޮށް ޕްރޮމޯޓް ކުރާ ފޮކްސް ނިއުސް އިން ދެންމެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް ފަސް ގޮނޑީގެ ތަފާތުން ޑިމޮކްރެޓްސް އިން މަޖިލީހުގެ ތިރިގޭގެ މެޖޯރިޓީ ހޯދާނެއެވެ.

2016 ގެ އިންތިހާބުގައި ވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެޖޯރިޓީ ކާމިޔާބު ކުރީ ޑިމޮކްރެޓިކް ޕާޓީންނެވެ. މަތިގޭގެ މެޖޯރިޓީ އެ ފަހަރު ކާމިޔާބު ކުރީ ރިޕަބްލިކަން އިންނެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރިޕަބްލިކަންގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.

އެމެރިކާގައި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބާއި ގަވަރުނަރުންގެ އިންތިހާބު ކުރިއަށް ގެންދަނީ އެއް ދުވަހެއްގައެވެ.

އެމެރިކާގެ ތިރިގެ ޑިމޮކްރެޓްސް ކާމިޔާބު ކުރާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާއިރު، މީޑިއާތަކުން މިހާތަނަށް ދައްކާ ގޮތުން މަތިގޭގެ 40 އަށް ވުރެ ގިނަ ގޮނޑި ޑިމޮކްރެޓްސްއަށް ލިބިފައިވެއެވެ. 51 ގޮނޑި ލިބުމުން މަތިގޭގެ މެޖޯރިޓީ ލިބޭނެއެވެ.

ރިޔާސީ އިންތިހާބުގެ ނަތިޖާތައް މިހާތަނަށް ދައްކާ ގޮތުން ވެސް ކުރީގައި އުޅެނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަންއެވެ. މީޑިއާ ރިޕޯޓްތައް ދައްކާ ގޮތުގައި ބައިޑަންއަށް 131 އެލެކްޓޯރަލް ވޯޓް ކަށަވަރުކޮށްފައިވާއިރު ރައީސް ޓްރަމްޕް ވަނީ 100 އެލެކްޓޯރަލް ވޯޓް ކަށަވަރުކޮށްފައެވެ. އިންތިހާބު ކާމިޔާބު ކުރަން 270 އެލެކްޓޯރަލް ވޯޓް ބޭނުން ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެކް

    މިހާރު ގައުމުތަކުގާ ވޯޓްލާގެނޭ ރައްޔިތުނޭ ކިޔަކަސް މިހާރު ވޯޓް ކާމިޔާބުކުރަނީ މަކަރުވެކަމާ ހީލަތުން

    18
    1
  2. ޢަފްލާ

    2018 ގަ މިދިބެހި ރާއްޖޭގަވެސް ވަނީ ވޯޓުން ވައްކަންކޮށް ނުހޮވޭ މީހަކު ހޮވުނު ކަމަށް ނިންމާފަ

    5
    1