އެމެރިކާގެ ރިޔާސީ އިންތިޚާބު "ވަގަށް ނަގަން" މަސައްކަތް ކުރަމުން އެބަގެންދާ ކަމަށާއި ނަމަވެސް މިހާރު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އިދިކޮޅު ކެންޑިޑިޑޭޓް ޖޯ ބައިޑަން ވިދާޅުވުމާއި އެކު ހުއްޓުމެއްނެތި ކުރި ޓްވީޓްތަކެއްގައި ޓްރަމްޕް ބުނީ "އަހަރެމެން މިއޮތީ ވަރަށް ބޮޑަށް ކުރީގައި" ކަމަށެވެ. ނަމަވެސް "އެމީހުން އެއުޅެނީ އިންތިޚާބު ވަގަށް ނަގަން. އެކަންވިޔަކަ އަހަރެމެން ނުދޭނަން." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އޭގެ ފަހުން ކުރި ޓްވީޓެއްގައި ބުނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަމަށާއި މިރޭ އޭނާ ގައުމާއި މުހާތަބު ކުރާނެ ކަމަށެވެ.

ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރިކަން އިއުލާން ކުރި ނަމަވެސް އަދި މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކުން ކުރީގައި އުޅެނީ ބައިޑަން އެވެ.

އިންތިޚާބުން ޓްރަމްޕް ބަލިވެއްޖެނަމަ އެމެރިކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދަނީ ދެމުންނެވެ. އިންތިޚާބުން ބަލިވެއްޖެނަމަ ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހަދާނެ ކަމުގެ އިޝާރާތްތައް މީގެ ކުރިން ވެސް ޓްރަމްޕް ތަކުރާރުކޮށް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރެފްރީ

    ތިހެންބޮޑާހާކަނީނަ މަ ރަތްކާޑުދައްކާލާނަން!! މީހުންއުޅޭގޮތަށް އުޅެންދަސްކުރޭ !! އަންނިއަކީވެސް ތިގޮތަށްބޮޑާހާކާ މީހެއް !!

    14
  2. ބްރޯ

    ބަރާބަރު ދެބައި މީހުން ތަޅާ، އެމެރިކާ ތަޅާ ސުންނާފަތި ގަންނަވާލާ! މަމެން ވ ހެޕީވާނެ.........

    11
    • ޚަލްމް

      މަވެސް

  3. ވަސީމް

    ޓްރަމްޕު މޮޅުވިއްޖިއްޔާ ރަޝިއާގެ އަތެއް އިނދެދާނެ
    2016 ވަނަ އަހަރު އިންތިޚާބުގައިވެސް ރަޝިއާ
    ވަނީ ސައިބާ ކުޅިވަރު ކުޅެފަ..

  4. 😂😂😂

    މީނަވެސް މިހިރީ ވެރިކަމާ ހުރެ ހޭބުއްދި ފިލާފަ. މިދިވެހިރާއްޖޭގަވެސް ތިކަހަލަ މީހަކު އެބައުޅޭ.

    14
  5. ހ

    ޓުރަންމްޕް ޖަހާލައިގެން ދެއްތޯ!!