މިމަހުގެ 19 ވަނަ ދުވަހު ޕްރިންސް ހެރީއާއި، މަޝްހޫރު ބަތަލާ މޭގަން މާކަލްގެ ކައިވެނި ކުރެވިގެން ދިއުމާއި އެކު އިންޑިއާ އިން، ޝާހީ އާއިލާއަށް ވަރަށް ޚާއްސަ އަދި ތަފާތު ކައިވެނީގެ ހަދިޔާއެއް ވަނީ އަރުވާފައެވެ.

އެގޮތުން އިންޑިއާގެ ޖަނަވާރުތައް ޙިމާޔަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޕެޓާ" އިން ވަނީ ޕްރިންސް ހެރީ އާއި މޭގަންގެ ނަމުން، މީގޮނު (ބަފަލޯ) އަކަށް ނަންދީފައެވެ.

ޝާހީ ކައިވެނީގެ ޝަރަފުގައި އިންޑިއާއިން ދިން މި ޚާއްސަ ހަދިޔާއަށް އެތައް ބައެއްގެ ނަޒަރު ހުއްޓިފައިވާއިރު، ހެރީ އާއި މޭގަންގެ ނަންދިން މީގޮނަކީ އިންޑިއާގެ އަވަށެއްގައި ވަރަށް ބޮޑަށް އަނިޔާ ލިބި ހާލުގައި ޖެހިފައި އޮއްވައި "ޕެޓާ"ގެ ބެލުމުގެ ދަށަށް ގެންގޮސް ސަލާމަތްކޮށްފައިވާ މީގޮނެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި މީގޮނު މިހާރުވެސް "ޕެޓާ"ގެ ބެލުމުގެ ދަށުގައި އޮތްއިރު، އެ ޖަމިއްޔާއިން ބުނީ، މީގޮނަށް ހެރީ އާއި މޭގަންގެ ނަމުން ނަން ދިން ނަމަވެސް އެސޮރު އޮންނާނީ އިންޑިއާގައި ކަމަށެވެ. އަދި އެއްވެސް ހާލެއްގައި މީގޮނު އެޤައުމުން ބޭރަށް ފޮނުވާލުމުގެ ވިސްނުމެއް ނެތްކަމަށާއި، މިއީ ރަމްޒީ ހަދިޔާއެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

"ޕެޓާ" އިން ބުނީ، އިނގިރޭސި ޝާހީ ކައިވެނީގެ ހަފްލާގެ ޝަރަފުގައި މި މީގޮނަށް ނަންދިނީ ޖަނަވާރުތަކަށް އަޅާލައި ބެލެހެއްޓުމަކީ މުޙިންމު ކަމެއްކަން ދުނިޔެއަށް ހާމަކޮށްދީ، އެކަމަށް މީހުން ހޭލުންތެރި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއާއި އެޤައުމުގެ ހިންދޫ ދީނުގެ ޖަމާޢަތްތަކުން މީގޮނާއި ގެރީގެ ދިފާއުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު، މުސްލިމުންނަށް ދުއްތުރާ ކުރުމުގެ ގޮތުން ގެރި ކަތިލުންވެސް މަނާކުރިއެވެ. އަދި ގެރި ކަތިލާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީ، އެތަކެއްޗަށް އައިޑީ ހެދުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ދީންތަކުގެ މީހުން ޤަބޫލުކުރާ ގޮތުގައި، މީގޮނާއި ގެރިއަކީ އެބައި މީހުންގެ މައިންބަފައިންނެވެ. އަދި އަނެއްބަޔަކު އެތަކެތި ރީތި އަގުބޮޑު ފޭރާމުން ޒީނަތްތެރިކޮށް ގަހަނާ އެޅުވުމަށްފަހު އެއަށް އަޅުކަންކުރާއިރު، ނަސީބު ގަދަ ބަޔަކަށް ވާނެ ކަމަށް ބުނެ، އެބައިމީހުން އޭގެ ނަޖިހުން ފެންވަރައި ކައިބޮއެ ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔާ

    މިކަހަލަ ލިޔުންތައް ފެނިފެނި މަވެސް މިހުރީ މޮޔަވާން ކައިރިވެފަ...ބޯހަލާކު...

  2. Anonymous

    ގެރީގެ ކުދަކަމުދާ ތަކެތި ބުއިން މުސްލިމުންނަށްވެސް ހުއްދަ. ނިކަން ރަނގަޅު ފެންވަރެއްގެ ޝެއިޚެއްގެ ކައިރިން އަހާލަބަލަ.

    • ާ

      ކިހިނަކުން ހުއްދަވާނީ؟އޭ މިލްކް ހުއްދައީ. ޝެއިޙުންނަށް މަލާމަތް ކުރަންވެގެންތަ ތިހެންތިބުނީ؟

  3. ދޮށީ ސޮރު

    ތިދެން މޮޅު ހަދިޔާ އެއްވެސް ނޫން