ދެކުނު ކޮރެޔާގައި ޑެލިވަރީ ކުރުމުގައި އުޅުނު 14 ޑެލިވަރީ ޑްރައިވަރުންނެއް މަރުވެއްޖެއެވެ.

ބީބީސީ ރިޕޯޓްތަކުން ބުނާ ގޮތުގައި މި މީހުން މަރުވެފައިވަނީ މާގިނައިރު މަސައްކަތުގައި އުޅުމުގެ ސަބަބުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ވިޔަފާރި ކުރުމާއި ރެސްޓޯރެންޓުތަކުން ކާ އެއްޗެހި ކެއުމުގައި އިޚްތިޔާރު ކޮށްފައިވަނީ އޮންލައިންކޮށް އެއްޗެހި އޯޑަރ ކުރުމަށެވެ.

އޮންލައިން އޯޑަރތައް ގިނަވުމުގެ ސަބަބުން ޑެލިވަރީ ކުރާ މީހުންގެ މަސައްކަތް އިތުރުވެފައެވެ. އެގޮތުން ޑެލިވަރީ ކުރާ ބައެއް މީހުން 21 ގަޑިއިރު ތެރޭގައި 200 ޑެލިވަރީ އަދި 400 ޑެލިވަރީ ވެސް ކުރާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ދެކުނު ކޮރެޔާގެ ޑެލިވަރީ ޑްރައިވަރެއް ކަމަށްވާ އުމުރުން 36 އަހަރުގެ ކިމް ދަކް ޔިއޯން ވަނީ 21 ގަޑިއިރުގެ ތެރޭގައި 400 ޑެލިވަރީ ކޮށްފައެވެ. މި ޑެލިވަރީ ކުރި ދުވަހާއި ޖެހިގެން އައި ދުވަހު އޭނާ ފެނުނީ މަރުވެފައި އޮއްވާ ކަމަށް ބީބީސީއިން މަޢުލޫމާތު ދެއެވެ.

އެ ދުވަހުގެ މަސައްކަތް ފަށައިފައިވަނީ ފަތިހު 5 ޖެހިއިރުއެވެ. ދެން އެކަން އޭނާއަކަށް ނުވާނެކަމަށާއި މަސައްކަތް މާ ބުރަކަމަށް ބުނެ އޭނާއާއި އެކު މަސައްކަތް ކުރާ މީހަކަށް މެސެޖު ވެސް ކޮށްފައިވެއެވެ.

އާއިލާއިން ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ މާގިނަ މަސައްކަތުގައި އުޅުމުގެ ސަބަބަން ހިތް ހުއްޓި ނުވަތަ ސްޓްރޯކެއް ޖެހިގެން ކަމަށެވެ.

ދެކުނު ކޮރެޔާގައި އޮން ލައިންކޮށް އޯޑަރު ކުރުން 10 އިންސައްތަ ވަނީ އިތުރުވެފައެވެ. އެހެންކަމުން ޑެލިވަރީ ކޮށްދޭ ފަރާތްތަކުގެ މަސައްކަތް ގިނަވަމުންދާތީ އެ ގައުމުގެ ލޭބަރ މިނިސްޓްރީން ވަނީ ޑެލިވަރީ ކުރާ މީހުންނަށް ވެސް ހުސް ވަގުތު ދިނުމަށް އަންގައިފައެވެ.

އަދި ޑެލިވަރީ ކުރާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް އެމީހުން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާދަމް.އިބުރާހީމް

    ޑެލިވަރީކުރު މަ ކީވެސްވަރަޢް ބުރަ މަސައްކަތެއް މިކަން މީވަރައްބުރަ ކަ މެއް ބުރަކަށީގައިރިހު މާ ވަރުބަލިވުން މިހެން ވީ މާ މީވަރައްވެސް ބުރަކަ މެއް