އެމެރިކާގެ ރައީސް ކަމުގައި މިހާރު ހުރި، އަދި ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް އިން ނެރެން ޖެހިދާނެ ކަމުގެ އިންޒާރު އިދިކޮޅު ކެންްޑިޑޭޓު ޖޯއި ބައިޑެންގެ ކެމްޕޭން ޓީމުން ދީފިއެވެ.

އެ ޓީމުން މިގޮތަށް އިންޒާރު ދީފައި މިވަނީ، ޓްރަމްޕް ބަލި ގަބޫލުނުކޮށް، އެތައް ބަހަނާއެއް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ބައިޑެންގެ ކެމްޕޭންްގެ ތަރުޖަމާން އެންޑްރިވް ބޭޓްސް ވިދާޅުވީ، އެމެރިކާގެ ރައީސްކަަމަށް އިންތިހާބުވާނެ ބޭފުޅަކު ކަނޑައަޅާނީ ވޯޓުން ކަމަށް ޖުލައި 19 ވަނަ ދުވަހުވެސް ހާމަކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ވެސް ދެންނެވި ފަދައިން ވެރިކަމުގައި ހުންނާނެ ބޭފުޅަކު ކަނޑައަޅާނީ ރައްޔިތުން. ޖުލައި 19 ވަނަ ދުވަހު ވެސް ދެންނެވިން އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް. ވައިޓް ހައުސް އިން މީހަކު ނެރުމުގެ ގާބިލްކަން އެމެރިކާ ސަރުކާރުގައި ހުންނާނެ." ބައިޑެންގެ ތަރުޖަމާން އެންޑްރޫ ބެޓްސް ވިދާޅުވިއެވެ.

އެމެރިކާގެ ތާރީޚަށް ބަލާއިރު ރިޔާސީ އިންތިޚާބުން ބަލިވި އެއްވެސް ކެންޑިޑޭޓަކު އަދި މިހާތަނަށް ވައިޓް ހައުސް އިން ނިކުންނަން ދެކޮޅު ހަދާފައެއް ނުވެއެވެ.

1789 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ރައީސަކު ހޮވަމުން އަންނަނީ ރިޔާސީ އިންތިޚާބެއް ބާއްވައިގެންނެވެ. ކޮންމެ ބޭފުޅަކަށް ވެސް ހަތަރު އަހަރުގެ ދެދަައުރު ލިބިވަޑައިގަންނަވާއިރު އަދި މިހާތަނަށް ވެރިކަމުގައި ހުންނަވާ އިންތިޚާބުގައި ވާދަކުރައްވައިގެން އިންތިޚާބު ކާމިޔާބު ނުކުރެވުނީ އެންމެ 10 ބޭފުޅުންނަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައި އޮތްކަމަށް ބުނެ ރައީސް ޓްރަމްޕް ގެންދަނީ ކޯޓަށް މައްސަލަތައް ހުށަހަޅަމުންނެވެ. މީގެ ތެރެއިން ގިނަ މައްސަލަ ނިމުމަކަށް އަންނާނީ ސުޕްރީމް ކޯޓާއި ހަމައިން ކަމަށް މިހާރު ވެސް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ،،ނީޒީީީީ

    ތި ތަ އީ ޔާމީނު

    4
    16
    • Anonymous

      ރީނދޫ މީހުން ޔާމީނާ އަޅައިގަނެގެން ނުނެއްޓިގެން މިއުޅެނީ. އަދިވެސް ހަމަ ބިރުން ތުރުތުރު އަޅަނީ ދޯ. އާނ ޔާމީން ދޯ ބާޣީ ބާޣީ ގޮވާފަ ކާޅު އަޑު ގޮއްވަ ގޮއްވާފަ މިއޮއް ހުރިހާ ދުވަހު އުޅުނީ. ލޮލް.

      15
      4
  2. ކާފަބޭ2020

    ތިޔަހެންނުވީސް ވޯޓުލާންފެށުމުގެކުރިންރާއްޖެއައިސް އީސީޝަރީފާބައްދަލުކޮށް އިންތިޚާބުގެވޯޓުލުންކުރިއަށްގެންދާނެ ގޮތާފޮތާދަސްކުރިނަމަ! މުޅިދުނިޔޭންވެސްހޮވާލެވޭނެ ކުޅަދާނައީސީއަކީ ޝަރީފުކަން އެމެރިކާފަދަބަޔަކަށްނޭގިއޮތުން ސުވާލުއުފެދޭ!

    11
  3. މަގޭ

    ތިޔަ ތީ ހަމަ އަންނި

    10
    2
  4. ދޮންބެއްޔާ

    ބަލަ ރައީސްޔާމީން ވިދާޅުވި ވާހަކަފުޅަކީ އެއީހަޤީގަތެއްކަމަން މަމެންވެސް ގަބޫލުކުރަން އެހެންނޫންނަމަ މައްސަލަ ހުށަހަޅާފައޮއްވާ ހުރިހާވޯޓެއް އަންދައެއްނުލާނެ އެމެރިކާގަ ވޯޓު އޮޅުވާލިކަމައް ޓްރަމްޕް ބުންޏަސް އެތަނުން އެއްވެސް ވޯޓުފޮއްޓެއް ގެންގޮސް އަންދާލާފަެއްނުވޭ އެހެންވީމައެީ ހަގީގަތެއްނޫން

  5. އަޙްމަދް

    ޑިމޮކްރެސީގެ ބައްޕަ އެމެރިކާއިން މިއަދު ފެއްނަމުން އެދަނީ
    އެބައި މީހުންގެ ހަޤީޤީ ޑިމޮކްރެސީ އެވެ.
    އެއްބަޔަކު ވެރިކަން ދިފާޢު ކުރުމަށްޓަކާ މަކަރާއި ހިލަތް ހަދަނީއެވެ. ވަގައް ގޮވަނީއެވެ. ޒާތީ ކަންކަމާއި ބެހެނީއެވެ ހަތިޔާރު އުފަލަނީއެވެ.
    އަނެއްބަޔަކު ވެރިކަމަށް އައުމަށްޓަކާ މަކަރާއި ހިލަތް ހަދަނީއެވެ. ވަގައް ގޮވަނީއެވެ.
    މިހެންވީމަ އަހަރުމެން މިބުނަނީ ޑިމޮކްރެސީއޭ މިކިޔާ ނިޒާމަކީ މީ މީސަތަކުން ބައިބާ ކުރާނިޒާމެކެވެ. މީސްތަކުންގެ ހިތްތަށް ފަސާދަކުރާ ނިޒާމެކެވެ.
    އެއްބަޔަކު އަނެއްބައެގެ މައްޗަށް ހަސަދަވެރި ކަމާއި ރުޅިވެރިކަން ގެނުވާ ނީޒާމެކެވެ.
    އެބައިމީހުން ގެނެސްފައި އެވާ ޑިމޮކްރެސީއަކީ އެބައިމީހުން އެއަށް ޢަމަލުކުރާ އެއްޗެއްނޫނެވެ.
    އެހެނަސް އެމީހުންގެ ގާތުގައި އެހެންމީހުން އެއަށް ޢަމަލު ކުރަންޖެހެ ޏިޒާމެކެވެ.އަދި ޑިމޮކްރެސީ އަށް ޢަމަލު ނުކޮއްފިނަމަ އަދަބުވެސް ލިބޭ ނިޒާމެކެވެ.