އެއާ އިންޑިއާގެ ފްލައިޓަކަށް ދަތުރު މަތީގައި ނުރައްކާތެރި ހާލަތެއް ދިމާވެ އިމަޖެންސީގައި މުމްބާއީ އެއާޕޯޓަށް ޖައްސައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ އިންޑިއާ ގަޑިން 8:36 ހާއިރު 143 ފަސެންޖަރުންނާއި އެކު ދަތުރުކުރަމުން ދަނިކޮށް، ފްލައިޓުގެ ހައިޑްރޯލިކް ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

އެއާ އިންޑިއާގެ ފްލައިޓް 662ގެ ފްލައިޓަށް މި މައްސަލަ ދިމާވި ވަގުތު އޭގައި ގިނަ ޢަދަދެއްގެ ފަސެންޖަރުން ތިބިނަމަވެސް އެއިން އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ނުލިބެއެވެ. އަދި ފްލައިޓްވެސް ވަނީ، 9.18 ހާއިރު ރައްކާތެރިކަމާއި އެކު މުމްބާއީ އެއާޕޯޓުގައި ޖައްސާފައެވެ.

މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓުކަމުގައިވާ މުމްބާއީ އެއާޕޯޓު ކުއްލި ހާލަތަށް ގެނެސް އެ އެއާޕޯޓުގެ މައި ރަންވޭ ވަނީ ބަންދުވެސް ކޮށްފައެވެ. ނަމަވެސް ރަންވޭ ބަންދުކުރިތާ 18 މިނެޓު ފަހުން އަލުން ވަނީ ހުޅުވާފައެވެ.

އިންޑިއާގެ ގޯއާ އިން މުމްބާއީއަށް ދަތުރުކުރަމުންދިޔަ އެއާ އިންޑއިާގެ ފްލައިޓް 662 އަށް ދިމާވި މި ހާދިސާ އާއި އެކު، ކަމާއިބެހޭ އިދާރާތަކުން މިހާރު ދަނީ، މި މައްސަލަ ފްލައިޓަށް ދިމާވާން މެދުވެރިވި ސަބަބު ހޯދަމުންނެވެ.