އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ޓްވިޓަރ އެކައުންޓު މީހުންނަށް ނުފެންނަ ގޮތަށް މީހުން ބްލޮކު ކުރުން އެމެރިކާގެ ކޯޓަކުން މަނާކޮށްފިއެވެ.

އެމެރިކާގެ ކޯޓަކުން މިގޮތަށް ހުކުމް ކޮށްފައި މިވަނީ ކޮލަމްބިއާ ޔުނިވާސިޓީގެ އިންސްޓިޓިއުޓަކުންނާއި ޓްރަމްޕް ބްލޮކު ކޮށްފައިވާ ހަތް މީހަކު އެ ކޯޓަށް ހުށަހެޅި މައްސަލައެއްގައެވެ.

ކޯޓުގައި ހިންގި މި މައްސަލާގައި ޓްރަމްޕް ތަމްސީލުކޮށްފައިވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓުމެންޓުންނެވެ. އެ ޑިޕާޓުމެންޓުންވަނީ އެ މައްސަލާގައި ދޫނުދީ ދެން ހުރި މަރުހަލާތަކަށް ދާނެ ކަމަށް ބުނެފައެވެ.

ޑޮނަލްޑް ޓްރަމްޕަކީ މީހުންނާ ޒާތީ ގޮތުން ޖައްސާލައިގެން ޓްވީޓްތައް ކުރުމުގައި އާ ބޭފުޅުއް ނޫނެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ މިފަދަ ވަރަށް ގިނަ ޓްވީޓްތައް ކޮށްފައެވެ. ޓްރަމްޕްވަނީ ގިނަ އަދަދެއްގެ ފަންނާނުންނާއި މަޝްހޫރު ބައެއް މީހުން ވެސް ބްލޮކުކޮށްފައެވެ.

އެމެރިކާ ސަރުކާރުގެ މުހިއްމު ބައެއް ނިންމުންތައް ޓްރަމްޕްގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް ޓްރަމްޕްދަނީ ހާމަ ކުރަމުންނެވެ. ކޯޓުން ކުރި ހުކުމްގައި ވަނީ ޓްވިޓާއަކީ އެންމެންނަށް ވެސް ހުޅުވާލެވިފައިވާ ފޯރަމެއް ކަމަށާއި އެ ގޮތަށް ބްލޮކު ކުރުމުން އެމީހުންގެ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްވިޓާ މެދުވެރިކޮށް ބޮޑެތި ނިންމުންތައް އިއުލާން ކުރާތީ އާއި ބަައެއް މީހުންނާއި ޒާތީ ގޮތުން ޖައްސަލައިގެން ޓްވީޓް ކުރާތީ މީގެ ކުރިން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެފައި ވެއެވެ.

މަޝްހޫރު މީސް މީޑިއާ ޓްވީޓާގައި ޓްރަންޕްގެ ފޮލޯވާސްގެ އަދަދު 52 މިލިއަން އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު