ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އެގައުމުގެ ރައްޔިތުން ވެސް ބަނގުރާ ބުއިމާއި ކައިވެނި ނުކޮށް ދެޖިންސުގެ މީހުން އެއްތަނެއްގައި ދިރިއުޅުން ހުއްދަ ކޮށްފިއެވެ. ޔޫއޭއީ އަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ހުޅުވާލާފައި އޮންނަ ގައުމެއް ނަމަވެސް އެގައުމުގައި އެގައުމުގެ ރައްޔިތުން ބަނގުރާ ބުއިމާއި ޒިނޭކުރުމަށް މަގުފަހިވާ ކަންތައްތައް ކުރުން އެއީ މަނާކަމެކެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާ އިން ބުނީ ޔޫއޭއީގައި އަލަށް އަމަލު ކުރަން ފަށާ ޤާނޫނަކީ އެގައުމު "ރިފޯމް" ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.

ޔޫއޭއީ މީހުންނަށް ބަނގުރާ ބުއިން ހުއްދަ ކުރަންށާއި އަދި އެގައުމުގެ ދެޖިންސުގެ މީހުންނަށް ކައިވެނި ނުކޮށް އެއްކޮށް ދިރިއުޅެވޭ ގޮތައް ނިންމި ނިންމުމާއި ގުޅޭ ތަފްސީލެއް އަދި އެގައުމުގެ ސަރުކާރުން ހާމައެއް ނުކުރެއެވެ.

ޔޫއޭއީގައި މިހާރު ވެސް ބާތަކާއި ކްލަބްތައް ހުރެއެވެ. ނަމަވެސް އެތަންތަނަށް ވަދެވެނީ ސަރުކާރުން ދޭ ހާއްސަ ހުއްދައެއް އޮންނަ މީހުންނަށެވެ. އަދި ބަނގުރާ ވެސް އެއްތަނުން އަނެއްތަނަށް އުފުލަން ސަރުކާރުގެ ހުއްދައެއް ބޭނުން ވެއެވެ. ނަމަވެސް މިއަދު އަލަށް ގެނައި ބަދަލާއި އެކު ބަނގުރާ އުފުލަން ދެން އިތުރު ހުއްދައެއް ބޭނުމެއް ނުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޔޫއޭއީ މީހުން ބާތަކަށާއި ކްލަބްތަކަށް ވަންނަން ވެސް އިތުރު ހުއްދައެއް ދެން ބޭނުމެއް ނުވާނެއެވެ.

އަމިއްލަ އަށް މަރުވާން މަސައްކަތް ކުރުން އެއީ އަދަބު ލިބޭ ކުށެއްގެ ގޮތުގައި އޮތް އޮތުން އުވާލަން ވެސް ޔޫއޭއީ އިން މިހާރު ވަނީ ނިންމާފައެވެ.

ޔޫއޭއީ ސަރުކާރުން މިގެންނަ ބަދަލާއި ގުޅިގެން އެގައުމުގެ ބައެއް މީހުން މިހާރު ވެސް އަންނަނީ މީސް މީޑިއާގައި އުފާފާޅު ކުރަމުންނެވެ. ނަމަވެސް ބައެއް މީހުން ގެންދަނީ ސަރުކާރުގެ މިނިންމުމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

ޔޫއޭއީ ސަރުކާރުގެ މިނިންމުން މިއައީ އެމެރިކާގެ އެދުމުގެ މަތިން އިސްރާއީލާއި ޔޫއޭއީ އިން ހާރިޖީ ގުޅުން ގާއިމުކޮށް ދެގައުމުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ފެށިތާ ދެމަސް ދުވަސް ވެސް ނުވަނީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. ޙަސަން

  ޔާﷲ މިފަދަ ނުބައި ވިސްނުންތަކުން އަޅަމެން މުސްލިމު ޤައުމުތަކާއި ރައްޔިތުން ސަލާމަތް ކުރައްވާށި!

  163
  12
  • ބުއްޅަ ގެރި

   ގައުމުގަ ތިބި ޖައްބާރުވެރިންތައް ހަލާކުކޮއް ނެތިކޮއްދެއްވާށި އާމީން

   33
   3
 2. އެމީހާ

  ހުރި ހިތާމައެއްގެ ބޮޑުކަމާއޭ...
  ވެރިންގެ އަނިޔާވެރިކަން
  ބައެއް ވިޔަފާރި ވެރިންގެ ސިކުނޑީގެ އުނިކަމާއޭ#
  ޒުވާނުންގެ ސިކުނޑީގެ އުނިކަމާއެ

  މުޅި ދުނިޔޭގެ މިސްރާބް ކިލަނބު

  121
  10
 3. ޙަފްޞާ / މާލެ

  ބަނގުރާބުއިން ހުއްދަކުރުން ކަޑައެވެ. ނުއިނދެ އެއްތަނެއްގައި އުޅުމަކީ ވޮޗްޑޯގުންނަށްވެސް ހުއްޓުވޭނޭ ކަމަކަށް ނުވާތީ އެކަން އޯކޭއެވެ.

  11
  57
 4. އަލީމޫސާ

  ޤައުގެ ދުވަސް ތި ދިޔައީ.

  94
  10
 5. ރިފޯމިސްޓް

  މަރުހަބާ ޔޫއޭއީ ގެ ސަރުކާރަށް. ރާއްޖެ ވެސް ތިކަހަލަ ގޮތަކަށް ހުއްދަ ނުކުރިއަސް ނާސިރު ގެ ވެރިކަމުގައި އޮތީ. މައުމޫން މެދުމިނުގެ އިސްލާމް ދީނަށް މި ގައުމު ބަދަލު ކުރީ. އެއީ އެންމެ ރަނގަޅުގޮތް .މިހާރު މިއޮތީ ހަރުކަށި ބޯދާ ފިކުރަށް ބާރު ސްޕީޑްގައި ބަދަލުވާން ފަށާފަ. ހުއްދަ ނުކުރިއަސް މައިން ބަފައިންނާއި ތިމާގެ މީހުން ގެ ކުރިމަތީގައި ރައްޓެހިވެގެން އުޅޭ ލޯބިވެރިއާއި އެއްކޮޓަރީގައި ނިދާ ދިވެހި ޒުވާނުންނާއި މެދު އުމުރު ގެ މީހުން ގިނަ . އަދި ހަމަ އެގޮތައް ރާ ބޯ މިހުންނާއި ޑްރަގް ނަގާ މީހުން ވެސް ގިނަ . ޑްރަގަކީ މިގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ. ޢެއީ ކޮވިޑަށްވުރެ ބޮޑު ވަބާއެއް.

  58
  19
 6. އަހްމަދު

  ސައްހަ ޚަބަރެއް ބާ؟؟

  38
  7
 7. ޖަނާޒާ

  ކުރާނެ ކޮމެންޓް ވެސް ހުސްވެއްޖެ. އަންތަރީސް އަޖައިބް ޗޮކްޗޮކް ޕިސްޕިސް ޗިސްޗިސް ޕޮއް ފަދަ އެއްޗެހިތަކެއްހުރީ. ވ. ވަޅި.އ.އުރަ ދ. ދެރަ.

  47
  8
 8. ފަހީމް

  ކިތަންމެ އުހަށް ޢިމާރާތްކޮށް ކިތަންމެ އުފާ ދުނިޔޭގައި ހޯދިޔަސް އަދި ކާފިރުން ރުހޭ ހުރިހާ ކަމަށް ޖާގަދިނަސް އެންމެ ފަހުން ނިމިގެން ދާންމިޖެހެނީ އެންމެ ނެތުމުގެ ތެރެއިން ޚަލްޤު ކުރެއްވި އެއްކައުވަންތަ ކަލާންގެ ޙަޟްރަތަށެވެ. އެހާރުން މޮޅެއް ދެރައެއް ދޮނެއް ކަޅެއް މުއްސަންޖެއް ފަޤީރެއް ބެލުމެއްނެތި އެންމެ އިންސާފުން ހިސާބު ބައްލަވައި ޙައްޤު ޖަޒާ ދެއްވާނެއެވެ. އޭ މުސްލިމުނނޭވެ. ކާފިރުން ތިއްބި ދަންތުރާގައި ނުޖެހި ދުނިޔޭގެ މިކުރު ޙަޔާތް ނިންމާލެވޭތޯ ޢަޒުމާއެކު ބަލަމާ ހިނގާށެވެ.

  100
  10
 9. މަންނަތު

  ހައިރާން ވާންޖެހޭ ކަމެއް ނޫން. ތީ ފަހު ޒަމާނުގައި ކަންތައްތައް ހިނގާނެ ގޮތް. ކޮންމެ މީހަކުވެސް އެމީހެއްގެ އީމާންތެރިކަން ވަރުގަދަކުރުން މުހިއްމު.

  86
  11
 10. ސަނދުރަ

  ސަމޫދުގެ ބައެއް މާތްﷲގެ ކޯފާއަށް ބިރުވެތިވޭ އުގޫބާތަކީ އާއްމުއެއްޗެއް.

  67
  11
 11. މޯޑް

  ކޮބާ ޕީޕީއެމްގެ ޖަނަވާރު ސޭކުން.. އަވަހަށް ދުބާއީ ބޮއިކޮޓް ކުރަން ގޮވާލާ

  14
  79
  • ހަސަނުގެ ދަރި

   ޔޫއޭއީއަކީ ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަ ތަނެއްކަމަށް ބުނާ އަޑު އިވޭ އެހެންވީމަ އެމީހެއްގެ ދީނަ ކަށް އެމީހަކު އުޅުނީމަ ނިމު ނީ ކަމެއް ހުއްދަ ކު ރި ޔަސް ނުކު ރިޔަސް ދެން އެންމެ އަވަހަށް ހުއްދަ ކު
   ރާނީ އެއްޖިންސުން ކައިވެނި ކު ރުން ތޯއްޗެ. އަހުން ހީކު
   ރަނީ އަ ރަބި ކޮންމެމީހަކީ މުސްލިމެއް ކަމަށް އެކަމަކު އެހެނެއް ނޫނޯ ދޮއްތަ . އަ ރަބިން ތިބެޔޯ ޔަހޫދީންނާ ނަޞާޜާއިން ވެސް

 12. ރިމް

  ތި ވެސް އަރަބިން،، އެކަމް މި ގައުމުގަ މި އޮތީ ގަދީމީ ސައުދީ ވައްހާބީ ހަންފެތުރި ގަބީލާ ވެފަ! ދެން ލަލަލާ!

  13
  63
  • ދަނަސް

   އަ ރަބި ކޮންމެ މީހަކީ މުސް ލިމެއް ނޫންކަމަށް ވޭ . އަ
   ރަބިންގެ ތެ ރޭގަ ޔަހޫދީންނާ ނަޞާ ރާ އިންވެސް އުޅޭ ކަމަށްވަނީ ޔޫއޭއީ އަކީ އެމީ ހަކު ބޭނުންދީނަކަށް އުޅުމުގެ ހުއްދަ އޮންނަ ތަނެއް . ރަލާ ޒިނޭ އެހުއްދަ ކު ރީ ދެން އެއްޖިންސުން ގުޅުންހިންގުން ހުއްދަ ކު ރީމަ ނިމުނީ ހު ރިހާ ކަމެއް ފު ރިހަމަވީ

   2
   1
 13. މޯލްޑިވިޔަން

  ކުރިޔަށް ބާރަށް.ތަރައްގީ ގެނޭ. ދީނަކީ އެމީހެއްގެ އަމިއްލަ ކަމެއް

  19
  57
 14. Anonymous

  މުސްލިމު އުއްމަތަށް ގައްދާރުވި ގައުނުތައް އެބަ ފެނޭތަ. ކުރީ ސަފުގައި ސައުދި

  40
  13
  • މޯލްޑިވިޔަން

   އެޔޯ؟.

   14
   1
 15. Anonymous

  ދުބާއީ ފެންވަރުށް ރާއްޖެ ގެންދަން ބަޔަކު އެ މަސައްކަތް ކުރަމުން އެދަނީ އޭތި މީތ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ކިޔާގެން. މިތަނުގައި މީހުން ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި. ލައްވާ އިންވެސްޓް ކުރާށެ ކިޔާފައި ތަންތަނަށް އައިރު މުސްލިމުންނާ މީހުން ގެނެސް މިތާ މީހުން ވަޒަންވެރި ކުރުވުމުގެ ޕްރޮގްރާމެއް ރާވާ އެހުރިހާ ޗަރުކޭސް ވެސް ކުޅެވޭ ގޮތް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަހދަނ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އެރާވަނީ މި ސަރުކާރުން. ﷲ ގެ އިރާދަފުޅުން އެކަމެއް ނުވާނެ އެމީހުންނަށް. امين

  30
  10
 16. އަންނި

  އަޅުގަނޑުވެސް ބޭނުންވަނީ މިދިވެހި ގައުމުވެސް މިވަރަށް ކުރިއަރުވަން.

  10
  43
 17. ޅަބޭ

  އުފަލުން ހެވިއްޖެ. ޔޫއޭއީގެ މިސްރާބު ތިހިރީ ސީދާ ތަހުޒީބާ ތަމައްތައުއާ ދިމާލައް. ޖާހިލުކަމާ ހުރާފީކަން ދޫކޮއްލަންވީތާ ކިތަންމެ ދުވަހެއް. ހިސާހިތަކު ސައޫދީ އަރާބިއްޔާވެސް ތަހުޒީބުގެ މަގު އިހުތިޔާރުކުރާނެ.

  14
  48
  • ބަރަބޯ

   އެހެންތަ؟އަހަރެމެންގެ މާތް ނަބިއްޔާ ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން މުޅި އަރަބި ކަރައިގެ ހާލަތު އޮތީ ރާބުއިމާއި ޒިނޭފަދަ މުންކަރާތްތަކުން އާންމުވެފަ..އެކަލޭގެފާނު ރަސޫލުކަމާއިގެން ވަޑައިގެންނެވުމަށްފަހު މަސައްކަތްޕުޅުކުރެއްވީ މުޅި އަރަބިކަރައިން ޖާހިލިއްޔަ ޒަމާނުގަ އޮތް ނުބައި އާދަތައް ނައްތަވާލެއްވުމަށް. މިއަދު އަހަރެމެން މަސައްކަތް މިކުރަނީ ޖާހިލިއްޔަ ޒަމާނުގެ އެންމެހާ ނުބައި އާދަތައް ދިރުވާ އާލާކުރަން.. މިއީ ތަރައްޤީއާއި ތަހުޒީބާއި ތަމައްދުނު ކަމުގަވަނީނަމަ އަހަރެމެން މިތިބީ އޭގެ މެކުހައްޖަހާފަ..ތިމާ ހެއްދެވި ފަރާތުގެ އަމުރުފުޅުތަކަށް ދެކޮޅުހަދާ އެފަރާތަށް އުރެދި ތިމާއަށް ފާޅުގަ ގެއްލުމާއި ހަލާކުގެ މަގަށް ގޮވާލާ ޝައިތާނާއަށް ތަބާވެ އޭނާގެ ފިޔަވަޅުމަތިން ހިނގާ ނަރަކަޔާއި ކައިރިކުރަމުން ދާކަންވެސް ނޭނގޭ ހާލުގަ މިތިބީ އެމަގަށް ތަރައްޤީއޭ ތަހުޒީބޭ ތަމައްދުނޭ ކިޔާލަ ކިޔާލަ..އަޅެފަ ސިކުނޑި އިންތަނުގަ އިނީ ހުސް ވަޅުގަނޑެއްތަ؟؟

   7
   2
 18. Anonymous

  ޔޫ އޭ އީ އަކީ މުސްލިމް ގައުމެއް ނޫން. އެހެންވީމާ ހާސްވާންޖެހޭ ވަރުގެ ަމެއް ނޫން މިއީ. ވެރިންނައް ތިބީ ކާފަރުން މުސްލިމުންގެ މަނުގައި ތިބި

  16
  13
 19. ޖައި

  ދުނިޔެ ހަލާކުކުރަން އުޅޭ މުނާފިގުން

  28
  9
 20. Anonymous

  ﷲ އަށް އުރެދުން ހައްދުން ނެއްޓި ޝައިޓާނާގެ އަޅުންނަށް ﷲ ގެ ހެއްދެވި މަހްލޫގުން ވީމަ މިދުނިޔެ މިހެން ނުބާއްވަވާނރ. ދުނިޔެ ނިމުން މިހާރު ގާތްވެއްޖެކަމުގެ އަލަމަތްތައް މިފެންނަނީ.

  26
  9
 21. ހަރުބީ ކާފަރުންނާއި ގުޅޭ އަދިވެސް

  ހަހަހަ..ކޮބާ ހީވޭ ކަމެއްހެން..ދުނިޔެ އެދޭ މީހުންގެ ހާލު..މިހެންގޮސް މަރުވާނީ ދީނުން ބޭރުވެފައިވާ ހާލުގަ.

  20
  6
 22. އެދުރުބެ

  މިހާރު އެބަ ރަނގަޅުވޭ ކުރިއަށް ބާރަށް ކުރިޔަށް

  8
  23
 23. ހޯހޯ

  ﷲ ގެ ކޯފާއަށް ބިރުވެތި ނުވެ މިއަދު ދުނިޔޭގަ އުޅެވިދާނެ މާދަމާ ވަންނީ ކޮންތަނަކަށްބާ މި ޤައުމުގަވެސް މިހާރުގެ މީހުން ބޭނުންވާގޮތް ތީ ކާފަރު ޤައުމުތަކުގެވެރިން ރުއްސުން .މާދަމާ އަންނާނެބާ އެމީހުން ސަލާމަތް ކޮށްދޭން .މިއީ ވަގުތީތަނެއް!

  22
  9
 24. Anonymous

  މިމީހުންގެ މުއްސަދިކަން ހައދުފަހަނަޅައެޅީ. މިކަމުން މިމީހުންނަށް އޮތީ ގެއްލުމާހަލާކު. މިފަދަ ނުބައި ވިސްނުން އަޅަމެންނަށް ނުދެއްވާށި. ދުނިޔެއަށްޓަކައި މޮޔަވަނީ. ތިޔައީ ތިޔަގައުމު ނެތިދިއުމުގެ ފެށުމަށްވެދާނެ. ބިރުވެތިވޭ

  15
  2
 25. ޣޯސް

  ތިޔަ ބްރިޖު ހަލީފާގެ ވެރިޔާ ވެސް މަރުވެގެންދާނީ ބިމުގެ ވެލިގަނޑު ދަށަށް. އޭނާ އެވަނީ އާހިރަތްވިއްކާ ދުނިޔެ ގަނެފަ. ތިޔަ ޑުބާއީ އަށް ނުވެގެން މި ގައުމުގެ ތިބިލާދީނީ ބައިގަނޑު އެއުޅެނީ. ތިޔަ ޔޫއޭއީގައި މިހާރު މުސްލިމުންނަށްވުރެ ގިނަވާނީ އެހެންދީންތަކުގެ ތިޔަބުނާ ރެޒިޑެންސް ވިސާގަ އުޅޭމީހުން.

  14
  3
 26. ފޫހި

  މިމީހުންގެ މުއްސަދިކަން ހައދުފަހަނަޅައެޅީ. މިކަމުން މިމީހުންނަށް އޮތީ ގެއްލުމާހަލާކު. މިފަދަ ނުބައި ވިސްނުން އަޅަމެންނަށް ނުދެއްވާށި. ދުނިޔެއަށްޓަކައި މޮޔަވަނީ. ތިޔައީ ތިޔަގައުމު ނެތިދިއުމުގެ ފެށުމަށްވެދާނެ. ބިރުވެތިވޭ

  20
  5
 27. ރީތި މޫސަ

  ޔާﷲ މިނުބައި ނިންމުން ނެތިކުރަށްވާ އެޤައުމުގެ ރައްޔިތުން ސަލާމަތް ކުރައްވާފާދޭވެ އާމީން

  23
  4
 28. ޕީޖޭ

  ހައިރާންވާންޖެހޭ ކަމެއް ނޫން..ދީނާއި ދުރުކޮށް މަޑުމަޑުން އިސްލާމް ދީނާއި ދުރަށް ގެންދަނީ...މިރާއްޖެ ވެސް އަދި ދާނެ އެލެވެލްއަށް... މިރާއްޖޭ ޖިނާއީ އަދުލުގެ ނިޒާމު ކާފަރުންނަށް ވާގިދޭ މީހުންނަށް އެކި ނަންނަމުގައި ވިއްކަނީ...ކާފަރުންނާއި ގާތްގުޅުމެއް އިންޑިޔާ މެދުވެރިކޮށް ކުރަމުންދަނީ...ހުރިހާކަމެއް އެއީ ސިޔާސީ ކަމަކަށް މީހުންގެ ވިސްނުން ހަދައިފި..އިލްމުވެރިންގެ އަގު ވައްޓައިފި...