މީދަލުގެ ވައްތަރެއް ކަމަށްވާ "މިންކް" ގެ ފަރާތުން ކޮވިޑް-19 ގެ އާވައްތަރެއްގައި އިސްރާއީލުގައި ފެތުރެން ފަށައިފި ކަމަށް ބެލެވި ބިރުވެރިކަން އުފެއްދިއްޖެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މީދާގެ ފަރާތުން ފެތުރޭ ކޮވިޑް-19ގެ އެހެން ވައްތަރެއް އެންމެ ފުރަތަމަ ފެނިފައިވަނީ ޑެންމާކުގައެވެ.

އިސްރާއީލުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ބަލި ފެތުރޭ ގައުމަކުން އެގައުމަށް އެތެރެވެފައިވާ 3 މީހަކު އެގައުމުން ދާދި ފަހުން ފެނިފައިވާ ކަމަށެވެ. އެ މީހުން ބައްޔަށް ފައްސި ވެއްޖެ ނަމަ އިސްރާއީލް ވެގެން ދާނީ 6 ވަނަ އަށް އެގޮތަށް ބަލި ފެތުރިފައިވާ ގައުމު ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

މީގެ ކުރިން އެގޮތަށް ބަލި ފެތުރިގެން ރިޕޯޓް ކޮށްފައިވަނީ އެމެރިކާ، އިޓަލީ، ނެދަލޭންޑްސް، ސްޕެއިން އަދި ސުވެޑެން އެވެ.

ޑެންމާކުގައި އެގޮތަށް ބަލި ފެތުރެން ފަށާފައިވާތީ، އެގައުމުގެ ސަރުކާރުން ވަނީ 17 މިލިއަން މީދާ ނައްތާލުމުގެ މަސައްކަތް ފަށާފައެވެ. އެގައުމުން ބުނެފައިވަނީ ބަލި ފެތުރެން ފަށާފައިވަނީ މީދާތައް ގެންގުޅޭ ފާމަކުން ކަމަށެވެ.

ސައިންސްވެރިން ލަފާ ކުރާ ގޮތުގައި އެ މީދާތަކަށް ޖެހިފައިވަނީ އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފަރާތުންނެވެ. އަދި މީދާތަކުގެ ގައިން އިންސާނުންގެ ގަޔަށް އަރަނީ ބަލީގެ އެހެން ވައްތަރެކެވެ.

އެހެން ކަމުން ސައިންސްވެރިން ބުނެފައިވަނީ އިސްރާއީލްގެ ހާލަތު މިކަމުގެ ސަބަބުން ގޯސްވެގެން ހިނގައިދާނެ ކަމަށެވެ. އަދި ކޮވިޑް-19 އަށް އިތުރު ބަދަލެއް އައުމަކީ ވެކްސިން އުފައްދަން ކުރަމުން އަންނަ މަސައްކަތައް ބަދަލެއް ގެންނަން ޖެހިދާނެ ކަމެއް ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. ސަބަބަކީ ވައިރަސް އަށް ބަދަލެއް އަތުވެއްޖެނަމަ ވެކްސިނަށް ވެސް ބަދަލު ގެންނަން ޖެހޭނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެހެން

    ނަސީބެއް ނުން

    16
    1
  2. އޯކޭ

    ވިސްނަންޖެހޭކަމެއް.......

    11
  3. މެސީ ގެ ފޭން

    What is this..! First bat then rat. After that I think it will be dogs

    6
    2
  4. ބަކުރުބޭ

    އެއީ ކޮވިޑް19 އެއްނޫން. ކޮވިޑް20

  5. މުސްލިމާ

    މީދަލަކީ މަރަން އަންގަވާފައިވާ އެއްޗެއް