އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރެއްވުމާއިއެކު އެމަނިކުފާނާއިއެކު އެމެރިކާގެ ވެރިކަމުގެ ބާރުތައް ނައިބު ރައީސްގެ ގޮތުގައި ދެން ހިއްސާ ކުރައްވާނެ ކަމަލާ ހެރިސް އިސްރާއީލާއި ގުޅޭ ގޮތުން މީގެ ކުރިން ދައްކާފައިވާ ވާހަކަތަކެއް އިންޓަނެޓްގައި އަނެއްކާވެސް ވައިރަލް ވެއްޖެއެވެ.

ބައިޑެން އަށް އެމެރިކާގެ ވެރިކަން ލިބުން އެއީ ފަލަސްތީންގެ ރައްޔިތުންނާއި މުސްލިމުންނަށް ލިބުނު ހާއްސަ އުފަލެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ. ފާއިތުވި ފަސް އަހަރު އެމެރިކާ އިން އިސްރާއީލާއި އެކު ގެންގުޅުނު ވަރުގަދަ ގާތް ގުޅުން ކޮންމެވެސް ވަރަކަށް ދުރުވެލާނެ ސަބަބަކަށް ބައިޑެން ވެގެން ދާނެ ކަމަށް ބައެއް ފަރާތްތަކުން އުއްމީދު ކުރެއެވެ.

ނަމަވެސް އަނެއް ބަޔަކު ބުނަނީ އެމެރިކާގެ ވެރިކަން ބަދަލު ވުމަކުން ފަލަސްތީން ރައްޔިތުންނަށް ލިބޭނެ އުފަލެއް ނެތް ކަމަށެވެ. އެމީހުން މިސާލެއްގެ ގޮތުގައި ދައްކަނީ ކަމަލާ 2017 ވަނަ އަހަރު އެމެރިކަން އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީގެ ޕޮލިސީ ކޮންފަރެންސްގައި ދެއްވި ތަޤުރީރެވެ.

އެތަޤުރީރުގައި ކަމަލާ ވިދާޅުވީ އެމެރިކާ އިން 2018 ވަނަ އަހަރު އިސްރާއީލަށް އަސްކަރީ އެހީގެ ގޮތުގައި 38 ބިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމާފައި އޮތް ނިންމުމަށް އޭނާ ވަރަށް ފުރިހަމައަށް ތާއިދު ކުރާ ކަމަށެވެ.

އެތަޤުރީރުގައި ދެ މިނެޓްތެރޭގައި ކަމަލާ ވަނީ "އަހަރެމެން ތިބެން ޖެހޭނީ އިސްރާއީލްގެ ފަހަތުގައި" ކަމަށް ތިން ފަހަރަށް ވިދާޅުވެފައެވެ. "އީރާނުން ގެންދަނީ ބެލިސްޓިކް މިސައިލްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން. އަދި ހިޒްބުﷲ އަށް ހަތިޔާރާއި ފަންޑު ފޯރުކޮށްދެމުން. (އެހެންވީމާ) އަހަރެމެން ތިބެން ޖެހޭނީ އިސްރާއީލްގެ ފަހަތުގައި. ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް ހޯދައިގެން ތިބެ އިސްރާއީލްގެ ދެކުނަށް ރޮކެޓް ހަމަލާތައް ދެމުން އެގެންދަނީ. (އެހެންވީމާ) އަހަރެމެން ތިބެން ޖެހޭނީ އިސްރާއީލްގެ ފަހަތުގައި." ކަމަލާ ވިދާޅުވިއެވެ. އަދި ކަމަލާ ވާހަކަ ނިންމާލަމުން އަނެއްކާވެސް ވިދާޅުވީ "އަހަރެމެން ތިބެން ޖެހޭނީ އިސްރާއީލްގެ ފަހަތުގައި" ކަމަށެވެ.

ކަމަލާ ފާހަގަ ކުރެވެނީ ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓް މެންބަރުންގެ ތެރެއިން އެންމެ ބޮޑަށް އިސްރާއީލްގެ ލާއިންސާނީ އަމަލުތަކަށް ތާއިދު ކުރާ މެންބަރުގެ ގޮތުގައެވެ.

ބައިޑެންގެ ސަރުކާރުގައި ކަމަލާގެ އެންމެ މުހިއްމު ދައުރަކަށް ވާނީ ކޮބައިކަމެއް އަދި ސާފެއް ނުވެއެވެ. އިސްރާއީލާއި ފަލަސްތީންގެ މައްސަލަ ހައްލު ކުރުމަށް ބައިޑެން ކަނޑައަޅާ މަންދޫބަކަށް ކަމަލާ ވެއްޖެނަމަ ނުވަތަ އިސްރާއީލާއި ފަލަސްތީންގެ މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ކަމަލާއަށް އިސްދައުރެއް ދީފިނަމަ އަނެއްކާވެސް ކުރިއަށް އޮތް ހަތަރު އަހަރަކީ އިސްރާއީލުން ބޭނުން ހުރިހާކަމެއް ކުރާނެ ހަތަރު އަހަރަށް ވެގެންދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ފާއިތުވިތަނުން ލިބުނު ތަޖުރިބާއަކީ ކޮންމެ ޕާޓީއެއްގެ ވެރިކަމެއް އެމެރިކާގައި އޮތް ނަމަވެސް އެމެރިކާ ސަރުކާރު އަބަދުވެސް އޮންނާނީ އިސްރާއީލްގެ ބަލަދުވެރިޔާގެ ގޮތުގައެވެ. އިސްރާއީލުން ކުރާ ކޮންމެ ލާއިންސާނީ އަމަލަކަށް އެހީއާއި އެއްބާރުލުން އެމެރިކާ އިން ފޯރުކޮށްދޭނެއެވެ. ބައިޑެންގެ ވެރިކަމުގައި ވެސް އެކަން ބަދަލު ވެދާނެ ކަމަކަށް އަދި އުއްމީދު ކުރެވޭކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ކަމާލު

  އެހެންވެގެނޭ މަ އޭރު ވެސް ކޮމެޓުކޮށްފަ ހާމަކުރަމުންދިޔައީ ބައިޑަން އަކީ ވަކި ރަގަނޅު މީހެއްނޫންކަން...ޔަހޫދީންގެ ލޮބީ ގުރޫޕްތައް އެމަރިކާ ގެ ސަރުކާރު ކޮންޓްރޯލް ކުރަނީ...

  71
  1
 2. ފަހު ބަސް

  އީރާން އޮތުން އެއީ ކިހާ ވަރެއްގެ ކަމެއްކަން ވިސްނާލިމީހަކަށް އެނގޭނެ...އީރާނާ ހެދި ތިޖަހަންއުޅޭ ސަކަރާތެއް ނުޖެހިގެން އުޅެނީ އެމަރިކާ އަދި އިޒްރޭލައް...ފަލަސްތީނައް ހަނތިޔާރު ދޭ ހަމައެކަނި ބިރުކުޑަ ދުނިޔޭގެ ގަވްމު އީރާން

  22
  1
 3. Anonymous

  މޮޔައިންނޭވެ. އެމެރިކާގެ ރައީސްކަމަށް ކޮންމެ މީހަކު އަޔަސް އެމެރިކާ އިސްވެ އޮވެ އިސްލާމް ދީނަށާއި މުސްލިމުންނާއިދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށްދާނެ އަހަރުމެން އެމީހުންނަށް ތަބާވެ ކިޔަމަން ވަންދެން. އެމެރިކާގެ ރައީސް ކަމަށް ކޮންމެ މީހަކު އަޔަސް އެތާގެ ދެތިން ޔަހޫދީ ބިލިޔަނަރުން ބޭނުންވާ ގޮތަށް ބޮޑެތި ކަންތައްތައް ނިމޭނީ.

  25
  1
 4. ބަލާއެއް

  އާން އަދިވެސް ބާރައް ކަލޭ ކޮމެންޓުކުރޭ

  4
  6
  • ބަލާއެއް

   އެމެރިކާ އަދި އިޒްރޭލައް ތާއިދުކުރާ ބޭފުޅެއް ހެންހީވޭ..ޝަހިންދާގެ އާއިލާ ބޭފުޅެއް ނޫންބާ

   10
   2
 5. ކަމަލާ އަށް ހަލާކުހުރި

  ބައިޑަން އައްވެސް ނުވިސްނުނުދޯ އިސްރާއިލްއަށް ހިތްވަރުދޭ މީހަކު ނޫނީ ރަނިންމޭޓަށް ލާކަށް 😢 ވެރިކަމަށް އައުމުގެ ކުރިން މުސްލިމުންނޭ އަނެކެއްޗޭ ކިޔާނެ ، ވެރިކަމަށް ހަމަ އާދެވުނީ ބަލާނެ މުސްލިމުން ކޮޅު ނައްތާލެވޭނެގޮތަކީ ކޮބައިތޯ! ތިޔައީ މަކަރުވެރި ހީލަތްތެރި ޔަހޫދީން! ތިޔަ ކަށް ބަދަލެއް ނާންނާނެ! އަދި ކިރިޔާ މުސްލިމުންނަށް މި ފަޅާއެރީ މީމީހުން ހަދަނީ ބުހުތާނު ދޮގުކަން ، މުސްލިމުން ދެކެމުންއައި ހުވަފެން ވިއްސިވިހާލައިފި!..

  12
  1
 6. ބުރުގާ

  އައްޕޮޕޮޕޯ. ކޮންތާކު ތިޔާޖެހުނީ..... ކޮބާތޭ ރާއްޖޭގަ އުޅޭ ޓުރަންޕުދެކެ ނައްޓާ، ބިޑެންދެކެ ލޯބިވާ ކުދިންކޮޅު؟؟! މިކަމައްވެސް ކަލޭމެން އަތްތިލަބަޑިޖަހާ ކޯޑިކަނޑަންވީނު...

  9
  3
 7. 0 ޓުލެރެންސު

  ޓުރައްޕު ވެއްޓުނު ގޮތަށް ކަ މަލާ ވެސް ވެއްޓޭނެ!

  13
 8. ނީނާަ

  ޙިންދޫއެއްވީިމމމ މައެއީ އިސްލާ މުންދެކެ ރީޑި އަރާނެ

  10
 9. Anonymous

  ނުލަފާ އިންޑިޔާ ވަގު

  13
 10. އެހެން

  މީނާ ކަރު ދަން ޖައްސަންވީ

  10
 11. އެހެން

  އަންހެނެއްގެ ސިފައިގައި ހުންނަ ނުލަފާ ޖިންނިއެއް

 12. އަހްމަދު

  ބައިޑެން ވެސް އޭގެ މީޙެއް
  ރަނގަޅަށް ބަލާލަަބަ