އަރުމޭނިއާ ބޯޑަރު ކައިރިން މިސައިލް ހަމަލާއެއްދީ ރަޝިއާގެ ހެލިކޮޕްޓަރެއް ވައްޓާލައިފިއެވެ.

ރަޝިއާގެ އަސްކަރިއްޔާ އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އަޒަރުބައިޖާންގެ އަސްކަރީ ބޭސްއަކުން އުދުއްސާލި ހެލިކޮޕްޓަރަށް ދިން މިސައިލް ހަމަލާގެ ސަބަބުން ހެލިކޮޕްޓަރު ވެއްޓި ހެލިކޮޕްޓަރުގައި ތިބި ދެމީހަކު މަރުވެ އިތުރު މީހަކު ވަނީ ޒަހަމްވެފައެވެ.

މިސައިލް ހަމަލާ އަމާޒުވުމުން ހެލިކޮޕްޓަރު ކޮންޓްރޯލުން ނެއްޓި އަރުމޭނިއާގެ ފަރުބަދަތަކެއްގެ ތެރެއަށް ވެއްޓުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހަމަލާ ދިނީ ކޮން ގައުމަކުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހެލިކޮޕްޓަރަށް ދިން ހަމަލާ އަކީ އޮޅުމަކުން ދެވުނު ހަމަލާއަކަށް ވުން ވެސް އެކަށީގެންވެއެވެ.

އަރުމޭނިއާ ސަރުކާރުން ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ މިހާރު އަރުމޭނިއާ އާއި އަޒަރުބައިޖާނާއި ދެމެދު ހަނގުރާމަ ހިނގާ ސަރަހައްދަކަށެއް ނޫނެވެ. ހެލިކޮޕްޓަރަށް ދިން މިސައިލް ހަމަލާގެ ތަޙްޤީޤު ރަޝިއާ އާއި ގުޅިގެން އަޒަރުބައިޖާނުން ބުނެއެވެ.

ސެޕްޓެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން އަޒަރުބައިޖާނާއި އަރުމޭނިއާ އާއި ދެމެދު ދަނީ ވަރުގަދަ އަށް ހަނގުރާމަ ކުރަމުންނެވެ. މިހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އާއި ރަޝިއާ މެދުވެރިއެއްގެ ރޯލް އަދާކޮށްގެން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޅަދާނަ

    ތި ހެލިކަޕްޓަރ ވައްޓާލި ބައެއް ކުޅަދާނަ...ރަޝިއާ އަކީ މުސްލިމުންނަށް ހެޔޮ ބައެއްނޫން..ޖޯ ބައިޑަން ގެ ރަނިންމޭޓްބުނެފައިވޭ 3 ފަހަރު އަހަރުމެންމިތިބީ އިސްރާއީލުގެ ފަހަތުގަކަމަށް.
    އެއްވެސް ބައެއް ރަގަނޅެއްނޫން...

    6
    9
    • ރަޝާ

      ރަޝިއާ އަކީ އިންޑިޔާއާއި އެމެރިކާއާއި ނޭޓޯ ގައުމުތަކާއި އިސްރާއިލަށް ވުރެ ހެޔޮއެދޭ ބައެއް. އެއްވެސް ކާފަރަކީ މުސްލިމުންނަށް ހެވެއް އެދޭ ބައެއް ނޫން. އަދި މުސްލިމުންގެ ތެރެއިން އުޅޭ މުނާފިގުންނާއި ބާތިލް ފިރުގާތަކުގެ އަހުލުވެރިންނަކީވެސް އެހެން މުސްލިމުންނަށް ހެޔޮ އެދޭ ބައެއް ނޫން. ޔަހޫދީންނާއި ނަސާރާއިންނާއި ބުދުދީނުގެ އަހުލުވެރިންނާއި ބޫޑިޒަމްގެ އަހުލުވެރިންނާއި ހިންދޫއިންނަކީ ދުވަހަކުވެސް މުސްލިމުން މުސްލިމުންނަށް ވީތީ ހެޔޮއެދޭ ބައެއް ނޫން. އެމީހުން ހެޔޮ މިއެދެނީ އިންސާނުން ތަބީޢީ ގޮތުން އެކަކު އަނެކަކަށް ހެޔޮ އެދެވޭތީ، ނަފްރަތް ހިތުގައި ބާއްވައިގެން.

      9
      2