ލ. ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، އެރަށުގައި މާރާމާރީއެއް ހިނގައި މީހަކު ޒަހަމްކޮށްލި މައްސަަލައެއްގައި ރޭ 20:35 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ،

އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާއަށް ހަމަލާ ދީފައި ވަނީ ވަޅިންނެވެ. އޭނާއަށް ހަމަލާ ދިން މީހާ ހުރީ މަސްތުހާލުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާއަށް މިހާރު ލ. ގަން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު