އެމެރިކާގެ 46 ވަނަ ރައީސަކަށް ޖޯ ބައިޑަން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ޗައިނާއިންވެސް މަރުހަބާ ދަންނަވައިފިއެވެ.

ޗައިނާ އަކީ މީގެ ކުރިން އެހެން ގައުމުތަކުން ޖޯ ބައިޑެން އަށް މަރުހަބާ ދަންނަވާފައިވާއިރުވެސް، އެކަމާއި އެއްބައި ވެފައިވާ ނުވާ ގައުމެކެވެ. ޗައިނާގެ އިތުރުން ރަޝިއާއިންވެސް ބައިޑެން އަށް މަރުހަބާ ވިދާޅުނުވާނެ ކަމަށް ބުންޏެވެ. އެގޮތަށް އެގައުމުން ބުނެފައިވަނީ ގާނޫނީ ގޮތުން ބަލަން ޖެހޭ ބައެއް ކަހަލަ ކަންކަން ހުރުމުން ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

"އެމެރިކާގެ ރައްޔިތުންގެ ނިންމުމަށް ގަދަރު ކުރާނަން. އެގައުމުގެ ރައީސް ބައިޑެން އަދި ނައިބު ރައީސް ކަމަލާ އަށް މަރުހަބާ ކިޔަން" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވެންގް ވެންބިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަރުހަބާ ކިޔުވުމަށް ލަސްތަކެއް ކުރީ ވަކި ސަބަބަކާއި ލައިގެން ނޫން ކަމަށާއި އެހެން ނަމަވެސް ނަތީޖާ ބަލާފައިވަނީ ގާނޫނުތަކަށް ބަލާފައި ކަމަށެވެ.

ޗައިނާއިން ބައިޑެން އަށް މަރުހަބާ ކިޔާފައިވާއިރު، މީގެ ކުރިން އެގައުމުގެ ރައީސަކަށް ހުންނެވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި ޗައިނާއިން މާ ރަނގަޅު ގުޅުމެއް ވަނީ ނުބޭއްވިފައެވެ. ޓްރަމްޕް ވަނީ ޗައިނާއަކީ އެގައުމަށް ނުރައްކަލެއް ކަމަށް ބުނެ، އެގައުމުގެ އެކްސްޕޯޓް ކުރާ ބައެއް ތަކެތި އެކްސްޕޯޓް ކުރުން ހުއްޓުވާފައެވެ.

ބައިޑެން ވަނީ 1973 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަައަށް އެމެރިކާގެ ސެނެޓް މެންބަރުކަން ކުރައްވާފައެވެ. ސެނެޓްގެ މެންބަރުކަން 36 އަހަރު ކުރެއްވުމަށް ފަހު ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސްއެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް އޭނާ ހުންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަގުދީރު

    ޗައިނާ ކޯއްޗެއް ކިޔާކަށް؟؟ ކަމަލާ އަށް މަރުހަބާ ތި ކިޔަނީ އެއީ ބޮޑު ޔަހޫދީ އެއް...ކަލޭމެންތީވެސް އުއިގޫރު މުސްލިމުންނަށް ޖަރީމާ ހިންގާ ނުބައިބައެއް

    6
    1