އަވައްޓެރި އިންޑިއާގައި އުމުރުން އެންމެ ފަސް އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްލުމަށްފަހު އެކުއްޖާ މަރާލާފައި ޖަންގަލީގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.

އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި އިންޑިއާގެ އޮޑިއްސަ ސްޓޭޓްގައި އަންހެން ކުއްޖަކު ގެއްލިގެން އާއިލާ އިން އެކުއްޖާ ހޯދުމުގެ މަސައްކަތް ފެށީ ބުރާސްފަތި ދުވަހު އެވެ. އެކުއްޖާ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުކުރު ދުވަހު އެވެ.

އަންހެން ކުއްޖާގެ އާއިލާ އިން ބުނާ ގޮތުގައި އަންހެން ކުއްޖާ ރޭޕް ކޮށްލުމަށް ފަހު އެކުއްޖާ މަރާލާފައި ވަނީ އޮއްގަލުން ތަޅައި އަނިޔާ ކޮށްގެން ކަމަށް ބެލެވެއެވެ.

މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށެވެ.

އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ އެންމެ މީހަކު ވެގެން ނޫން ކަމަށާއި މިކަމުގައި އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާނެ ކަމަށް ބެލެވޭ ކަމުގައި ކުއްޖާގެ އާއިލާ އިން ބުނެއެވެ.

އިންޑިއާ އަކީ މުޅި ދުނިޔެ އިން ވެސް އަންހެނުންނަށް އެންމެ ނުރައްކާތެރި އެއްގައުމެވެ. އިންޑިއާގައި ދުވާލަކު އަންހެނުންނަށް ރޭޕް ކުރުމުގެ 90 މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެއެވެ. ތަފާސް ހިސާބުތައް އެއްކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާގައި ދުވާލަކު ރޭޕްގެ ޝިކާރައަކަށްވާ އަންހެނުންގެ އަދަދު ހަޤީޤަތުގައި އެތައް ސަތޭކައަކަށް އަރާނެއެވެ.

އިންޑިއާގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމާއި ރޭޕް ކުރުމާއި އަދި ހާއްސަކޮށް ކުޑަކުދިން ރޭޕްކޮށް މެރުން އިތުރުވެފައި ވީނަމަވެސް އެފަދަ އަމަލުތައް ހުއްޓުވުމުގައި ފުލުހުންނާއި ކަމާގުޅޭ އިދާރާތައް ފެއިލް ވެފައިވާ ކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މުޑުދާރު ރޭޕިސްތާނުގެ ހާލަތު. މިވަރުންވެސް މި ބައިގަނޑު އުޅޭނެ ދިވެހިރާއްޖޭގެ ކަންކަަމައް ގޮތް ކިޔަން. ހަޔާތް ވެސް ކުޑަ ބައެކޭ

    25
    2
  2. އެހެން

    ތިޔަ ބުނީ ހަމަ ރަނގަޅަށް

    11
    1
    • ށުޖީ

      ހަމަ ތެދައް އެހެން ކޮޔާ ޗަތި ބެނޫ